logo
ޚަބަރު

ހުޅުމާލެ ފޭސް 2 ގައި 60 ރުއް އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފި

އަޙްމަދު ޒަލީފް
12 އޯގަސްޓު 2025 - 04:38
ހުޅުމާލެ ފޭސް 2 ގައި 60 ރުއް އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފި

ދިވެހިރާއްޖޭގެ 60 ވަނަ މިނިވަންދުވަހާއި ގުޅިގެން 60 ރުއް އިންދުމުގެ ހަރަކާތެއް ހުޅުމާލޭ ފޭސް 2 ގައި ކުރިއަށްގެންގޮސްފިއެވެ.

މި ހަރަކާތަކީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާއިބެހޭ ވުޒާރާއާއި ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީ ގުޅިގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ހަރަކާތް ފެއްޓެވުމުގެ ގޮތުން ދަނޑުވެރިކަމާއި ދިރޭތަކެއްޗާއިބެހޭ ވަޒީރު މަރިޔަމް މާރިޔާ ވަނީ ރުކެއް އިންދަވާފައެވެ. އެކަމަނާގެ އިތުުރުން މި ހަރަކާތުގައި ދިވެހިބަހާއި ސަޤާފަތާއި ތަރިކައާއިބެހޭ ވުޒާރާގެ އިސްވެރިންނާއި ފަތުރުވެރިކަމާއި ތިމާވެއްޓާއިބެހޭ ވުޒާރާގެ އިސްވެރިންގެ އިތުރުން ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާ އަދި އެޗްޑީސީގެ އިސްވެރިން ބައިވެރިވަޑައިގެންނެވިއެވެ. މީގެއިތުުރުން، ސްކޫލްކުދިންނާއި އިސްރަށްވެހިންވެސް މިހަރަކާތުގައި ބައިވެރިވެ، ރުއް އިންދާފައިވެއެވެ.

ހުޅުމާލޭގައި ކުރިއަށްގެންދިޔަ 60 ރުއް އިންދުމުގެ ހަރަކާތަކީ ސަރުކާރުން ފައްޓަވާފައިވާ 5 މިލިޔަން ގަސް އިންދުމުގެ ހަރަކާތުގެ ތެރެއިން ކުރިއަށްގެންދިޔަ ހަރަކާތެކެވެ. ސަރުކާރުން ފައްޓަވާފައިވާ ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން މިހާތަނަށް ހަ ލައްކައާއި ގާތްކުރާ އަދަދަކަށް ގަސް ވަނީ އިންދާފައިވެއެވެ.

" ހުރިހާ އަތޮޅަކުންވެސް އަޅުިގަނޑުމެންނާއި އެކީގައި ބައިވެރިވެގެން ހަމަ ރުއް އިންދަމާ އުޅޭށޭ. ރުކަކަކީ އަޅުގަނޑުމެންގެ ޤައުމީ އަދި މާދަރީ ރުއް. އަޅުގަނޑުމެން އެބަ އިތުރުވެސް ކުރަންޖެހޭ އަޅުގަނޑުމެން އޭގެން މަންފާވެސް ހޯދަންޖެހޭ، އެހެންމަ އަޅުގަނޑު ވަރަށް އުފާކޮށްފިން މިކަންތައް މިއަދު ކުރެވުނީތީ. އަޅުގަނޑު އުއްމީދުކުރަނީ އަތޮޅުތަކުންވެސް ވަރަށް ޝައުޤުވެރިކަމާއެކު ރުއް އިންދާ ރުއް އާލާކޮށް އަޅުގަނޑުމެންނަށް ކާއްޓައި ކުރުނބާއާއި މިކަހަލަ މަންފާތައް އިތުރަށް ލިބުން" މި ހަރަކާތާ ގުޅޭގޮތުން ދައުލަތުގެ މީޑިޔާއަށް މައުލޫމާތު ދެއްވަމުން ވަޒީރު މަރިޔަމް މާރިޔާ ވިފދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުޅުމާލެ ފޭސް 2 ގައި 60 ރުއް އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފި ޚަބަރު | މަހެއް ކުރިންޙަސަން ޞާބިރަށް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން އަރުވައިފިޚަބަރު | 2 މަސް ކުރިންޗީފް ޖަސްޓިސް ރިޓަޔާޑް، މުއުތަސިމް އަދްނާނަށް ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާގެ ލަގަބު އަރުވައިފި ޚަބަރު | 2 މަސް ކުރިންމިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައް ބާއްވައިފި ޚަބަރު | 2 މަސް ކުރިން