logo
E-Platinum
ޚަބަރު

ހެނބަދޫ އައު މިސްކިތުގެ ބިންގާ އަޅައިފި

އާމިނަތު ޝަފާ
21 ޖުލައި 2025 - 10:35
ހެނބަދޫގައި އަލަށް އިމާރާތް ކުރާ މިސްކިތުގެ ބިންގާ  އެޅުން//
ހެނބަދޫގައި އަލަށް އިމާރާތް ކުރާ މިސްކިތުގެ ބިންގާ އެޅުން//

ނ. ހެނބަދޫގައި އަލަށް އިމާރާތް ކުރާ މިސްކިތުގެ ބިންގާ އަޅުއްވައިފިއެވެ.

ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މި މިސްކިތުގެ ބިންގާ މިއަދު އަޅުއްވައިދެއްވީ އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި ދަޢުލަތުގެ ބައެއް ވަޒީރުން ވަނީ ބައިވެރިވެލައްވާފައެވެ.

ނ. ހެނބަދޫގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ މިސްކިތަކީ 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތް ނިމިގެންދާއިރު މިސްކިތުގައި ސޯލާ ހަރުކުރެވި، އޭސީ ކުރުމަށް ހަމަޖެހިފައިވާއިރު މިސްކިތުގައި ލައިބްރަރީއަކާއި ކުލާސްރޫމެއް ހިމެނޭނެއެވެ.

ފެނަކައާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢުއަކީ ދަޢުލަތުގެ ބަޖެޓުން 11 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޣައްޒާގެ ކުޑަކުދިން ބަނޑަށް މަރުވަމުންދާތަން ބަލަން ތިބެގެންނުވާނެ : ވަޒީރު ޝަހީމްޚަބަރު | 20 ގަޑިއިރު ކުރިންހެނބަދޫ އައު މިސްކިތުގެ ބިންގާ އަޅައިފިޚަބަރު | 11 ދުވަސް ކުރިންއުމްރާއަށް ގެންދާނެކަމަށް ބުނެ ފައިސާ ނެގުމަށްފަހު ލަނޑުދީފިޚަބަރު | 15 ދުވަސް ކުރިން ހުރިހާ އިސްލާމީ މަރުކަޒެއްގައި މިއަހަރު ލައިބްރަރީ ގާއިމްކުރެވޭނެ: ވަޒީރު ޑރ. ޝަހީމްޚަބަރު | 19 ދުވަސް ކުރިން