logo
Bank of Maldives

Bank of Maldives

ޚަބަރު

އިންޑިއާ އިން ރާއްޖެއަށް އާރޮގްޔާ މައިތުރީ ހެލްތު ކިއުބް ހަދިޔާކޮށްފި

އިންޑިއާ އިން ރާއްޖެއަށް އާރޮގްޔާ މައިތުރީ ހެލްތު ކިއުބް ހަދިޔާކޮށްފި

އެމަޖެންސީ މެޑިކަލް ރެސްޕޮންސް ހަރުދަނާ ކުރުމަށް އިންޑިއާ އިން ރާއްޖެއަށް އާރޮގްޔާ މައިތުރީ ހެލްތު ކިއުބް ހަދިޔާކޮށްފި އެވެ

މި ހެލްތު ކިއުބް ހަވާލުކުރުމަށްޓަކައި ސަލްޓަން ޕާކުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އިންޑިއާގެ ބޮޑުވަޒީރު، ހިޒް އެކްސެލެންސީ ނަރެންދްރަ މޯދީ، އާއި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އާއި ހެލްތު މިނިސްޓަރ އަބްދުﷲ ނާޘިމް އިބްރާހިމްގެ އިތުރުން ދެގައުމުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަރޯގްޔާ މައިތިރީ ހެލްތު ކިއުބް" އަކީ ޕޯޓަބަލް ހޮސްޕިޓަލެއް ގޮތަށް އެއްތަނުން އަނެއް ތަނަށް ގެންދެވޭ ގޮތަށް ދުނިޔޭގައި ތަރައްގީކުރި މީގެ ފުރަތަމަ ކިއުބެވެ.

މި ހެލްތް ކިއުބްގައި އައިސީޔޫ، އޮޕަރޭޝަން ތިއޭޓަރ، ޕަވަރ ޖަނަރޭޓަރ، ލޭގެ ޓެސްޓްތައް ހެދޭނެ ސާމާނާއި، އެކްސްރޭ މެޝިންފަދަ އާލާތްތައް ހިމެނެއެވެ. ބޮޑެތި ހާދިސާތަކުގައި ގިނަ ބަޔަކަށް ކުއްލި ފަރުވާގެ ޚިދުމަތް އެންމެ މަތީ ފެންވަރުގައި ފޯރުކޮށްދެވޭ ގޮތަށް ތަރައްގީ ކޮށްފައިވާ މި މެޑިކަލް ކިއުބަކީ މެދު ނުކެނޑި 72 ގަޑިއިރު އޮޕަރޭޓްކުރެވޭ އަދި 200 މީހުންނަށް ފަރުވާދެވޭނެ ގާބިލުކަން ހުރި ޕޯޓަބަލް ކިއުބެކެވެ.

މި ކިއުބްގެ ސެޓްއަޕް ރާވާލުމަށާއި، ފަރުވާގެ ކަންކަން ފެށުމަށް ނަގާނީ އެންމެ 12 މިނެޓެވެ.

މި ކިއުބްގައި އެކި ހާލަތްތަކުގައި ބޭނުންކުރާނެ ކިޓްތަކާއި ބޭހުގެ އިތުރުން ހާލަތައް ރިއާޔަތްކޮށް ހަދަންޖެހޭ ސެޓްއަޕް ހެދުމަށް ބޭނުންވާ ސާމާނު ހިމެނެއެވެ. އަދި މި ކިއުބް ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ "ބީޝްމް އެޕް" މެދުވެރިކޮށް މިނީ ކިއުބްތަކުގެ މައުލޫމާތު ލިބި، އޭގައި ހިމެނޭ ސާމާނު ޓްރެކް ކުރެވޭނެއެވެ.

އިންޑިއާއިން ހަދިޔާކުރާ މި ދެ ޕޯޓަބަލް ކިއުބް ހިންގުމުގައި ހަރަކާތްތެރިވާނީ ހެލްތު މިނިސްޓްރީގެ ދަށުން ހިނގަމުންދާ މޯލްޑިވްސް އެމަޖެންސީ މެޑިކަލް ސަރވިސް (އީ.އެމް.އެސް) އިންނެވެ.

މޯލްޑިވްސް އެމަޖެންސީ މެޑިކަލް ސަރވިސް އަށް އިންޑިއާ ސަރުކާރުން ވަނީ "އަރޯގްޔާ މައިތިރީ ހެލްތު ކިއުބް" އާއި ގުޅޭ ޓްރޭނިންގ ޕްރޮގްރާމެއް ވެސް ބާއްވާފައެވެ.

22 ޖުލައިން ފެށިގެން 03 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ޓްރޭނިންގ ޕްރޮގްރާމް ނަންގަވައިދެއްވީ އިންޑިޔާގެ ޑޮކްޓަރުންނާއި ޕެރަމެޑިކް އޮފިސަރުންގެ ޓީމަކުންނެވެ.

ރާއްޖޭގެ ފަރާތުން މި ޓްރޭނިންގ ޕްރޮގްރާމުގައި 20 ބޭފުޅުން ބައިވެރިވިއެވެ. އޭގެތެރޭގައި ޑޮކްޓަރުންނާއި، އިމަރޖެންސީ މެޑިކަލް ޓެކްނީޝަނުންނާއި، ބަޔޯމެޑިކަލް ބޭފުޅުންނާއި އަދި ނަރުހުން ހިމެނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސްގެ ރިޔާސީ ބަޔާނަށް ތިން ގަޑިއިރު؛ އެ ހެއްދެވީ ގައުމީ ރެކޯޑެއް!ޚަބަރު | ގަޑިއިރެއް ކުރިންއިޤްތިޞާދު ފުޅާކުރުމަށް ވަރުގަދަ ޓްރާންސްޕޯޓް ނެޓްވޯކެއް ޤާއިމްވެފައި އޮތުން މުހިންމު: ރައީސްޚަބަރު | ގަޑިއިރެއް ކުރިންމަސައްކަތްކުރަނީ ވާރުތަކޮށްފައިވާ ދަރަނީގެ ދަންތުރައިން ޤައުމު މިންޖުކުރުމަށް: ރައީސް ޚަބަރު | ގަޑިއިރެއް ކުރިންއިސްލާމްދީނާއި އެއްގޮތަށް ދައުލަތް ހިންގުމަކީ މި ސަރުކާރުގެ ސިޔާސަތު: ރައީސްޚަބަރު | 2 ގަޑިއިރު ކުރިން