ރައީސްގެ ނ. އަތޮޅު ދަތުރުފުޅުގެ ފަހު މަންޒިލެއްގެ ގޮތުން ޅޮއްސަށް ވަޑައިގަންނަވައިފި
24 ޖުލައި 2025 - 04:09

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިލަދުންމަޑުލު ދެކުނުބުރީ ޅޮއްސަށް ވަޑައިގަންނަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޅޮއްސަށް ވަޑައިގެންނެވުމުން މަރުޙަބާ ދެންނެވުމަށް ގިނަ ބަޔަކުވަނީ ބަނދަރު ސަރަހައްދަށް އެއްވަފައެވެ. ޅޮއްސަކީ ނ. އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ދަތުރުފުޅުގެ ތެރެއިން ވަޑައިގެންނެވި އެންމެ ފަހުރަށެވެ.
މިދަތުރުފުޅުގައި ރަށު ކައުންސިލާއި މުއައްސަސާތަކުގެ އިސްވެރިންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވާނެއެވެ. އަދި ރައީސް ޅޮހީގެ ރައްޔިތުންނާވެސް ބައްދަލުކުރައްވާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ މި ދަތުރުފުޅުގެ ތެެރެއިންވަނީ ޅޯހީގައި އަަލަށް އިމާރާތްކުރާ ފިޓްނަސް އެންޑު ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅާފައެވެ.
މިމަހުގެ 21 އިން 25 އަށް ނ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ރައީސްގެ އެއަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށަށް ވަނީ ވަޑައިގަންނަވާފައެވެ.