logo
MPL

MPL

ދުނިޔެ

ވެނަޒުއޭލާގެ ތެލުގެ ބޮޑު ރިޒަރވް އެމެރިކާގެ ބާރުގެ ދަށަށް ގެންނަނީ

މުޙައްމަދު އަފްރާޙް
4 ޖެނުއަރީ 2026 - 05:39
ވެނަޒުއޭލާގެ ތެލުގެ ބޮޑު ރިޒަރވް އެމެރިކާގެ ބާރުގެ ދަށަށް ގެންނަނީ

ވެނަޒުއޭލާގެ ތެލުގެ ބޮޑު ރިޒަރވް އެމެރިކާގެ ބާރުގެ ދަށަށް ގެންނަން ނިންމާފައިވާކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވެއްޖެއެވެ.

ޓްރަމްޕު މިހެން ވިދާޅުވީ ވެނަޒުއޭލާ އަށް ވައިގެ ހަމަލާތަކެއްދީ އެގައުމުގެ ރައީސް ނިކޮލަސް މަޑޫރޯގެ ދެމަފިރިކަނބަލުން ހައްޔަރުކުރުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޓްރަމްޕު ވިދާޅުވީ ވެނެޒުއޭލާގެ ވެރިކަން ދެން ހިންގާނީ އެމެރިކާއިން ކަމަށާއި އެގައުމުގެ ހުރިހާ ކަމެއް ވެސް ބަލަހައްޓާނީ އެމެރިކާ އިން ކަމަށެވެ. އަދި ވެނަޒުއޭލާގައި ތެލުގެ ބޮޑު ރިޒަރވްއެއް އެބައޮތްކަމަށާއި އެ ރިޒަރވް އެމެރިކާގެ ބާރުގެ ދަށަށް ގެނައުމަކީ އެމެރިކާ އަށް އިގްތިސާދީ ގޮތުން ލިބޭނެ ބޮޑު ކުރިއެރުމެއްކަމަށެވެ.

ޚަބަރުތައް ބުނާގޮތުގައި އެމެރިކާއިން ވަނީ ވެނެޒުއޭލާގެ އަސްކަރީ މަރުކަޒުތަކަށް މިއަދު ވެސް ހަމަލާ ދީފައެވެ. މި ހާދިސާތަކާ ގުޅިގެން ދުނިޔޭގެ މަސްރަހުގައި ބޮޑު ކަންބޮޑުވުމެއް ވެސް ވަނީ އުފެދިފައެވެ. އަދި މިނިވަން ދައުލަތެއްގެ ދާޚިލީ ކަންކަމަށް ނުފޫޒު ފޯރުވާ ކަމަށް ބުނެ ޓްރަމްޕަށް ވަނީ ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.

ވެނެޒުއޭލާއަކީ ދުނިޔޭގެ ހަކަތައިގެ ބާޒާރުގައި މުހިންމު ދައުރެއް އަދާކުރާ، ތެލުގެ މުއްސަނދި ގައުމެކެވެ. އެ ގައުމުގެ ސިޔާސީ ހަމަޖެހުމަށް އަންނަ ކޮންމެ ބަދަލަކީ މުޅި ދުނިޔެއަށް އޭގެ އަސަރު ކުރާނެ ކަމެއް ކަމުގައި ދުނިޔޭގެ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އދ.ގެ މަތީފަންތީގެ ބައްދަލުވުމަކަށް ނައިބް ރައީސް ނިއުޔޯކަށްޚަބަރު | މަހެއް ކުރިންޓްރަމްޕްގެ ވިސްނުމަކީ އީރާނަށް އިގްތިސާދީ ގޮތުން ފިއްތުންތައް އިތުރުކުރުވުންދުނިޔެ | 3 މަސް ކުރިންއީރާނަށް ދޭން އުޅުނު ހަމަލާ ޓްރަމްޕް ހުއްޓައިލީ ގަލްފް ގައުމުތަކުގެ ފިއްތުންތަކާ ހުރެ: ރިޕޯޓުދުނިޔެ | 3 މަސް ކުރިންއީރާނުގެ އާގުބޯޓަށް ޔޫކްރެއިނުން ދިން ހަމަލާއަކީ ޓްރަމްޕަށް ދިން މެސެޖެއްދުނިޔެ | 3 މަސް ކުރިން