logo
Bank of Maldives

Bank of Maldives

ޚަބަރު

އާރްޑީސީގެ 2021 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ބޮޑެތި މައްސަލަތަކެއް!

ނުހާ އަޙްމަދު
31 ޖުލައި 2025 - 11:46
ފޮޓޯ: އަދަދު
ފޮޓޯ: އަދަދު

އާރްޑީސީގެ 2021 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ބޮޑެތި މައްސަލަތަކެއް ހުރިކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހާމަކޮށްފިއެވެ.

އާރްޑީސީގެ އޮޑިޓް ރިޕޯޓުން ފާހަގަކޮށްފައިވާކަންތައްތަކުގެ ތެރޭގައި، ކުންފުނީގެ މުހިންމު މާލީ މުއާމަލާތްތަކުގެ ލިޔެކިޔުންތައް ނެތުމާއި، އެކައުންޓިން ސްޓޭންޑަޑްތަކާ ހިލާފު ކަންތައްތަކެއް ހުރިކަން ފާހަގަކޮށްފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އޮޑިޓުން ފާހަގަކުރެވުނު އެންމެ މުހިންމު މައްސަލަތަކުގެ ތެރޭގައި 8.9 މިލިއަން ރުފިޔާގެ ވިޔަފާރީގެ މުއާމަލާތްތަކުގައި ލިޔެކިޔުންތައް ނެތުމާއި، 83.4 މިލިއަން ރުފިޔާގެ މުއާމަލާތުގެ އަގުގެ ތަފްސީލްތައް ނެތުން ހިމެނެއެވެ. މީގެއިތުރުން 117.4 މިލިއަން ރުފިޔާގެ އިދާރީ ހަރަދުތަކުގެ ލިޔެކިޔުންތައްވެސް ފުރިހަމައަށް ނެތްކަން ފާހަގަކޮށްފައިވެއެވެ.

އޮޑިޓުން ދައްކާގޮތުގައި ކުންފުނީގެ މުދަލާއި، އިކުއިޕްމަންޓް، އިންވެންޓްރީ، ލިބެންހުރި ފައިސާ އަދި ދައްކަންޖެހޭ ފައިސާގެ ރެކޯޑުތައް ފުރިހަމައަށް ބަލަހައްޓާފައި ނުވެއެވެ. އަދި މޯލްޑިވްސް ނޭޝަނަލް ޝިޕިންގ ލިމިޓެޑާއެކު ވެފައިވާ ކުލީގެ އެއްބަސްވުންތަކުގެ ލިޔެކިޔުންތައްވެސް ނެތްކަން ފާހަގަކޮށްފައިވެއެވެ.

ގުޅުންހުރި ފަރާތްތަކާއެކު ކުރެވިފައިވާ މުއާމަލާތްތައް އައިއޭއެސް 24 އާ އެއްގޮތަށް ހާމަކޮށްފައި ނުވާކަމާއި، ގާނޫނީ މައްސަލަތަކާއި ފުލުހުންގެ ތަހުގީގުތަކާ ގުޅޭ ލިޔެކިޔުންތައް ފުރިހަމައަށް ނެތްކަންވެސް ވަނީ ފާހަގަކޮށްފައެވެ. އަދި ބޭންކް ރީކޮންސިލިއޭޝަންތައް ފުރިހަމަނުކުރުމުގެ ސަބަބުން ރެކޯޑު ނުކުރެވި ހުރި ދަރަނިތަކެއް ހުރުމުގެ ފުރުސަތު އޮތްކަމަށްވެސް އޮޑިޓުން ދައްކައެވެ.

މެނޭޖްމަންޓުގެ ޒިންމާ އަދާނުކުރުން ފާހަގަކޮށް، އައިއެފްއާރްއެސް އަދި އޮޑިޓިންގ ސްޓޭންޑަޑްތަކުން ލާޒިމްކުރާ ލިޔެކިޔުންތަކާއި ހާމަކުރަންޖެހޭ މައުލޫމާތުތައް ފުރިހަމައަށް ހާމަކޮށްފައި ނުވާކަން އޮޑިޓުން ވަނީ ފާހަގަކޮށްފައެވެ. އަދި ކުންފުނީގެ ހިންގުމުގެ ދާއިރާގައި ތިބި ފަރާތްތަކުންވެސް އެކަށީގެންވާ ބެލެހެއްޓުމެއް ނެތްކަން ވެސް ވަނީ ފާހަގަކޮށްފައެވެ.

ނިމިދިޔަ ސަރުކާރުގެ ފަހު ކޮޅު އާރްޑިސީގެ ކޮރަޕްޝަނުގެ މައްސަލަތަކެއް ފެންމަތިވިއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޑީޕީގެ ފެނަކަ ޚިޔާނާތް: ސިސްޓަމަށް ނާޅާ 12،000 ޕާޗޭސް އޯޑަރު!ޚަބަރު | މަހެއް ކުރިންފެނަކަ ސައީދު ބުނަނީ އޮޑިޓް ރިޕޯޓު ގޯސްކަމަށް، އެކަމަކު ފެންނަނީ އަނދަވަޅެއްގައި އޮތް ކުންފުންޏެއްޚަބަރު | މަހެއް ކުރިންނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ރިވިއުގައި ރާއްޖެއިން ބައިވެރިވެއްޖެޚަބަރު | 2 މަސް ކުރިންއާރްޑީސީގެ 2021 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ބޮޑެތި މައްސަލަތަކެއް!ޚަބަރު | 3 މަސް ކުރިން