logo
E-Platinum
ޚަބަރު

މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައް ބާއްވައިފި

ޝަހްޒާ މުހައްމަދު
26 ޖުލައި 2025 - 13:30
މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައް ބާއްވައިފި

މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައް ކުރިއަށްގެންގޮސްފައިވަނީ ޖުމްހޫރީ މައިދާން ސަރަހައްދުގައެވެ. މިހަރަކާތްތައް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި ދައުލަތުގެ އިސްވެރިން ވަޑައިގެންނެވިއެވެ. އަދި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީވެސްވަނީ މިހަރަކާތްތައް ބައްލަވާލެއްވުމަށް ވަޑައިގެންފައެވެ.

މީގެއިތުރުން މާލެ ސަރަހައްދުގެ 4 ސްކޫލެއްގެ ދަރިވަރުންގެ ތަފާތު ހުށައެޅުންތައްވެސްވަނީ ފެނިގެންގޮސްފައެވެ. އަދި ކެލާ ޔޫތު ފޯރަމާއި، މުލީ އެކުވެރިންގެ ދިރުމާއި ހޭވައްލާ ބޮޑުބެރު ގުރޫޕް ހިމެނޭހެންވަނީ ސަގާފީ ހަރަކާތެއްވެސް ހުށަހަޅާފައެވެ.

ޖުމްހޫރީ މައިދާނުގެ އިތުރުން މާލޭގެ ބޮޑެތި މަގުތަކުގައިވެސް ދިވެހި އަސްކަރިއްޔާއާއި ޤައުމީ ކެޑޭޓްކޯގެ ޕެރޭޑު ކުރިއަށްދިޔައެވެ. އެގޮތުން މަގުމަތީގެ ހިނގާލުމުގެ ނަމުގައި މިހަރަކާތްތައް ފެށީ ހަވީރު 16:15 ގައެވެ. މިހިނގާލުމުގެ ތެރެއިން 4 ސަރަހައްދެއްގައި މަޑުކޮށް ރާގުތައް ކުޅެފައިވެއެވެ.

މި ހަރަކާތްތައް ބަލާލުމަށް ގިނަ އަދަދެއްގެ ޢާންމުން ގޮސްފައިވެއެވެ.

ރާއްޖޭގެ މިނިވަން ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ. މި ދުވަސް ފާހަގަކުރަނީ އިނގިރޭސީންގެ ޙިމާޔަތުން އަލުން އަނބުރާ ދިވެހިންނަށް މިނިވަންކަން ލިބުނު ދުވަސް ފާހަގަކުރުމުގެ ގޮތުންނެވެ. މިފަހަރު މި ފާހަގަކުރަނީ ރާއްޖޭގެ 60 ވަނަ ފަޚުރުވެރި މިނިވަން ދުވަހެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޙަސަން ޞާބިރަށް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން އަރުވައިފިޚަބަރު | 8 ގަޑިއިރު ކުރިންޗީފް ޖަސްޓިސް ރިޓަޔާޑް، މުއުތަސިމް އަދްނާނަށް ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާގެ ލަގަބު އަރުވައިފި ޚަބަރު | 9 ގަޑިއިރު ކުރިންމިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައް ބާއްވައިފި ޚަބަރު | ދުވަހެއް ކުރިންކުރީގެ ރައީސުން މިނިވަންދުވަހުގެ ތަހުނިޔާފޮނުއްވައިފި ޚަބަރު | ދުވަހެއް ކުރިން