logo
MPL

MPL

ޚަބަރު

ޣައްޒާގެ ކުޑަކުދިން ބަނޑަށް މަރުވަމުންދާތަން ބަލަން ތިބެގެންނުވާނެ : ވަޒީރު ޝަހީމް

ޝަހްޒާ މުހައްމަދު
31 ޖުލައި 2025 - 06:57
އިސްލާމިކް މިނިސްޓަރ ޝަހީމް
އިސްލާމިކް މިނިސްޓަރ ޝަހީމް

ކުޅަދާނަކަން ލިބިގެންވާ މިންވަރުން ޣައްޒާއަށް އެހީތެރިވުމަކީ އިންސާނީ ވާޖިބެއްކަމަށް އިލްމީކަންތައްތަކާއި ބެހޭ ވަޒީރު ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވަނީ ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދޭ ޖަމިއްޔާތައް މެދުވެރިކޮށް ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވަޒީރު ވިދާލުވީ އެންމެ ފުރާނައަކަށް ދިރުން ހޯދައި ދިނުމަކީ މުޅި އިންސާނިއްޔަތަށް ދިރުން ދިނުން ފަދަ ކަމެއްކަމަށެވެ.  އަދި ޣައްޒާގައި ހާލުގައި ޖެހިފައިވާ މުސްލިމް އަހުންނާއި އުހުތުންނަށް އެހީތެރިވުމަށް ރާއްޖޭގެ އެކި ފަރާތްތަކުންވެސް ކެނޑިނޭޅި ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ވަޒީރުފާހަގަކުރެއްވިއެވެ.

ވަޒީރު މިފަދައިން ވިދާޅުވެފައި މިވަނީ، ޣައްޒާގެ އެތައް ކުޑަކުދިންނަކާއި އެތައް ބަޔަކު ބަނޑުހައިހޫނުކަމުގައި މަރުވަމުންދާ ދަނޑިވަޅެއްގައެވެ. އިސްރާއީލުން ޣައްޒާއަށް އެހީ ވަނުމަށް ހުރަސްއަޅާފައިވާއިރު، ކާނާ ހޯދުމަށްދާ ޣައްޒާގެ ރައްޔިތުން އެހީދޭ މަރުކަޒުތަކުގައި ދަނީ ޝަހީދު ކުރަމުންނެވެ.

ޣައްޒާގެ ސިއްހަތާބެހޭ ވުޒާރާއިން ހާމަކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 88 މީހުން ޝަހީދުވެފައިވާއިރު، 374 މީހުން ވަނީ ޣައްޒާގެ ހޮސްޕިޓަލްތަކުގައި ޒަހަމްތަކާއެކީ އެޑްމިޓްކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިތުރު 91 ޒުވާން ޚަޠީބުން ތަމްރީނުކޮށް ޢަދަދު 700 އިން މައްޗަށްޚަބަރު | 12 ގަޑިއިރު ކުރިންވަގްފު ފަންޑަށް މީރާ ވެބްސައިޓް މެދުވެރިކޮށް 3 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެޚަބަރު | 15 ދުވަސް ކުރިންމާލޭގައި ބިނާކުރާ 15 ބުރީގެ ޤުރްއާނަށް ހާއްސަ ވަޤްފުގެ އިމާރާތާއެކު އިސްލާމީ މަރުކަޒުގެ ދައުރު އަލުން އިޢާދަވާނެ: ޝަހީމްޚަބަރު | 16 ދުވަސް ކުރިންމިއަހަރުގެ ތެރޭ އިތުރު 20 މިސްކިތެއް ހުޅުވާނެ: ޝަހީމްޚަބަރު | 21 ދުވަސް ކުރިން