logo
Bank of Maldives

Bank of Maldives

ދުނިޔެ

ޓްރަމްޕަށް ނާރުގެ ބައްޔެއް ޖެހިއްޖެ

އަޙްމަދު ޒަލީފް
19 ޖުލައި 2025 - 09:51
ޓްރަމްޕަށް ނާރުގެ ބައްޔެއް ޖެހިއްޖެ

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް ނާރުގެ ބައްޔެެއް ޖެހިއްޖެއެވެ. މިކަން ވަނީ  ވައިޓް ހައުސް އިންވެސް ކަށަވަރު ކޮށްދީފިއެވެ.

އެގޮތުން، ޑޮނަލްޑްގެ ފައި ދުޅަވެ، ކަނާތުގައި ފާރުގަނޑުތަކެއް ލާފައިވާ ކަން ހާމަވެފައިވާއިރު، އާއްމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ޓްރަމްޕްގެ ތަނބިކައްޓާ ގުޅޭ ހިސާބު ވަނީ ވަރަށް ބޮޑަށް ދުޅަވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި އަތުގައި ހުރި ފާރުގަނޑުތައް ވަންހަނާ ކުރުމަށް މޭކަޕް ފަދަ ސާމާނު ބޭނުން ކޮށްފައިވާ ކަން ވެސް ފޮޓޯތަކުން ވަނީ ހާމަވެފައެވެ. މި ކަމާ ގުޅިގެން އުފެދުނު ސުވާލުތަކަށް ވައިޓް ހައުސްގެ ތަރުޖަމާނު ކެރޮލައިން ލެވިޓް ވަނީ ޖަވާބު ދެއްވާފައެވެ. އަދި، ޓްރަމްޕްގެ ޑޮކްޓަރުގެ ސިޓީއެއް ނޫސްވެރިންނަށް އިއްވަވާފައެވެ.

37166a30-63bd-11f0-af20-030418be2ca5jpg.webp

ޓްރަމްޕްގެ ފައި ދުޅަވެފައި

ޓްރަމްޕްގެ ފައި ދުޅަވެ، އަތުގައި ފާރުގަނޑެއް ލާފައިވާ މަންޒަރު ފެންނަ ފޮޓޯތައް ޢާންވުމާ އެކު، އޭނާއަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާ ކަމުގެ އަޑުތައް އިންޓަރނެޓުގެ މަންސަތަކުގައި ފެތުރިގެން ދިޔައެވެ. އަދި، އެ ފޮޓޯތަކަކީ ނުރައްކާތެރި ބައްޔެއްގެ ހެކި ކަމުގައި އިންޓަރނެޓުގެ ފޯރަމްތަކުގައި ގިނަ އަދަދެއްގެ ބަޔަކު ބުނަމުން ދިޔައެވެ. ނަމަވެސް، ލެވިޓް މި ވަނީ އެ ތުހުމަތުތައް ދޮގު ކުރައްވާފައެވެ.

ޓްރަމްޕް ބައްލަވާ އެމެރިކާގެ ކަނޑުގެ ސިފައިންގެ ޑޮކްޓަރު ޝޯން ބާބަރާބެލާ ވިދާޅުވީ، އޭނާއަށް ޖެހިފައި ވަނީ "ކްރޯނިކް ވީނަސް އިންސަފިޝެންސީ" ކިޔާ ނާރުގެ ބައްޔެއް ކަމުގައެވެ. އަދި، އުމުރުން 70 އަހަރުން މަތީގެ ގިނަ އަދަދެއްގެ ބަޔަކަށް ކުރިމަތިވާ ޞިއްޙީ ހާލަތެއް ކަމަށާއި، އެއީ ފުރާނައަށް ނުރައްކާވުމުގެ ފުރުޞަތު އޮތް ހާލަތެއް ނޫން ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. ޓްރަމްޕްގެ އުމުރަކީ 79 އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޓްރަމްޕް ހިމެނޭހެން އެމެރިކާގެ އިސްވެރިންތަކެއް މަރާލަން އުޅުނުކަމުގެ ތުހުމަތު ޕާކިސްތާން މީހަކަށްދުނިޔެ | 4 މަސް ކުރިންފީފާގެ ނިވަލުގައި ސުލްޙައިގެ އިނާމުހޯދައި އިރާނަށް ޓެރަރިސްޓް ހަމަލާދިން ޓްރަމްޕް ގޯޓް މެސީ އާއި ބައްދަލުކޮށްފިކުޅިވަރު | 4 މަސް ކުރިން"ދުނިޔޭގެ އެންމެ ބާރުގަދަ ރައީސް" އަށް ގޮންޖަހާ، ކޯޓުން ޓެރިފްތައް ބާތިލުކޮށްފިދުނިޔެ | 5 މަސް ކުރިންޓްރަމްޕްގެ ސުލްހައިގެ ބޯޑު ރަސްމީކޮށް އިފްތިތާހުކޮށްފި!ދުނިޔެ | 6 މަސް ކުރިން