logo
Bank of Maldives

Bank of Maldives

ޚަބަރު

5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢަށް އެހީތެރިވުމަށް ނާސަރީއެއް ޤާއިމުކުރުމަށް ހަވާލުކޮށްފި

އާމިނަތު ޝަފާ
17 ޖުލައި 2025 - 17:15
5 މިލިއަން ގަސް އިންދުމުގެ  މަޝްރޫޢަށް އެހީތެރިވުމަށް ނާސަރީއެއް ޤާއިމުކުރުމަށް ހަވާލުކޮށްފި

ސަރުކާރުން އިސްނަންގަވައިގެން ކުރިޔަށްގެންދާ 5 މިލިއަން ގަސް އިންދުމުގެ ޤައުމީ މަޝްރޫޢަށް އެހީތެރިވުމުގެ ގޮތުން، ގަސްގަހާގެހި ބެލެހެއްޓުމަށް ޚާއްސަ ނަރުސަރީއެއް ޤާއިމުކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ އެޗް.ޑީ.ސީގައެވެ. މި އެއްބަސްވުމުގެ ދަށުން ދެ މިނިސްޓްރީ ގުޅިގެން މަސައްކަތްކޮށް، 5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢަށް ބޭނުންވާ ގަސްތައް އުފެއްދުމާއި ބެލެހެއްޓުމަށްޓަކައި ޒަމާނީ ނާރސަރީއެއް ޤާއިމުކުރެވިގެން ދާނެއެވެ.

 

މި އެއްބަސްވުމުގެ އެންމެ ބޮޑު މަޤްސަދަކީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމާއި ރައްކާތެރިކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް އިތުރު ބާރެއް ދިނުންކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ. ޚާއްސަކޮށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ޤައުމީ ތަރައްޤީގެ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތްތަކަށް މި ނާރސަރީގެ ސަބަބުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، ފަތުރުވެރިކަމުގެ ސިނާއަތަށް ވެސް މިކަމުގެ ސަބަބުން ފައިދާ ކުރާނެ ކަމަށް ބެލެވެއެވެ. ސަބަބަކީ ގަސްގަހާގެހި ގިނަވެ، ރާއްޖޭގެ ރީތިކަން އިތުރުވުމަކީ ފަތުރުވެރިންނަށް ލިބިގެންދާނެ އިތުރު ބޮޑު ފައިދާއެއް ކަމަށްވާތީއެވެ.

 

މި ނާރސަރީ ޤާއިމުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށާއި، މަޝްރޫޢުގެ ދަށުން އިންދުމަށް ބޭނުންވާ ގަސްތަކުގެ މިންވަރު އިތުރުކުރުމަށް މިކަން އެހީއަކަށް ވެގެންދާނެ ކަމަށް ދެ ވުޒާރާއިން ވެސް ވަނީ ފާހަގަކުރައްވާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަސްމިލިއަން ގަސް ޕްރޮގްރާމުގެ ތެރެއިން 8 ލައްކައަށް ވުރެ ގިނަ ގަސް އިންދައިފި ޚަބަރު | 23 ދުވަސް ކުރިންއަންނަ މަހުގެ 3 ވަނަ ދުވަހު ހުޅުމާލޭގެ ގޮނޑުދޮށް ސާފުކުރަނީ ޚަބަރު | މަހެއް ކުރިންކޮޕް30 ކޮންފަރެންސުގައި ނާޒުކު ޤައުމުތަކަށް ފައިދާ ލިބޭނެ ގޮތްތަކެއް ހޯދައިދިނުން މުހިންމު ޚަބަރު | މަހެއް ކުރިން5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުން ކުޑަގިރީގައި 500 ގަސް އިންދައިފިޚަބަރު | މަހެއް ކުރިން