logo
MPL

MPL

ޚަބަރު

މޯދީ ފުރާވަޑައިގެންފި: ދެއްވި ހޫނު މަރުހަބާއަށް ޝުކުރު އަދާކުރެއްވި

ހުސައިން ވަސީމް
26 ޖުލައި 2025 - 13:57
ރައީސް މުޢިއްޒު އަދި އިންޑިޔާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ -- ފޮޓޯ/ ރައީސް އޮފީސް
ރައީސް މުޢިއްޒު އަދި އިންޑިޔާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ -- ފޮޓޯ/ ރައީސް އޮފީސް

ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވަ ހަފުލާ ޝަރަފުވެރިކޮށްދެއްވުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ އަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމާށް ފަހު ފުރާވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުގެ ދައުވަތަކަށް ބޮޑުވަޒީރު މޯދީ ރާއްޖެއަށް ކުރެއްވި މި ދަތުރުފުޅަކީ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަސް ފާހަގަ ކުރުމުގެ ހަރަކާތްތަކުގެ ހާއްސަ މެހެމާނެއްގެ ގޮތުން ބައިވެރިވެވަޑައިގަތުމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މޯދީ އިއްޔެ ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ ރައީސް މުއިއްޒު އެވެ.

މޯދީ ރާއްޖެ ވަޑައިގެންނެވި ކަމަށްޓަކާ ޝުކުރު އަދާކުރައްވާ ރައީސް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބޮޑުވަޒީރު މޯދީގެ މި ދަތުރުފުޅާއި އެކު ރާއްޖެއާއި އިންޑީއާގެ ގުޅުން އިތުރަށް ބަދަހިވެގެން ހިންގައްޖެކަމަށެވެ.

މޯދީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަކީ ލިބިވަޑައިގެންނެވި އުފަލެއްކަމަށެވެ. އަދި ރައީސް މުއިއްޒުއާ އެކު ކުރިއަށް ގެންދިޔަ މަޝްވަރާތަކާއެކު ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށްވެސް މޯދީ ވިދާޅުވިއެވެ.

ރާއްޖެއަށ ްވަޑައިގަތުމުން ދިން ހޫނު މަރުހަބާ އަށް މޯދީ ވަނީ ޝުކުރުއަދާކުރައްވާފައެވެ.

ބޮޑުވަޒީރު މޯދީގެ މިދަތުރުފުޅުގައި ރާއްޖެ އާއި އިންޑިއާ އާ ދެމެދު އެއްބާރުލުން ދިނުމުގެ 4އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.

ރާއްޖެ-އިންޑިއާ ފްރީޓްރޭޑްގެ މަޝްވަރާތައްވެސް ކުރިއަށްގެންގޮސްފައިވެއެވެ.އަދި އިންޑިއާގެ އެހީގައި ކުރިއަށް ގެންދިޔަ ބައެއް މަޝްރޫއުތައް އިފްތިތާހުކޮށްދެއްވިއެވެ.

މީގެ އިތުރުން މޯދީ މިއަދު ވަނީ ރާއްޖޭގެ ބައެއް ސިޔާސީ ލީޑަރުންނާ ބައްދަލު ކުރައްވާފައެވެ.

މިއީ އިންޑިއާގެ ބޮޑުވަޒީރުކަމުގެ މަގާމުގައި ހުންނަވައިގެން މޯދީ ރާއްޖެއަށް ކުރެއްވި ތިން ވަނަ ދަތުރުފުޅެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކަނޑުގެ މައްސަލަ ބަލާ ކޮމިޝަނަށް ބަދަލުތަކެއްޚަބަރު | 3 ގަޑިއިރު ކުރިންކޮޕް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުއިއްޒު ތުރުކީއަށް ފުރާވަޑައިގެންފިޚަބަރު | 3 ގަޑިއިރު ކުރިންޕާކިސްތާނުގެ އެހީއެކު ގުޅީފަޅުގައި ކްރިކެޓް ސްޓޭޑިއަމް އެއް އަޅަނީޚަބަރު | 18 ގަޑިއިރު ކުރިންސިޔާސީ ބޭނުމުގައި އެއްވެސް ސިޔާސީ މީހަކު ހައްޔަރެއް ނުކުރާނެ: ރައީސްޚަބަރު | 18 ގަޑިއިރު ކުރިން