logo
ދުނިޔެ

ޓްރަމްޕްގެ އޯޑަރަށް އެމެރިކާގައި ހަނގުރާމައާ ބެހޭ ވުޒާރާ އަލުން އުފައްދައިފި

އަޙްމަދު ޒަލީފް
7 ސެޕްޓެމްބަރު 2025 - 10:36
ޓްރަމްޕްގެ އޯޑަރަށް އެމެރިކާގައި ހަނގުރާމައާ ބެހޭ ވުޒާރާ އަލުން އުފައްދައިފި

އެމެރިކާގެ ދިފާޢީ ވުޒާރާގެ ނަން ހަނގުރާމައާ ބެހޭ ވުޒާރާގެ ނަމަށް އަލުން ބަދަލުކުރުމަށް އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަންގައިފިއެވެ.

ދިފާޢީ ވުޒާރާގެ ނަން ހަނގުރާމައާ ބެހޭ ވުޒާރާގެ ނަމަށް ޓްރަމްޕް އަލުން ބަދަލުކުރުމަކީ އެމެރިކާގެ އަސްކަރިއްޔާއާމެދު ދެކެވޭ ގޮތް ބަދަލުކުރުމަށް ގެނެސްފައިވާ ބަދަލެއް ކަމަށް ބެލެވެއެވެ. އެ ފަދަ ގޮތަކަށް ނަމަށް ބަދަލު ގެންނަވާފައި ވަނީ އެމެރިކާގެ އަސްކަރިއްޔާގެ ވަރުގަދަކަމާއި ހައިބަތު ދައްކުވައިދިނުމުގެ މަޤުސަދުގައެވެ.

ޓްރަމްޕް ބުނީ ދިފާޢީ ވުޒާރާގެ ނަމަށް ގެނެސްފައިވާ ބަދަލަކީ އެ ވުޒާރާގެ ޝަހުސިއްޔަތަށް ބަދަލު ގެނެސްދޭ ބަދަލެއް ކަމަށެވެ. މިއީ ކުރި ހޯދައި ކާމިޔާބީ ހޯދުމާ ގުޅިފައިވާ ނިންމުމެއް ކަމަށް ޓްރަމްޕް ބުނެފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

1789ވަނަ އަހަރު ޤާއިމުކޮށްފައިވާ އެމެރިކާގެ ދިފާޢީ ވުޒާރާއަށް 1949ވަނަ އަހަރާ ހަމައަށް ދީފައިވާ ނަމަކީ ހަނގުރާމައާބެހޭ ވުޒާރާއެވެ. ދެވަނަ ބޮޑު ހަނގުރާމައަށްފަހު ގެނައި އިސްލާހީ ބަދަލުތަކާއެކު އެ ވުޒާރާގެ ނަން ވަނީ ދިފާޢީ ވުޒާރާގެ ނަމަށް ބަދަލުކޮށްފައެވެ. އެ ބަދަލު ގެނައީ އެމެރިކާއަކީ ހަމަނުޖެހުންތަކުން އެއްކިބާވެފައިވާ ޤައުމެއްގެ ގޮތުގައި ދެއްކުމުގެ މަޤްސަދުގައެވެ. އަދި އެ ޤައުމަކީ ތަޅައިފޮޅުމާއި ހަމަނުޖެހުންތަކުން ދުރުހެލިވެފައިވާ ޤައުމެއް ކަމަށް ދެއްކުމަށެވެ.

އެމެރިކާގެ ބައެއް އަސްކަރީ މަރުކަޒުތަކަށް މީގެ ކުރިން ދީފައިވާ ނަންތަކަކީ އަޅުން ގެންގުޅުމާއި ދާޚިލީ ހަނގުރާމަތަކަށް ނިޞްބަތްކޮށް ދީފައިވާ ނަންތަކަށްވިއިރު، ކަޅު ނަސްލުގެ މީހެއް ކަމަށްވާ ޖޯޖް ފްލޮއިޑްގެ މަރާ ގުޅިގެން 2020 ވަނަ އަހަރުގެ ތެރޭގައި އެ މަރުކަޒުތަކުގެ ނަންތައް ވަނީ ބަދަލުކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޓްރަމްޕްގެ އޯޑަރަށް އެމެރިކާގައި ހަނގުރާމައާ ބެހޭ ވުޒާރާ އަލުން އުފައްދައިފި ދުނިޔެ | 6 ދުވަސް ކުރިންޔޫކްރެއިން އަށް އޮތް އެންމެ ރަނގަޅު ގޮތަކީ ހަނގުރާމަ ހުއްޓާލުން - ޓްރަމްޕް ދުނިޔެ | މަހެއް ކުރިންކުންފުނިތައް ބޮއިކޮޓް ކުރުމަށް ނިންމި ނިންމުން ބަދަލު ކުރަން ޓްރަމްޕްއަށް މަޖުބޫރު ދުނިޔެ | މަހެއް ކުރިންޓްރަމްޕް ރަޝިޔާއަށް: "ހަނގުރާމަ ހުއްޓާލަން މި ދިނީ 12 ދުވަހުގެ މުޙުލަތު"ދުނިޔެ | މަހެއް ކުރިން