logo
Bank of Maldives

Bank of Maldives

ކުޅިވަރު

އިސާކްގެ ސޮއި ހޯދުމަށް ލިވަޕޫލުން ފިޔަވަޅަކަށްފަހު ފިޔަވަޅެއް ކުރިޔަށް

އަބްދުﷲ ޣާނިމް
28 ޖުލައި 2025 - 10:22
އިސާކްގެ ސޮއި ހޯދުމަށް ލިވަޕޫލުން ފިޔަވަޅަކަށްފަހު ފިޔަވަޅެއް ކުރިޔަށް

ނިއުކާސްލް ޔުނައިޓެޑްގެ ސްޓްރައިކަރު އަލެކްސަންޑަރ އިސާކްގެ ސޮއި ހޯދުމަށް ލިވަޕޫލުން ފިޔަވަޅަކަށްފަހު ފިޔަވަޅެއް ގާތަށް ޖެހިލައިފިއެވެ.

ނިއުކާސްލްގެ އޭޝިއާ ޕްރީ ސީޒަން ދަތުރުގައި އިސާކް ބައިވެރިނުވެ، އިސާކްގެ މުސްތަޤުބަލާމެދު ސުވާލުއުފެދިފައިވާ ދަނޑިވަޅެއްގައި، ނިއުކާސަލް ދޫކޮށް އެހެން ކުަލަބަކަށް ބަދަލުވާން ބޭނުންވާކަން އިސާކް ވަނީ ނިއުކާސަލް އަށް އަންގާފައެވެ. އެގޮތުުން އިސާކް ބޭނުންވަނީ ޕްރީމިއަރ ލީގު ޗެންޕިއަން ލިވަޕޫލަށް ބަދަލުވުމަށްކަމަށް ރިޕޯޓްތަައް ލިބެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެކުރިން ލިވަޕޫލުން އިސާކްގެ ސޮއި ހޯދަން މަސައްކަތްކުރިނަމަވެސް ނިއުކާސަލް އިން ކުޅުންތެރިޔާ ވިއްކަން ބުނާ އަގު 150 މިލިޔަން ޕައުންޑަށް އަރައެވެ. އެހެންކަމުން ލިވަޕޫލުން ވަނީ އޭރު އިސާކްގެ ބަދަލުގައި އެކިޓިކެ ގެ ސޮއި ހޯދާފައެވެ. ނަމަވެސް އެކިޓިކެގެ ސޮއި ހޯދިފަހުން އިސާކް ކުލަބް ދޫކޮށްލަން ބޭނުންވާކަން އެންގުމާއެކު ލިވަޕޫލުން އަނެއްކާވެސް ވަނީ ކުޅުންތެރިޔާގެ ސޮއި ހޯދުމުގެ މަސައްކަތް ފަށާފައެވެ.

އެގޮތުން 120 މިލިއަން ޕައުންޑްގެ އަގެއް ހުށަހަޅައި، އޭނާ ސޮއިކުރުމަށް ލިވަޕޫލް އަދި ނިއުކާސްލް އާ ދެމެދު މި ހަފްތާގައި މުހިންމު ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ޓްރާންސްފަރ ސްޕެޝަލިސްޓް ސަޝާ ޓަވޮލިއެރީ ހާމަކުރި ގޮތުގައި މި ބައްދަލުވުމުގައި ބޯނަސް އާއެކު ބޮޑު އަގެއް ލިވަޕޫލުން ހުށަހަޅާނެއެވެ.

ސްވިޑަނުގެ ސްޓްރައިކަރު އިސާކަކީ މިހާރު ޕްރިމިއަރ ލީގުގެ އެންމެ ފާހަގަކޮށްލެވޭ ސްޓްރައިކަރުންގެ ތެރެއިން އެކެކެވެ. ފާއިތުވި ސީޒަންގައި އޭނާ ވަނީ 23 ގޯލު ޕްރިމިއަރ ލީގުގައި ޖަހާފައެވެ. މިއީ ގޯލްޑަން ބޫޓް ހޯދި ލިވަޕޫލްގެ މުހައްމަދު ސަލާހު (29 ގޯލު) ގެ ފަހަތުން އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއެވެ.

މީގެ އިތުރުން އިސާކް ގަންނަށް ބޭނުންވާ ފަންޑް ހަމަކުރުމަށްޓަކައި ލިވަޕޫލުން ކުޅުންތެރިން ވިއްކާލާނެކަމަށް ބެލެވިފައިވާ މިދަނޑިވަޅުގައި، ލިވަޕޫލުން ވަނީ އެޓީމުގެ އެޓޭކަރ ލުއިޒް ޑިއާޒް 75 މިލިޔަން ޔޫރޯއަށް ބަޔާން މިއުނިކް އަށް ވިއްކާލުމަށް އެއްބަސްވެފައެވެ. އަދި ލިވަޕޫލުން ދަނީ ޑާވިން ނޫނޭޒް ރަނގަޅު އަގެއްގައި އެހެން ޓީމަކަށް ވިއްކާލަން މަސައްކަތް ކުރަމުންނެވެ. ލިވަޕޫލުން ޤަބޫލުކުރަނީ މިދެކުޅުންތެރިން ވިއްކާލައިގެން އިސާކް ގަންނަން ބޭނުންވާ ވަރަށް ފައިސާ ހަމަޖެހޭނެކަމަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕްރީމިއަރ ލީގުގެ އެންމެ އަގުބޮޑު ފޯވާޑް 13 މެޗުފަހުން ލަނޑެއް ޖަހައި ލިވަޕޫލަށް މޮޅެއް ހޯދައިދީފިކުޅިވަރު | 3 ދުވަސް ކުރިންއާނޭ ސްލޮޓް ލިވަޕޫލް ކޮށި ވަޅިއަކުން ވީދައި ހުސްކުރަނީކުޅިވަރު | 6 ދުވަސް ކުރިންޗެންޕިއަން ލިވަޕޫލް ބޮކިޖަހާފައި އަޑިޔަށްކުޅިވަރު | 10 ދުވަސް ކުރިންރެއާލް މެޑްރިޑުން ރޮޑްރީގޯ ވިއްކާލަނީކުޅިވަރު | 22 ދުވަސް ކުރިން