logo
ޚަބަރު

ފުރަތަމަ ޓާމު ކިޔެވުން ނިމި ދަރިވަރުން ޗުއްޓީއަށް

ޝަހްޒާ މުހައްމަދު
24 ޖުލައި 2025 - 04:50
މާލޭގެ ސުކޫލެއްގެ ދަރިވަރުންތަކެއް
މާލޭގެ ސުކޫލެއްގެ ދަރިވަރުންތަކެއް

މިއަހަރުގެ ދިރާސީ އަހަރުގެ ފުރަތަމަ ޓާމްގެ ކިޔެވުން ނިމި، މިއަދު ދަރިވަރުންގެ ޗުއްޓީ ފެށިއްޖެއެވެ.

ދަރިވަރުންނަށް 16 ދުވަހުގެ ޗުއްޓީއެއް ލިބޭއިރު، ދެވަނަ ޓާމްގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް މަހުގެ 10 ވަނަ ދުވަހުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި މިއަހަރުގެ ދެވަނަ ޓާމްގެ ކިޔެވުން ނިމޭނީ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އޭގެފަހުން ބޮޑު ޗުއްޓީ ލިބޭނީ ޑިސެމްބަރު 28 އިން އަންނަ އަހަރުގެ ޖެނުއަރީ 22 އާ ހަމައަށެވެ.

މިއަހަރުގެ ދިރާސީ އަހަރުގައި ޖުމްލަ 90,000 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުންދާއިރު، އޭގެތެރެއިން 84,000 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުންދަނީ ސަރުކާރުގެ 217 ސްކޫލްގައެވެ. މާލޭ ސަރަހައްދުގައި ހުރި 19 ސްކޫލްގައި މުޅި ރާއްޖޭގެ ސްކޫލް ދަރިވަރުންގެ 33 އިންސައްތަ ދަރިވަރުން ކިޔަވަމުންދެއެވެ. އަދި މުޅި ރާއްޖޭގެ ސްކޫލްތަކުގެ މުވައްޒަފުންގެ 21 އިންސައްތަ މަސައްކަތްކުރަނީ މާލޭގެ ސްކޫލްތަކުގައެވެ.

ފާހަގަކޮށްލެވޭ މުހިންމު ބަދަލެއްގެ ގޮތުގައި، ކުރީގެ ސަރުކާރުން އަހަރުގެ މެދުތެރޭގައި ދިރާސީ އަހަރު ފެށުމަށް ނިންމާފައިވާ ނިންމުން މިހާރުގެ ސަރުކާރުން ވަނީ ބަދަލުކޮށްފައެވެ. މިގޮތުން އަންނަ އަހަރުގެ ދިރާސީ އަހަރު ފެށުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޗުއްޓީއަށްފަހު ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ފެށިއްޖެޚަބަރު | 25 ދުވަސް ކުރިންފުރަތަމަ ޓާމު ކިޔެވުން ނިމި ދަރިވަރުން ޗުއްޓީއަށް ޚަބަރު | މަހެއް ކުރިންދެވަނަ ޓާމް ޗުއްޓީއަށް ފަހު މިއަދު ސްކޫލްތަކުގައި ކިޔެވުން ފަށައިފިޚަބަރު | 8 މަސް ކުރިން