logo
E-Platinum
ޚަބަރު

ރައީސްގެ ދީލަތި ނިންމެވުމެއް: ޝަރުތު ހަމަވި ހުރިހާ ދަރިވަރުންނަށް ލޯނު ދިނުމަށް އަންގަވައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
22 ޖުލައި 2025 - 14:14
ރައީސްގެ ދީލަތި ނިންމެވުމެއް: ޝަރުތު ހަމަވި ހުރިހާ ދަރިވަރުންނަށް ލޯނު ދިނުމަށް އަންގަވައިފި

މަތީ ތަޢުލީމު ހާސިލްކުރުމަށް ސަރުކާރުން ދޫކުރާ ސްޓޫޑެންޓް ލޯނަށް ކުރިމަތިލައި ޝަރުތު ހަމަވި ހުރިހާ ދަރިވަރިންނަށް ވެސް ލޯނު ދިނުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ކަމާގުޅުންހުރި ފަރާތްތަކަށް މިއަދު އަންގަވައިފިއެވެ.

ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލްކުރުމަށް ސަރުކާރުން ދޫކުރާ ސްޓޫޑެންޓް ލޯނަށް ހޮވުނު ދަރިވަރުންގެ ލިސްޓް އާންމުކޮށްފައެވެ.

މިއަހަރު ސްޓޫޑެންޓް ލޯން ސްކީމްގެ ދަށުން ހުޅުވާލީ 500 ފުރުޞަތެވެ.

މި ފުރުސަތުތަކަށް ޖުމްލަ 1338 ދަރިވަރުން ވަނީ ކުރިމަތިލާފައެވެ. މި ދަރިވަރުންގެ ތެރެއިން 806 ދަރިވަރުން ލޯނަށް ޝަރުތު ހަމަވިއެވެ.

ރައީސް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޝަރުތު ހަމަވި ހުރިހާ ދަރިވަރުންނަށް ވެސް ލޯނުދިނުމަށް ކަމާބެހޭ ފަރާތްތަކަށް މިހާރު އަންގަވާފަވާނެ ކަމަށެވެ.

’’ރާއްޖެއާއި ރާއްޖޭން ބޭރުން މަތީ ތަޢުލީމު ހާސިލުކުރުމަށް ދޫކުރާ ލޯނު ސްކީމަށް މިއަހަރު ކުރިމަތިލާ ޝަރުތު ހަމަވެފައިވާ ހުރިހާ ދަރިވަރުންނަށް (806 ދަރިވަރުން) ލޯނު ދޫކުރުމަށް ކަމާބެހޭ މިނިސްޓްރީތަކަށް ވާނީ ދަންނަވާފައި.’’ ރައީސް ވިދާޅުވެފަވެއެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ދޫކުރާ އަދި ދޫކޮށްފައިވާ ލޯނުތައް "ޝަރީޢާ ކޮމްޕްލަޔަންޓް" ލޯނުތަކަކަށް ހެދުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ކުރިން ވަނީ ނިންމަވާފައެވެ. މި ނިންމެވުމާއެކު ސްޓޫޑެންޓް ލޯނަކީ އިންޓްރަސްޓް ފްރީ ލޯނެއްގެ ގޮތުގައި ވަނީ ހަމަޖެހިގެން ގޮސްފައެވެ. އަދި މި ލޯނަށް އެޑްމިނިސްޓްރޭޓިވް ފީވެސް ނުނަގާނެއެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސް ނ މިލަދޫ ކައުންސިލާ ބައްދަލުކުރައްވައިފިޚަބަރު | 2 ގަޑިއިރު ކުރިންވެލިދޫ ދާއިރާގެ މަޖިލިސް މެމްބަރު ގެންދަވަނީ ކަންކަމަށް ހުރަސް އަޅަމުން- ރައީސް ޚަބަރު | 3 ގަޑިއިރު ކުރިންފޮއްދިއްޕަރުފަޅުގެ ނަފާ ލިބޭނެ ގޮތަށް އެކަން ވަރަށް އަވަހަށް ހަމަޖެހޭނެ- ރައީސްޚަބަރު | 4 ގަޑިއިރު ކުރިންފޮއްދޫ ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ރައީސް ފައްޓަވައިދެއްވައިފިޚަބަރު | 5 ގަޑިއިރު ކުރިން