"ކަނބުލޮ" ގެ ޓްރެއިލާ ބަލައިފިންތަ؟ ވަރަށް ފުރިހަމަ !
24 ޖުލައި 2025 - 15:04

ޑައިރެކްޓަރު ހުސައިން މުނައްވަރު (ކިޑް) ގެ އާ ފިލްމު "ކަނބުލޮ" ގެ ޓްރެއިލާ ރޭ ދައްކާލައިފި އެވެ. އާއިލާގެ ތެރެއިން ޖިންސީ ގޯނާގެ ޝިކާރައަކަށްވާ އަންހެނެއްގެ ވާހަކަ ކިޔައިދޭ މި ފިލްމު އޮލިމްޕަހަށް ގެންނާނީ އަންނަ މަހުގެ 31 ވަނަ ދުވަހު އެވެ.
"ކަނބުލޮ" އަކީ މިދިޔަ އަހަރުގެ ފިލްމު "ކަމަނާ" ވެސް ގެނެސްދިން ޓީމުން އުފައްދާ ފިލްމެކެވެ. އެގޮތުން ފިލްމު ގެނެސްދެނީ އަލީ ޝާނީޒްގެ ސެޓާން ސްޓޫޑިއޯ އާއި ޑައިރެކްޓަރު ކިޑްގެ ކިޑް ޕްރޮޑަކްޝަން ގުޅިގެންނެވެ. މި ފިލްމަކީ 2009 ގެ ދިގު ވާހަކަ މުބާރާތުން ޔަޝްފާ އަބްދުލްޢަނީ އެއްވަނަ ހޯދި ވާހަކަ "ޔުކްތާ" އަށް ބިނާކޮށް މަހުދީ އަހުމަދު ސްކްރީންޕްލޭ ލިޔެފައިވާ ފިލްމެކެވެ.

Ad by Hajj Corporation
ފިލްމުގެ މައިގަނޑު ކާސްޓްގައި ހިމެނެނީ މަރިޔަމް އައްޒަ، އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ)، ވާޝިޔާ މުހައްމަދު، އަހުމަދު އީސަ (އާނަންދު)، ޝީލާ ނަޖީބު، އަހުމަދު ނިމާލު އަދި މަރިޔަމް ޝަކީލާ އެވެ. މީގެ އިތުރުން ފިލްމުގެ ވަރަށް މުހިއްމު ރޯލަކުން އަލަށް ތައާރަފުކުރާ ކުޑަ އަންހެން ކުއްޖަކު ވެސް ފެންނާނެ އެވެ.
"ކަނބުލޮ" އިން ކިޔައިދެނީ ކުޑަކުދިންނަށާއި އަންހެނުންނަށް ހިމާޔަތް ދޭންޖެހޭ މީހުންގެ ފަރާތުން އެ މީހުންނަށް ދެމުންދާ އަނިޔާތަކުގެ ވާހަކަ އެވެ.
ފިލްމުގެ ޓްރެއިލާ ނެރެފައިވާއިރު ، ޓްރެއިލާއިންވެސް ފެނިގެންދަނީ ހީބިހިނަގާފަދަ، ޖަޒުބާތީ މަންޒަރުތަކެކެވެ.

🎬 The official trailer of KAN’BULO is here. Every frame holds silence. Every silence carries weight. This is not a story told through spectacle — but through raw truth, buried pain, and the spaces between words. For those who understand the language of wounds… this is cinema at its most unflinching. #Kanbulo2025 #OfficialTrailer #DhivehiCinema #MaldivianFilm #MunawwaruDirects #StoryInSilence #VisualStorytelling #ComingSoon #DhivehiMovies #TruthOnScreen #thesilencespeaks | Kan’bulo
ފިލްމު އުފައްދާ ފަރާތުން ބުނީ "ކަނބުލޮ" އަކީ މުޖުތަމައުގެ ކޮންމެ މަންމައަކާއި ބައްޕައަކު ވެސް ބަލާލަން ރަނގަޅު ފިލްމެއް ކަމަށެވެ. ފިލްމު ސްކްރީންތަކަށް ނެރޭނީ އަންނަ އޮގަސްޓް މަހުގެ 31 ވަނަ ދުވަހުގައެވެ.


