logo
Bank of Maldives

Bank of Maldives

ކުޅިވަރު

ގްޔޯކެރޭސްގެ ސޮއި ހޯދިކަން އާސެނަލް އިން އިޢުލާންކޮށްފި

އަބްދުﷲ ޣާނިމް
27 ޖުލައި 2025 - 04:36
ގްޔޯޯކެރޭސް އާސެނަލް އާއެކު އެއްބަސްވުމުގައި ސޮއިކުރަނީ - ފޮޓޯ: އާސެނަލް
ގްޔޯޯކެރޭސް އާސެނަލް އާއެކު އެއްބަސްވުމުގައި ސޮއިކުރަނީ - ފޮޓޯ: އާސެނަލް

ގިނަ ދުވަސްތަކަކަށް ދެމިގެންދިޔަ މަޝްވަރާތަކަށްފަހު އާސެނަލްއިން ސްޕޯޓިންގ ސީޕީގެ ސްޓްރައިކަރު ވިކްޓަރ ގިއޯކެރެސްގެ ސޮއި ހޯދައިފިއެވެ. މި ކުޅުންތެރިޔާ އާސެނަލްއާ ގުޅުނީ 63 މިލިއަން ޔޫރޯގެ އަގަކަށެވެ. އަދި އިތުރު 10 މިލިއަން ޔޫރޯ އެޑް-އޮންގެ ގޮތުގައި ހިމެނެއެވެ.

27 އަހަރުގެ ސްވިޑަންގެ ސްޓްރައިކަރު އާސެނަލްއާއެކު ސޮއިކޮށްފައިވަނީ ފަސް އަހަރުގެ އެއްބަސްވުމެއްގައެވެ. އޭނާ އާސެނަލްގައި ކުޅޭނީ 14 ވަނަ ނަންބަރުގައެވެ. އާސެނަލްއިން ގިނަ ދުވަސްތަކެއް ވަންދެން ވަނީ އައު ސްޓްރައިކަރަކަށް ބޭނުންވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

 

Gyokeres Arsenal ah badhaluvumah medical hadhanee, miee fahuge thaareehehggai Arsenal in hadhaa enme bodu transfer | Mendhuru TvTikTokYouTubeInstagramXFacebook

Gyokeres Arsenal ah badhaluvumah medical hadhanee, miee fahuge thaareehehggai Arsenal in hadhaa enme bodu transfer | Mendhuru TvTikTokYouTubeInstagramXFacebook

 

އާސެނަލްގެ ހެޑް ކޯޗް މިކެލް އަރޓެޓާ ވިދާޅުވީ، "ވިކްޓަރ ގިއޯކެރެސް އާސެނަލްއާ ގުޅުނީތީ ވަރަށް އުފާވެއްޖެ. އޭނާގެ ހުނަރާއި، ކުޅުމުގެ ފެންވަރާއި، ގޯލު ޖަހާ މިންވަރު ވަރަށް ފާހަގަކޮށްލެވޭ. އޭނާއަކީ ހަލުވި އަދި ބާރުގަދަ ސްޓްރައިކަރެއް. އަދި ކުލަބު އަދި ގައުމީ ޓީމު ފެންވަރުގައިވެސް ގިނަ ގޯލުތައް ޖަހާފައިވާ ކުޅުންތެރިއެއް."

ގިއޯކެރެސްއަކީ ވޭތުވެދިޔަ ސީޒަންގައި ސްޕޯޓިންގ ސީޕީއަށް ކުޅެ، 54 ގޯލު ޖަހާފައިވާ ކުޅުންތެރިއެކެވެ. ޕޯޗުގީޒް ލީގުގައި އޭނާ ވަނީ 66 މެޗުން 68 ގޯލު ޖަހާފައެވެ. މީގެ ތެރެއިން 39 ގޯލު ޖަހާފައިވަނީ ފާއިތުވި ސީޒަންގައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބާ ދަގަނޑަށް ކިރާލުމަށްފަހު ޔުނައިޓެޑުން 7 ކުޅުންތެރިޔަކު ދޫކޮށްލައިފިކުޅިވަރު | ދުވަހެއް ކުރިންސަޕްރައިޒް ކުޅުންތެރިޔަކީ އަލްވަރޭޒް، 150 މިލިޔަން ޔޫރޯ ރެއާލް މެޑްރިޑުން ބިޑުކޮށްފިކުޅިވަރު | 3 ދުވަސް ކުރިންއޮލީސޭ ނުވިއްކާނެކަމަށް ބުނެ ބަޔާންގެ ރައީސް ރެއާލް އަށް ވަރުގަދަ ރަށްދެއްކުޅިވަރު | 5 ދުވަސް ކުރިންމެސީ ލައިޓް މޮނާކޯއަށް ދާއިމީކޮށް ފޮނުވާލައިފިކުޅިވަރު | 6 ދުވަސް ކުރިން