logo
Bank of Maldives

Bank of Maldives

ޚަބަރު

އުމްރާއަށް މީހުން ގެންދިޔުމުގައި އޮޅުވާލި އަސްކޮއި ޓްރެވަލްސްގެ ހުއްދަ ހިފަހައްޓައިފި

ޝަހްޒާ މުހައްމަދު
31 ޖުލައި 2025 - 06:06
އުމްރާއަށް މީހުން ގެންދިޔުމުގައި އޮޅުވާލި އަސްކޮއި ޓްރެވަލްސްގެ ހުއްދަ ހިފަހައްޓައިފި

އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ދޫކޮށްފައިވާ އަސްކޮއި ޓްރެވަލް ސަރވިސް ޕްރައިވެޓް ލިމިޓެޑުން ކަސްޓަމަރުންނަށް އޮޅުވާލައި، އެ ފަރާތްތަކުގެ ޕާސްޕޯޓާއި ލިޔެކިޔުންތައް އަތުލުމަށްފަހު ގުޅުން ކަނޑާލުމުގެ މައްސަލަތަކާއި ގުޅިގެން އެ ކުންފުނީގެ ހުއްދަ ހިފަހައްޓައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، 2025 ޖުލައި 24 ވަނަ ދުވަހު އުމްރާއަށް ފުރުމަށް ހަމަޖެހިފައިވާކަމަށް ބުނެ، ކަސްޓަމަރުންގެ ޕާސްޕޯޓާއި އެހެނިހެން ލިޔެކިޔުންތައް އަތުލުމަށްފަހު، ގަލްފުގެ ސަރަހައްދުގެ ނުރައްކާތެރިކަމުގެ ސަބަބުން ދަތުރު ފަސްކުރިކަމަށް ބުނެ އެގްރޫޕުން، ކަސްޓަމަރުންނަށް އޮޅުވާލާފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މައްސަލައިގައި ކުންފުނީގެ އިސްވެރިންނާ ގުޅުމަށް ކަސްޓަމަރުން ކުރި މަސައްކަތްތައް ނާކާމިޔާބުވެފައިވާ ކަމަށާއި، އިސްލާމިކް މިނިސްޓްރީން ވެސް ކުންފުންޏާ ގުޅުމަށް ކުރި މަސައްކަތްތަކަށް އެއްވެސް ޖަވާބެއް ލިބިފައިނުވާ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ވަނީ ފަސް ފިޔަވަޅެއް އަޅަން ނިންމާފައެވެ. އެގޮތުން، އަސްކޮއި ޓްރެވަލްސްގެ އުމްރާ ހުއްދަ ހިފެހެއްޓުމާއި، ކުންފުނި ޖޫރިމަނާކުރުމާއި، ކުންފުނީގެ ހިއްސާދާރުން ހިމެނޭ އެހެން ކުންފުނިތަކަށް އުމްރާ ހުއްދަ ނުދިނުމަށް ނިންމާފައިވެއެވެ. އަދި ދަތުރަށް ފައިސާ ދެއްކި ފަރާތްތަކަށް ރިފަންޑު ދިނުމަށް އެންގުމާއެކު، މައްސަލަ ތަހުގީގުކުރުމަށް ފުލުހުންނަށް ހުށަހެޅުމަށްވެސް ވަނީ ނިންމާފައެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ މި މައްސަލައިގައި އަޅަންޖެހޭ އިދާރީ އަދި ގާނޫނީ ފިޔަވަޅުތައް ލަސްނުކޮށް އަޅާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދީފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުޅުމާލެ ފޭސް ދޭއްގައި ބިނާކުރި މަސްޖިދުލްއީމާން ހުޅުވުމަށް ތައްޔާރުވެއްޖެޚަބަރު | 2 ދުވަސް ކުރިންމަނަދޫގެ 7 ބައިވެރިން ޒުވާން ޚަޠީބު ތަމްރީން ޕްރޮގުރާމް ފުރިހަމަކޮށްފިޚަބަރު | 9 ދުވަސް ކުރިންރާއްޖޭގައި ބާއްވާ ދެވަނަ ޙައްޖު ޢުމްރާ ކޮންފަރެންސް މާދަމާ ފަށަނީޚަބަރު | 10 ދުވަސް ކުރިންމަނަދޫ އައު މިސްކިތް ރަސްމީކޮށް ހުޅުވައިފިޚަބަރު | 11 ދުވަސް ކުރިން