logo
ޚަބަރު

އިންޑިއާގެ ބޮޑުވަޒީރު ރާއްޖޭގެ ސިޔާސީ ލީޑަރުންނާއި ބައްދަލުކުރައްވައިފި

ޝަހްޒާ މުހައްމަދު
26 ޖުލައި 2025 - 12:56
އިންޑިއާގެ ބޮޑުވަޒީރު ރާއްޖޭގެ ސިޔާސީ ލީޑަރުންނާއި ބައްދަލުކުރައްވައިފި

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ، ރާއްޖޭގެ ބައެއް ސިޔާސީ ލީޑަރުންނާއި ބައްދަލުކުރައްވައިފިއެވެ.އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ، ރާއްޖޭގެ ބައެއް ސިޔާސީ ލީޑަރުންނާއި ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދައުވަތަކަށް ރާއްޖެއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ބޮޑު ވަޒީރު މޯދީއާއި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީން ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި އެ ޕާޓީގެ ޗެެއާޕާސަން ފައްޔާޒް އިސްމާއީލް، އަދި ޕާޓީގެ ރައީސް ޢަބްދުالله ޝާހިދު ބައިވެރިވެވަޑައިގަތެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމްޑީޕީގެ އިތުރުން، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސްގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު އަދި މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރައީސް މުޙައްމަދު ނާޒިމްވެސް ވަނީ އިންޑިއާގެ ބޮޑުވަޒީރާ ބައްދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުންތަކާ ގުޅޭގޮތުން އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި އިންޑިއާގެ ބޮޑުވަޒީރު ވަނީ ސިޔާސީ ދާއިރާގެ އެކި ލީޑަރުންގެ ބައިވެރިވުމަކީ އިންޑިއާއާއި ރާއްޖޭގެ ވަރުގަދަ އަދި ތާރީޚީ އެކުވެރިކަމުގެ ގުޅުމަށް ދެފަރާތުން ތާއީދު އޮތްކަން ހާމަކޮށްދޭ ކަމެއްކަމަށެވެ. އަދި ދެޤައުމުން ޙިއްސާކުރާ އަސާސްތަކުން މި މުހިންމު ގުޅުމަށް އެހީތެރިވެދޭކަންވެސް މޯދީ ފާހަގަކުރެއްވިއެވެ.

އަދި މީގެ އިތުރުން، އިންޑިއާގެ ބޮޑު ވަޒީރުގެ އަރިހަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދުވެސް ވަނީ އިޙްތިރާމުގެ ޒިޔާރަތެއްކުރައްވާފައެވެ. ވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުއާވެސް ބައްދަލުކުރައްވާފައެވެ.

 

 

މި ބައްދަލުކުރެއްވުމަކީ ދެގައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ވަރުގަދަކުރުމަށް މަގުފަހިވާނެ ގޮތަކަށް ކުރެވުނު ބައްދަލުކުރެއްވުމެކެވެ.

ބޮޑުވަޒީރު މޯދީ މި ބައްދަލުކުރެއްވުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ނަޝީދުއަކީ އަބަދުވެސް އިންޑިއާ އާއި ދިވެހިރާއްޖޭގެ އެކުވެރިކަމަށް ވަރުގަދައަށް ވަކާލާތު ކުރައްވާ ބޭފުޅެއް ކަމަށެވެ. މި ބައްދަލުކުރެއްވުމުގައި، އިންޑިއާގެ "ނެއިބާހުޑް ފަސްޓް" ސިޔާސަތާއި "މަހާސާގަރުގެ ތަސައްވުރު"ގެ އަގުހުރި ތަނބެއްގެ ގޮތުގައި އަބަދުވެސް ދިވެހިރާއްޖެ އޮންނަ އޮތުމާ ބެހޭގޮތުން ވާހަކަ ދެކެވުނު ކަމަށް ބޮޑުވަޒީރު މޯދީ ހާމަކުރެއްވިއެވެ.

މީގެ އިތުރުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުالله އާ ވަނީ ބައްދަލުކުރައްވަފައެވެ.

 



މި ބައްދަލުކުރެއްވުމުގައި ވަނީ އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދުއޮތް އެކުވެރިކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެެވެ. އޭގެތެރޭގައި ދެޤައުމުގެ ރައްޔިތުންގެ މަޖިލީހުގެ މެދުގައި އޮތް ގާތް ގުޅުމާ ގުޅެގޮތުންވެސް ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވައިއެވެ.

20ވަނަ މަޖިލީހުގައި އިންޑިއާ-މޯލްޑިވްސް ޕާލަމެންޓްރީ ފްރެންޑްޝިޕް ގްރޫޕް އުފެދިފައިވާކަމީ ދެޤައުމުގެ ގުޅުމަށް އެޅުނު ހަރުދަނާ ފިޔަވަޅެއްކަން ބޮޑުވަޒީރު މޯދީ ފާހަގަކުރެއްވިއެވެ. ރާއްޖޭގައި ކެޕޭސިޓީ ބިލްޑިންގއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އިންޑިއާއިން ދެމިއޮންނާނެކަމަށް ބޮޑު ވަޒީރު މޯދީ ވިދާޅުވިއެވެ.

ބޮޑުވަޒީރު މޯދީ ރާއްޖެއަށް ވަޑައިގެންފައިވާ ިއރު، މިއަހަރަކީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ އަހަރުގެ އިތުރަށް އިންޑިއާ އާއި ރާއްޖޭގެ ސިޔާސީ ގުޅުމަށްވެސް 60 އަހަރު ފުރޭ އަހަރުކަން މޯދީ ވަނީ ފާހަގަކުރައްވާފައެވެ. އަދި މިދަތުރުފުޅުގެ ތެރެއިން، ދެ ޤައުމުގެ އެކި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިވެގެން ދާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުރީގެ ރައީސުންގެ އިނާޔަތް ކުޑަކުރަން ނަޝީދު ތާއީދު ކުރަށްވައިފިޚަބަރު | 3 ގަޑިއިރު ކުރިންފަލަސްޠީނު މައްސަލަ ހައްލުކުރުމަށް އދގެ އާންމު މަޖިލީހުން ފާސްކުރި ގަރާރަށް ރާއްޖެއިން ތާއީދުކުރާކަމަށް ރައީސް ވިދާޅުވެއްޖެ ޚަބަރު | ދުވަހެއް ކުރިންޤައުމީ ތަރިކަ ކުރިއަށް އޮތް ޖީލުތަކަށް ވާރުތަކޮށްދިނުމަކީ ޤައުމީ އަމާނާތެއް: ރައީސްޚަބަރު | 2 ދުވަސް ކުރިންރައީސްގެ ނިންމެވުމުގެ ސަބަބުން، އަދުލުއިންސާފު ގާއިމުކުރުމަށް އިތުރު ހަލުވިކަމެއް އަންނާނެ: ސުޕްރީމް ކޯޓުޚަބަރު | 2 ދުވަސް ކުރިން