logo
MPL

MPL

ޚަބަރު

ރާއްޖެއާއި އިންޑިޔާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމުގެ މަޝްވަރާތައް ރަސްމީކޮށް ފަށައިފި

އާމިނަތު ޝަފާ
25 ޖުލައި 2025 - 12:08
ރާއްޖެއާއި އިންޑިޔާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމުގެ މަޝްވަރާތައް ރަސްމީކޮށް ފަށައިފި

ރާއްޖެއާއި އިންޑިޔާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުން ގާއިމުކުރުމުގެ ރަސްމީ މަޝްވަރާތައް ފެށުމުގެ އެމްއޯޔޫ އެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވަ ހަފުލާ ޝަރަފުވެރިކޮށްދެއްވުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރާއްޖެއާއި އިންޑިއާ އާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމުގެ މަޝްވަރާތައް ފެށުމަށް ދެ ގައުމުގެ މެދުގައި ސޮއިކުރެވުނު ފަހުމުނާމާގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދެވެ. އިންޑިޔާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ފޮރިން ސެކްރެޓަރީ ޑރ.ސުބްރަމާނިޔަމް ޖައިޝަންކަރެވެ. 

ރާއްޖެއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ފުރަތަމަ އެކުލަވާލި ފުރަތަމަ ގައުމަކީ ޗައިނާއެވެ.

އިންޑިޔާއާއެކު ގާއިމުކުރާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ރާއްޖެއާއި އިންޑިޔާއާ ދެމެދު ވިޔަފާރިކުރުން ފަސޭހަކުރެވި ދެ ގައުމުގެ މެދުގައި އިންވެސްޓުމެންޓުތައް ދައުރުކުރުމަށް ލުއިތަކެއް ހަމަޖެހިގެންދާނެއެވެ. 

އިންޑިއާއާއި ރާއްޖެއާއި ދެ ޤައުމަކީވެސް ސައުތް އޭޝިއަން ފްރީ ޓްރޭޑް އެގްރީމެންޓް (ސަފްޓާ) ގައި ސޮއިކޮށްފައިވާ 2 ބައިވެރިންނެވެ. 2004 ގައި ސޮއިކުރެވުނު ސަފްޓާ އަކީ ދެކުނު އޭޝިއާ ސަރަހައްދު އިގުތިސޯދީ ގޮތުން ބާރުވެރިކޮށް ވިޔަފާރިއަށް ފަހިކުރުމުގެ ގޮތުން ސޮއިކުރި އެއްބަސްވުމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކަނޑުގެ މައްސަލަ ބަލާ ކޮމިޝަނަށް ބަދަލުތަކެއްޚަބަރު | 3 ގަޑިއިރު ކުރިންކޮޕް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުއިއްޒު ތުރުކީއަށް ފުރާވަޑައިގެންފިޚަބަރު | 3 ގަޑިއިރު ކުރިންޕާކިސްތާނުގެ އެހީއެކު ގުޅީފަޅުގައި ކްރިކެޓް ސްޓޭޑިއަމް އެއް އަޅަނީޚަބަރު | 18 ގަޑިއިރު ކުރިންސިޔާސީ ބޭނުމުގައި އެއްވެސް ސިޔާސީ މީހަކު ހައްޔަރެއް ނުކުރާނެ: ރައީސްޚަބަރު | 18 ގަޑިއިރު ކުރިން