logo
E-Platinum
ޚަބަރު

ސުޕްރީމް ކޯޓު ހިންގުން ފަނޑިޔާރު ހަމީދުއާ ހަވާލުކުރަނީ

އާމިނަތު ޝަފާ
20 ޖުލައި 2025 - 06:40
ސުޕްރީމް ކޯޓު ހިންގުން ފަނޑިޔާރު ހަމީދުއާ ހަވާލުކުރަނީ

އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން މަގާމުން ރިޓަޔާ ކުރައްވާތީ ސުޕްރީމް ކޯޓު ވަގުތީ ގޮތުން ހިންގުން ފަނޑިޔާރު އަބްދުﷲ ހަމީދުއާ ހަވާލުކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

އުއްތަމަ ފަނޑިޔާރުގެ ރިޓަޔާކޮށްދިނުމަށް ހުށަހެޅުއްވީ މިދިޔަ މެއި މަހުގެ 8 ވަނަ ދުވަހުއެވެ. އެ މަނިކުފާނަށް އެ ފުރުސަތު ދެއްވަން ޖޭއެސްސީން ނިންމީ މިދިޔަ ހަފުތާގެ ތެރޭގައެވެ. މިއަދަކީ މުއުތަސިމް ރަސްމީކޮށް މަސައްކަތަށް ނިކުމެވަޑައިގަންނަވާނެ އެންމެ ފަހު ދުވަހެވެ.

ޖޭއެސްސީން ނިންމާފައިވަނީ މާދަމާއިން ފެށިގެން އުއްތަމަ ފަނޑިޔާރުގެ މަގާމަށް އެހެން ބޭފުޅަކު އައްޔަން ކުރެވެންދެން ސުޕްރީމް ކޯޓު ހިންގުން ފަނޑިޔާރު ހަމީދުއާ ވަގުތީ ގޮތުން ހަވާލުކުރަންކަން ވަނީ އެނގިފައެވެ.

އަބްދުﷲ ހަމީދު ސުޕްރީމް ކޯޓަށް އައްޔަންކުރީ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރުން ކަމަށްވާ މަހާޒު އަލީ ޒާހިރު އާއި ޑރ. އަޒްމިރަލްދާ ޒާހިރު ވަކިކުރުމުން އެ ކޯޓުގެ ބެންޗުން މި ފަހުން ހުސްވި ދެ ގޮނޑިއަށެވެ.

އުއްތަމަ ފަނޑިޔާރު މުއުތަސިމް ރިޓަޔާ ކުރެއްވުމާއެކު، އެ މަނިކުފާނު ވެވަޑައިގަންނަވާނީ ރާއްޖޭގައި ޝަރަފްވެރިކަމާ އެކު މަގާމުން ރިޓަޔާ ކުރައްވާ ފުރަތަމަ އުއްތަމަ ފަނޑިޔާރަށެވެ.

ފަނޑިޔާރު އަބްދުﷲ ހަމީދު ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލްކުރެއްވީ މިސްރުގެ އަލްއަޒުހަރު ޔުނިވާސިޓީއިންނެވެ. އެ މަނިކުފާނުވަނީ ސިވިލް ކޯޓުގެ ގާޒީކަމާއި ހައި ކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައެވެ.

 

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އުއްތަމަފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން ރިޓަޔާ ކުރައްވަނީ ޚަބަރު | ދުވަހެއް ކުރިންސުޕްރީމް ކޯޓު ހިންގުން ފަނޑިޔާރު ހަމީދުއާ ހަވާލުކުރަނީޚަބަރު | ދުވަހެއް ކުރިންޖޭއެސްސީއަށް އިދުރީސް ފައުޒީ އައްޔަންކުރަން ފާސްކޮށްފި ޚަބަރު | 6 ދުވަސް ކުރިންހައިކޯޓަށް ދެ ފަނޑިޔާރުން ހޯދަން އިޢުލާންކޮށްފި ޚަބަރު | 11 ދުވަސް ކުރިން