-01-40bb8a38.jpg)

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ)ގެ ބައި-އިލެކްޝަން ހުޅުދޫ ގޮނޑި ޕީއެންސީއަށް ލިބުމަކީ ރައްޔިތުން ސަރުކާރަށް އިތުބާރުކުރާ ކަމުގެ ހެއްކެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ސިޓީ ފޭދޫ އުތުރު ދާއިރާގެ މެމްބަރު އިސްމާއީލް ނިޒާރު ވިދާޅުވެއްޖެ އެވެ .
މިމަހުގެ 28 ވަނަ ދުުވަހު ކުރިއަށްދިޔަ ބައި އިލެކްޝަން އާ ގުޅޭގޮތުން މެންދުރު ޓީވީގެ މައުލޫ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މެމްބަރު ވިދާޅުވީ، ބައި އިލްކެޝަންސް ތަކުގެ ތެރެއިން އެންމެ ގިނަ ރައްޔިތުން ބައިވެރިވި ދާއިރާއަކީ އައްޑޫ ސިޓީ ހުޅުދޫ ކަމަށްވާއިރު، އެ ގޮނޑި ޕީއެންސީއަށް ކާމިޔާބު ވުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބެއްކަމަށެވެ.
އަދި މި ކާމިޔާބީއަކީ ޕާޓީއަށާއި މި ސަރުކާރަށް ލިބިގެން ދިޔަ އިތުރު ހިއްވަރެއްކަން މެމްބަރު ފާހަގަ ކުރެއްވިއެވެ. މެމްބަރު އިސްމާއިލް އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނަށް ކަންކަން ކޮށްދެއްވަނީ އިންތިހާބު ކާމިޔާބު ކުރެއްވުމުގެ ނިޔަތުގައި ނޫން ކަމަށާއި، ކުރީގެ ސަރުކާރުތަކާ މި ސަރުކާރާ އޮތް ތަފާތަކީ އެއީ ކަމަށެވެ.
"އަޅުގަނޑުމެނަށް ފެންނާނެ ވަރަށް އުނދަގޫ ނިންމެވުންތަކެއް އެމަނިކުފާނު ނިންމަވައިފި. ހަމައެކަނި ދެވަނަ ދައުރެއް ބޭނުންވެގެން ވެރިކަން ކުރާނެ ވެރިއަކު ނުނިންމަވާނެ ކިތަންމެ ނިންމުމެއް އެމަނިކުފާޏު ނިންމަވައިފި. އެއީ ޤައުމަށްޓަކާ ޢައުމުގެ މުސްތަޤްބަލަށްޓަކާ." މެމްބަރު އިސްމާއީލް ނިޒާރު ވިދާޅުވިއެވެ.
މެމްބަރު ވިދާޅުވީ އެކުވެރިކަމާ އަދި އެއް ވިސްނުމެއްގައި އެންމެން ވެސް މަސައްކަތް ކުރުމަކީ ޕާޓީގެ ވަރަށް ބޮޑު އެދުމެއް ކަމަށޭވެ. އަދި މި ސަރުކާރަކީ ވަކި ޕާޓީ އަކަށް ނިސްބަތްވާ ފަރާތަކަށް ބަލައިގެން ކަންކަން ކޮށްދެއްވާ ސަރުކާެރެއް ނޫން ކަމަށާއި، އަބަދުވެސް މަސައްކަތް ކުރައްވަނީ ޤައުމުގެ ކުރިއެރުމަށްކަން ވެސް މެމްބަރު ފާހަގަ ކުރެއްވިއެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ)ގެ ބައި-އިލެކްޝަންތަކުގައި އައްޑޫ ހުޅުދޫގެ ގޮނޑި، އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް ފާތިމަތު މުނީރު ތަފާތު ބޮޑުކޮށް ބަލިކޮށް، ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ކެންޑިޑޭޓް ފާތިމަތު ނަބާހާ ކާމިޔާބު ކުރެއްވީ 291 ވޯޓުގެ ތަފާތަކުން، 784 ވޯޓާއެކު އެވެ.






