logo
E-Platinum
ޚަބަރު

ލަންކާގެ ރައީސް ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި

ނުހާ އަޙްމަދު
28 ޖުލައި 2025 - 04:28
ޕޮޓޯ---/ ރައީސް އޮފީސް
ޕޮޓޯ---/ ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ދައުވަތަކަށް، ސްރީލަންކާގެ ރައީސް އަނޫރަ ކުމާރަ ދިސަނަޔަކަ މިއަދު ރާއްޖެ ވަޑައިގަންނަވައިފިއެވެ.

މިއަދު ހެނދުނު 8:25 އެހާކަންހާއިރު، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ރައީސް ޑިސަނާޔަކެއަށް އިސްތިގުބާލުކުރެއްވީ ޑރ. މުއިއްޒުއެވެ. އެ މަނިކުފާނަށް ރަސްމީގޮތުން މަރުހަބާދެންނެވުމުގެ އިޙުތިފާލުތައް މިއަދު މެންދުރުފަހު ކުރިއަށްގެންދެވުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅުގައި، ދެ ގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރެއްވުމާމެދު، ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދަވާނެއެވެ. އަދި އެ މަޝްވަރާތަކާއި، ދަތުރުފުޅުގައި ނިންމެވި ނިންމެވުންތަކުގެ މައްޗަށް ބިނާކުރައްވައި، ރައީސް ޑރ. މުއިއްޒު އާއި ރައީސް ޑިސަނާޔަކެ، ގުޅިފައިވާ ބަޔާނެއް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

8305c099-282d-4d89-91ab-4cbc990a05e9.jfif

ފޮޓޯ---/ ރައީސް އޮފީސް

 

ރައީސް ޑިސަނާޔަކެ ރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވަމުންގެންދަވާއިރު، ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރެވިފައިވަނީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ. އެހެންކަމުން، މި އަހަރަކީ ދެ ގައުމުގެ ސިޔާސީ ގުޅުމަށް 60 އަހަރު ފުރޭ އަހަރެވެ.

66807a42-f0ec-4a07-9541-172cb5507336.jfif

ފޮޓޯ---/ ރައީސް އޮފީސް

 

މި ދަތުރުފުޅަކީ، ރައީސް ދިސަނަޔަކަ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ރައީސްކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މި ދަތުރުފުޅަކީ މިދިޔަ އަަހަރު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ޑިސަނަޔަކެ ބޭރު ގައުމަކަށް ކުރައްވާ ހަ ވަނަ ދަތުރުފުޅެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެންސްޕާ ޕޭޝަންޓުންނަށް ބޭންކުން ދޭ ޑޮލަރުގެ ލިމިޓް މިއަދުން ފެށިގެން ބޮޑުވާނެޚަބަރު | 2 ގަޑިއިރު ކުރިން ފަލަސްތީން- އިސްރާއީލް މައްސަލަ: ދެ ދައުލަތުގެ ޙައްލު ތަންފީޒުކުރުމާ ގުޅޭ ޤަރާރަށް މަރުހަބާޚަބަރު | 15 ގަޑިއިރު ކުރިންރައީސް ޑރ. މުއިއްޒު އަވަހާރަކޮށްލަން ޖެހޭކަމަށް ބުނި މީހެއްގެ މައްސަލައެއް ބަލަންފަށައިފިޚަބަރު | 16 ގަޑިއިރު ކުރިންލަންކާ މީހުންނަށް ރާއްޖެއިން 90 ދުވަހުގެ އޮން އެރައިވަލް ވިސާ ދޭން ފަށައިފިޚަބަރު | ދުވަހެއް ކުރިން