-01-40bb8a38.jpg)

އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ކުރިއަށް ގެންދިޔަ ބައެއް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންތަކުގެ ތެރެއިން އައްޑޫ ހުޅުދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަން ޕީއެންސީގެ ކެންޑިޑޭޓް ފާތިމަތު ނަބާހާ ކާމިޔާބުކުރައްވައިފި އެވެ.
މިބައި-އިލެކްޝަނުގައި ނަބާހާއާ ވާދަކުރީ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް، ފާތިމަތު މުނީރު އެވެ.
ހުޅުދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރަކު ހޮވުމަށް މިއަދު ބޭއްވި ބައިއިލެކްޝަންގައި ހުޅުދޫ ދާއިރާއިން ވޯޓުލުމުގެ ހައްގު ލިބުނީ 2،903 މީހުންނަށެވެ.
ހުޅުދޫގެ ބައި-އިލެކްޝަންގައި ހުޅުދޫގައި ތިން ފޮށި މާލޭގައި ދެ ފޮށި އަދި ހުޅުމާލޭގައިވެސް ފޮށްޓެއް ބަހައްޓާފައިވެ އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި އިންތިހާބުތަކުގައި ވޯޓުލީ މީހުންގެ ނިސްބަތް މަދު ކަމަށްވީ ނަމަވެސް އިންތިހާބުގެ ކަންކަން ޖުމްލަކޮށް ރަނގަޅަށް ދިޔަ ކަމަށެވެ.






