logo
Bank of Maldives

Bank of Maldives

ޚަބަރު

ކުރިމިނަލް ކޯޓު ހިންގުން ހުޅުމާލޭ ޖަސްޓިސް ބިލްޑިންއަށް ބަދަލުކޮށްފި

އާމިނަތު ޝަފާ
31 ޖުލައި 2025 - 13:01
ކުރިމިނަލް ކޯޓު ހިންގުން ހުޅުމާލޭ ޖަސްޓިސް ބިލްޑިންއަށް ބަދަލުކޮށްފި

ކުރިމިނަލް ކޯޓު ހިންގުން ހުޅުމާލޭ ޖަސްޓިސް ބިލްޑިންއަށް ބަދަލުކޮށްފިއެވެ.

އެ ކޯޓުން ބުނީ މި މަހު 27 ވަނަ ދުވަހުން ފެށިގެން ކުރިމިނަލް ކޯޓުގެ ހުރިހާ މަސައްކަތެއް ކުރިއަށް ގެންދާނީ ހުޅުމާލޭ ފޭސް 1 ގައި ހުންނަ ޖަސްޓިސް ބިލްޑިން އެނެކްސް އިމާރާތުގައިކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދިވެހިރާއްޖޭގެ ކޯޓުތަކަށް ދިމާވެފައި އޮތް ޖާގައިގެ ދަތިކަމަށް ޙައްލު ހޯއްދަވައިދެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން، ޖަސްޓިސް ބިލްޑިންގ އެނެކްސްގައި ޤާއިމުކުރި ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހުޅުއްވައިދެއްވީ މި މަހުގެ 27 ވަނަ ދުވަހުއެވެ.

ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، މައްސަލައިގެ އަޑުއެހުންތައް ލަސްވެ، ޙުކުމަކާ ހަމައަށް ވާޞިލުނުވެ ދިގުލައިގެން ދިއުންކަމުގައި ވީ ހިނދު، ހުޅުމާލޭގައި ތަރައްޤީކުރި ޖަސްޓިސް ބިލްޑިންގ އެނެކްސްއަކީ ހުޅުމާލޭގައި ތަރައްޤީކުރަން ހަމަޖެހިފައިވާ ސުޕީރިއަރ ކޯޓު ކޮމްޕްލެކްސް އިމާރާތްކުރެވެންދެން ކޯޓުތަކުގެ ޖާގައިގެ ދަތިކަމަށް، މިވަގުތަށް ޙައްލު ހޯދައިދިނުމަށް ތައްޔާރުކުރެވުނު އިމާރާތެކެވެ. މި 2 ކޯޓު މީގެ ކުރިން ހިންގަމުން އައިސްފައިވަނީ މާލޭގައެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ ތާރީޚުގައި އެންމެ ދިގު ޖަލު ހުކުމް މަންޑޭގެ މައްޗަށް، 397 އަހަރު!ޚަބަރު | 2 ގަޑިއިރު ކުރިންއުދައްޔު މަރާލި މައްސަލާގައި ދެ މީހެއްގެ މައްޗަށް ކުށް ސާބިތުވެއްޖެޚަބަރު | 4 މަސް ކުރިންކުރިމިނަލް ކޯޓު ހިންގުން ހުޅުމާލޭ ޖަސްޓިސް ބިލްޑިންއަށް ބަދަލުކޮށްފިޚަބަރު | 5 މަސް ކުރިން