ވިހަފަރުގައި އެއާޕޯޓް އެޅުމުގެ މަސައްކަތް އަންނަ އަހަރު ކުރީކޮޅު ފެށޭނެ- ރައީސް
22 ޖުލައި 2025 - 17:07

ނ. ވިހަފަރުގައި އެއާޕޯޓް އެޅުމުގެ އަމަލީ މަސައްކަތް މި އަންނަ އަހަރު ކުރީކޮޅު ފެށުމަށް ނިންމައިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ އެމަނިކުފާނު މިހާރު ނ އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ހޮޅުދޫ އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ ގާތްގަނޑަކަށް 30 މިނެޓުން ދަތުރުކުރެވޭ އެއާޕޯޓްތަކެއް ގާއިމުކުރުމައްށެވެ. މީގެ އިތުރުން ރައީސް ވަނީ މި އެއާޕޯޓް އެޅުމުން އަތޮޅުގެ ހުރިހާ ރަށްތަކަށާއި ރިސޯޓުތަކަށް މީގެ ފައިދާ ކުރާނެކަމަށެވެ.
"އެހެންވީމަވެލިދޫ ކައިރީގައި އޮންނަ ވިހަފަރުގަ އެއަރޕޯޓެއް އެޅުމުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށުމަށް އަޅުގަނޑު ނިންމާފައިވާކަން ތިބޭފުޅުންނަށް މި ޖަލްސާގައި އަޅުގަނޑު އިއުލާންކުރަން. އޭގެ ފައިދާ މިރަށާ، ވެލިދޫ، ފޮއްދޫ ދެން މިތާކައިރި ރިސޯޓްތައް ހުރުމާއެކު އިޤްތިޞާދީ ފައިދާކުރާނެ."
މި މަޝްރޫއަކީ ނ އަތޮޅުގައި ޓޫރިޒަމް ކުރިއެރުވުމަށް ފައިދާ ކުރާނެ މަޝްރޫއެއް ގޮތުގައި ފާހަގަކުރައްވާފައެވެ. އަދި މި މަޝްރޫއު ދޮޅު އަހަރެއްގެ ތެރޭގައި ނިމޭނެ ކަމެއް ކަން ވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ސަރުކާރުގެ ހުރިހާ އަމާޒެއް ވެސް ހުރީ ރައްޔިތުންނަށް ކަންކަން ފުރިހަމަކޮށްދިނުމަށް ކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ރައީސް ވަނީ ދިވެހި ރާއްޖެއަކީ އެއްވެސް ބަޔަކަށް އަޅުދާސްތުވާން ނުޖެހި ދިވެހި ރާއްޖޭގެ ފަހުރުވެރިކަން މިނިވަން މުސްތަގިއްލު ޤައުމެއް ގޮތުގައި ދަމަހައްޓާ އަދި އަމިއްލަ ވަންތަކަން އަބަދުމެ ޔަގީން ކަމާއެކު އިހްސާސްވާ ފަހުރުވެރި ދިވެހި ޤައުމެއްގެ ގޮތުގައި ކުރިއަށް ގެންދިޔުމެވެ.