logo
E-Platinum
ޚަބަރު

މިނިވަންދުވަހު އެއާޕޯޓުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެންނަނީ

އާމިނަތު ޝަފާ
23 ޖުލައި 2025 - 16:27
ވީއައިއޭގެ އައު ޓާމިނަލް، ފޮޓޯ: އެމްއޭސީއެލް
ވީއައިއޭގެ އައު ޓާމިނަލް، ފޮޓޯ: އެމްއޭސީއެލް

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އާ ފަސެންޖަރު ޓަރމިނަލް ހުޅުވުމަށް 26 ޖުލައި 2025 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ރަސްމިއްޔާތުގެ އެންމެހާ ކަންކަން ސަލާމަތާއި ރައްކާތެރިކަމާއިއެކު ކުރިއަށް ގެންދިއުމަށްޓަކައި އެ ދުވަހު އެއަރޕޯޓުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެންނަން ނިންމާފައިވާކަން މޯލްޑިވްސް އެއާޕޯޓު ކޮމްޕެނީ ލިމިޓެޑް- އެމްއޭސީއެލް އިން ހާމަކޮށްފިއެވެ.

 

26 ޖުލައި 2025ގެ ރޭގަނޑު 19:00 އިން ފެށިގެން 23:30 އަށް އެއަރޕޯޓަށް ވަދެ ނުކުތުމަށް ބަދަލުގެނެވިފައިވާގޮތް:

 

·  އެއަރޕޯޓަށް ވަންނަ މަގާއި އަދި ޓަރމިނަލް ސަރަހައްދަށް ވަދެވޭނީ ހަމައެކަނި ހުއްދަދެވިފައިވާ އުޅަނދުތަކަށެވެ.  

·  މި ވަގުތުތަކުގައި ޓެކްސީ އަދި އަމިއްލަ ފަރާތްތަކުގެ އުޅަނދުތަކަށް ޕޮލިސް ޕޯސްޓް އަދި އިރުމަތީ ފަރާތު ޕާކިން ސަރަހައްދަށް އާދެވޭނެއެވެ. އަދި ޓަރމިނަލް ސަރަހައްދަށް ދިއުމަށް އެމް.އޭ.ސީ.އެލްގެ އުޅަނދުތަށް ހަމަޖެހިފައިވާނެއެވެ.

· މި ބަދަލާއި އެކު، ފެރީ އަދި ބަހުގެ ހިދުމަތް މެދުކެނޑުމެއްނެތި މާލެ އާއި ހުޅުމާލެއިން ހުޅުލެއަށް ދާ ފަރާތްތަކަށް ލިބިގެންދާނެއެވެ.

 

އެމްއޭސީއެލްއިންވަނީ މިފަދަ ކޮންމެ ވަގުތެއްގައި އާންމުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް ޝުކުރުއަދާކޮށްފައެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެއާޕޯޓް ހުޅުވަން ހަވާ އެރުވުން ދުނިޔޭގެ ރެކޯޑް ފޮތަށްޚަބަރު | 4 ދުވަސް ކުރިންދޮޅު އަހަރުން 70 % މަސައްކަތް ނިންމަން އަތުގައި ހިއްޕަވައިގެން ވަޑައިގެންނެވި ފަހުލަވާނަކީ ރައީސް : އެމްޑީ ޝަރީފް ޚަބަރު | 5 ދުވަސް ކުރިންރީޖަނަލް އެއާޕޯޓްސްއިން އެމްއޭސީއެލްގެ މުވައްޒަފުންނަށް ހިތްވަރުދިނުމަށް، އައުޓާމިނަލަށް ދެކުމާގޮސްފި ޚަބަރު | 7 ދުވަސް ކުރިންމިނިވަންދުވަހު އެއާޕޯޓުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެންނަނީޚަބަރު | 8 ދުވަސް ކުރިން