logo
Bank of Maldives

Bank of Maldives

ޚަބަރު

އުދައްޔު މަރާލި މައްސަލާގައި ދެ މީހެއްގެ މައްޗަށް ކުށް ސާބިތުވެއްޖެ

މުހައްމަދު މޫސާމުހައްމަދު މޫސާ
26 އޯގަސްޓު 2025 - 03:28
ކްރިމިނަލް ކޯޓު
ކްރިމިނަލް ކޯޓު

ގއ. މާމެންދޫގައި މީގެ ފަސް އަހަރު ކުރިން މަރާލި އަހުމަދު އުދައްޔުގެ މަރުގެ މައްސަލާގައި ދެ މީހެއްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން އިއްޔެ ކަނޑައަޅައިފިއެވެ.

2021 ވަނަ އަހަރުގެ ފެބްރުއަރީ މަހު މާމެންދޫގައި ހިންގި މާރާމާރީއެއްގައި އުދައްޔު މަރާލި މައްސަލާގައި ދައުލަތުން ދަޢުވާކުރީ އެރަށު ރިހިފަރުދާގޭ އަހުމަދު ޝަމީމާއި، ގުލްފާމުގޭ މުހައްމަދު މާޒިންގެ އިތުރުން ބިލަތްމާގޭ ޝަރަފް ރަޝީދުގެ މައްޗަށެވެ. މި މައްސަލާގައި ކުށް ސާބިތުވެފައިވަނީ ޝަމީމާއި މާޒިންގެ މައްޗަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޯޓުން މައްސަލަ ނިންމެވުމުގައި ގާޒީ ފާހަގަކުރެއްވި ގޮތުގައި، އުދައްޔުއަށް މަރުވާން ދިމާވި ހަމަލާ ދީފައިވަނީ އަހުމަދު މާއިޝް ޒަކީ ކިޔާ މީހަކު ނަމަވެސް، އޭނާއަށް އެހީތެރިވުމުގައި މާޒިން އާއި ޝަމީމް ހަރަކާތްތެރިވެފައިވާ ކަމަށް ކަނޑައަޅުއްވާފައިވެއެވެ. އަދި މި ދެ މީހުން އަމަލީގޮތުން މި މަރުގައި ބައިވެރިވެފައިވާކަން ސާބިތުވާ ކަމަށް ކޯޓުން ނިންމާފައިވެއެވެ.

އެހެންނަމަވެސް، ޝަރަފް ރަޝީދުގެ މައްޗަށް އުދައްޔު މަރާލުމުގެ ދަޢުވާ ސާބިތުނުވި ނަމަވެސް، އެރޭ އެހެން މީހަކާ މެދު މާރާމާރީ ހިންގުމުގެ ދަޢުވާ އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

މި މައްސަލައިގައި ދެން އޮތީ ވާރިސުންގެ ހެކިބަސް ނެގުމާއި، އަދަބާ ގުޅޭގޮތުން ވާހަކަދެއްކުމަށްފަހު ހުކުމް އިއްވުމެވެ. މިކަމަށްޓަކައި އަންނަ މަހު އަޑުއެހުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މައްސަލައިގައި ކުރިން 17 އަހަރުގެ ކުއްޖެއްގެ މައްޗަށް ޖުވެނައިލް ކޯޓުގައި ދަޢުވާ އުފުލި މައްސަލަ ނިމި، އެ ކުއްޖާގެ މައްޗަށް 25 އަހަރުގެ ޖަލު ހުކުމެއް ވަނީ ކޮށްފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ ތާރީޚުގައި އެންމެ ދިގު ޖަލު ހުކުމް މަންޑޭގެ މައްޗަށް، 397 އަހަރު!ޚަބަރު | 2 ގަޑިއިރު ކުރިންއުދައްޔު މަރާލި މައްސަލާގައި ދެ މީހެއްގެ މައްޗަށް ކުށް ސާބިތުވެއްޖެޚަބަރު | 4 މަސް ކުރިންކުރިމިނަލް ކޯޓު ހިންގުން ހުޅުމާލޭ ޖަސްޓިސް ބިލްޑިންއަށް ބަދަލުކޮށްފިޚަބަރު | 5 މަސް ކުރިން