logo
ޚަބަރު

4000 ފްލެޓަށް މަހުގެ 10 ގެ ކުރިން ކުލިދައްކައިފިނަމަ 100 އިންސައްތަ ސަބްސިޑީ ލިބޭނެ: އެފްޑީސީ

ނުހާ އަޙްމަދު
21 ޖުލައި 2025 - 12:35
ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ފުރަތަމަ ޢިމާރަތްކުރާ 4،000 ފްެލެޓްތައް -- ފޮޓޯ: މިހާރު
ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ފުރަތަމަ ޢިމާރަތްކުރާ 4،000 ފްެލެޓްތައް -- ފޮޓޯ: މިހާރު

ގެދޮރުވެރިޔާގެ 4،000 ފްލެޓަށް މަހުގެ 10 ގެ ކުރިން ކުލިދައްކައިފިނަމަ 100 އިންސައްތަ ސަބްސިޑީ ލިބޭނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ން ބުނެފިއެވެ.

އެފްޑީސީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ 4،000 ފްލެޓުގެ އެއްބަސްވުންތަކަކީ ޝަރީއާގެ ހަމަތަކާއި އެއްގޮތްވާގޮތުގެ މަތިން އެކުލެވިފައިވާ އެއްބަސްވުމެއް ކަމުގައިވާތީ، އެ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ މަހު ކުއްޔާއި މެއިންޓެނަންސް ފީ، އެ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ދައްކައިފިނަމަ، އެ ފަރާތަކަށް 100 އިންސައްތައިގެ ސަބްސިޑީގެ މަންފާ ލިބޭނެ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މަހެއްގެ 10 ވަނަ ދުވަހަށްވުރެ ފަހުން މަހު ކުލި ދައްކާ ހާލަތުގައި، ލިބޭ ސަބްސިޑީގެ އިންސައްތައަށް ބަދަލު އަންނަ އުސޫލު ވެސް އެ ކުންފުނިން ބަޔާންކޮށްފައިވެއެވެ. އެގޮތުން:

  • މަހުގެ 16 ވަނަ ދުވަހުގެ ކުރިން މަހެއްގެ މަހުކުލި ދައްކައިފިނަމަ 75 އިންސައްތަ ސަބްސިޑީގެ މަންފާ
  • މަހުގެ 21 ވަނަ ދުވަހުގެ ކުރިން އެމަހެއްގެ މަހު ކުލި ދައްކައިފިނަމަ 50 އިންސައްތަ ސަބްސިޑީގެ މަންފާ
  • މަހުގެ 26 ވަނަ ދުވަހުގެ ކުރިން އެމަހެއްގެ މަހު ކުލި ދައްކައިފިނަމަ 25 އިންސައްތަ ސަބްސިޑީގެ މަންފާ
  • މަހުގެ 26 ވަނަ ދުވަހުގެ ފަހުން އެމަހެއްގެ މަހު ކުލި ދައްކަާނަމަ، ދައްކަންޖެހޭނީ މަންފާ ނުހިމަނާ މަހުކުލި

އެއްބަސްވުމުގެ ދަށުން މަހު ކުއްޔާއި ސަބްސިޑީ މަހުގެ ނިޔަލަށް ނުދައްކައިފިނަމަ، އެ ފައިސާ ދެއްކުމަށް އެދި އެފްޑީސީއިން ކުއްޔަށް ހިފާ ފަރާތަށް، ލިޔުމުގެ 30 ދުވަހުގެ ނޯޓިސްއެއް ފޮނުވުމުގެ އިޚްތިޔާރު އެފްޑީސީއަށް ލިބޭކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

މަހު ކުއްޔާއި، ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ އަދަދުތަކާއި މެއިންޓެނަންސް ފީގެ ގޮތުގައި ދައްކަންޖެހޭ އަދަދުތަކަކީ، ދެ ކޮޓަރީގެ އެޕާޓްމަންޓް ނަމަ 15،000 ރުފިޔާއެވެ. އަދި 3 ކޮޓަރީގެ އެޕާޓްމަންޓް ނަމަ 25،000 ރުފިޔާއެވެ.

މީގެ އިތުރުން، މަހު ކުލީގެ ގޮތުގައި 2 ކޮޓަރީގެ އެޕާޓްމަންޓަކަށް ދައްކަން ޖެހޭނީ، ކުލީގެ ގޮތުގައި ނަގާ 7،000 ރުފިޔާ އާއި މެއިންޓެނަންސް ފީގެ ގޮތުގައި ނަގާ 1،000 ރުފިޔާއާއެކު، މުޅި ޖުމްލަ ކޮންމެ މަހަކު 8،000 ރުފިޔާ އެވެ.

އަދި 3 ކޮޓަރީގެ އެޕާޓްމަންޓަކަށް މަހަކު ދައްކަން ޖެހޭނީ، ކުލީގެ ގޮތުގައި ނަގާ 9،000 ރުފިޔާ އާއި، މެއިންޓެނަންސް ފީގެ ގޮތުގައި ނަގާ 1،500 ރުފިޔާއާއެކު، މުޅި ޖުމްލަ 10،500 ރުފިޔާ ކަމަށް ވެސް އެކުންފުނިން ބުންޏެވެ.

Hajj Corpooration

Hajj Corpooration

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގެދޮރުވެރިޔާ ސްކީމްގެ ދަށުން މިހާތަނަށް 1202 މީހަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފިޚަބަރު | 6 ދުވަސް ކުރިންގުޅީފަޅުން ގޯތި ލިބުނު 843 ފަރާތަކަށް ރަޖިސްޓްރީ ދޫކޮށްފިޚަބަރު | 11 ދުވަސް ކުރިން4000 ފްލެޓަށް މަހުގެ 10 ގެ ކުރިން ކުލިދައްކައިފިނަމަ 100 އިންސައްތަ ސަބްސިޑީ ލިބޭނެ: އެފްޑީސީޚަބަރު | މަހެއް ކުރިން4000 ހައުސިން ޔުނިޓްގެ އެއްބަސްވުންތަކުގައި ސޮއިކުރުން ހޯމަ ދުވަހު ފަށަނީޚަބަރު | މަހެއް ކުރިން