ޗެލްސީިއިން ޒަވީ ސިމޯންސްގެ ސޮއި ހޯދުމަށް މަސައްކަތްކުރަނީ
23 ޖުލައި 2025 - 06:43
.jpg&w=1920&q=75)
އާރްބީ ލައިޕްޒިގްގެ ނެދަލޭންޑުގެ ކުޅުންތެރިޔާ ޒާވީ ސިމޯންސް ސޮއިކުރުމަށް ޗެލްސީން މަސައްކަތް ފަށައިފިއެވެ. މިކަމާއި ގުޅޭގޮތުން ޗެލްސީއިން ލައިޕްޒިގް އާއި މަޝްވަރާތައް ފަށާފައިވާކަމަށް ރިޕޯޓްތައްބުނެއެެވެ.
ފްލޯރިއަން ޕްލެޓެންބާގް ހާމަކުރި ގޮތުގައި، ޗެލްސީއާއި ސިމޯންސްއާ ދެމެދު މަޝްވަރާތައް ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށްދާ ކަމަށާއި، ދެފަރާތުން އަނގަބަހުން އެއްބަސްވުމަކާ ވަރަށް ގާތްވެފައިވާ ކަމަށް ބުނެފައިވެއެވެ. ނަމަވެސް އަދި ފައިނަލް އެއްބަސްވުމަކަށް ވާސިލްވެފައި ނުވާ ކަމަށް އޭނާ ފާހަގަކުރިއެވެ.
22 އަހަރުގެ މި ހުނަރުވެރި ކުޅުންތެރިޔާއަށް ލައިޕްޒިގްއިން ވަނީ 70 މިލިއަން ޔޫރޯ އާއި އެއްވަރުގެ އަގެއް މިކުޅުންތެރިޔާއަށްކަނޑައަޅާފައެވެ. އަދި އެ އަގުގައި ވިއްކާލުމަށް ކްލަބުން ތައްޔާރަށް އޮތް ކަމަށްވެސް މައުލޫމާތު ލިބެއެވެ.
ފާއިތުވި ސީޒަންގައި ސިމޯންސްގެ ފޯމް ވަރަށް ރަނގަޅެވެ. އޭނާ ވަނީ 39 މެޗުގައި 13 ލަނޑު ޖަހައި، 9 އެސިސްޓް ދީފައެވެ. ޒަވީ ސިމޯންއަކީ ބާސެލޯނާގެ ލަމާސިއާ އެޚަޑެމީ ގްރެޖުއޭޓްއެކެވެ. 2019 ވަނަ އަހަރުގައި ސިމޯންސް ޕީއެސްޖީއަށް ބަދަލުވެފައިވާއިރު، ޕީއެސްޖީގެ ޖޯޒީގައި އޭނާއަށް ކުޅެވުނީ އެންމެ 7 މެޗެވެ. އަދި އޭގެ ފަހުން 2022 ވަނަ އަހަރު ޕޕީއެސްވީއަށްވެސް ސިމޯންސް ވަނީ ކުޅެފައެވެ. ޕީއެސްވީގައި ފުރުތަމަ ސީޒަނުގައި ސިމޯންސް ދެއްކި މޮޅުކުޅުމާއެކު ޖެހިގެން އައި ސީޒަނުގައި ލައިޕްޒިގް އިން ވަނީ މިކުޅުންތެރިޔާ ލޯނަކަށް އެޓީމަށް ކުޅުވާފައެވެ. އަދި 2023 ވަނަ އަހަރުގެ ޖޫންމަހުގައި ދާއިމީކޮށް 50 މިލިޔަނަށް ސިމޯންސްގެ ސޮއި ވަނީ ހޯދާފައެވެ.
އަންނަ ސީޒަނުގެ ޗެންޕިއަންސް ލީގަށް ލައިޕްޒިގް ކޮލިފައި ނުވުމާއެކު، އެޓީމުން ދަނީ ފައިސާގެ ދަތިތަކުން އަރައިގަތުމަށް އެކިކުޅުންތެރިން ވިއްކާލަން ތައްޔާރުވަމުންނެވެ.