logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޖުއާއޯ ޕަލީނިއާ އެނބުރި ޕްރީމިއަރ ލީގަށް

އަބްދުﷲ ޣާނިމް
1 އޯގަސްޓު 2025 - 03:32
ޖުއާއޯ ޕަލީނިއާ އެނބުރި ޕްރީމިއަރ ލީގަށް

ބަޔާން މިއުނިކްގެ ޕޯޗުގީޒް މިޑްފީލްޑަރު ޖުއާއޯ ޕަލީނިޔާ އެއްއަހަރުފަހުން އެނބުރި ޕްރީމިއަރ ލީގަށް އައުމަށް އެއްބަސްވުމަކަށް އަތުވެއްޖެއެވެ. އެގޮތުން ޓޮޓްނަމް އާއި ބަޔާން މިއުނިކާދެމެދު ލޯނު އެއްބަސްވުމެއްގެ ދަށުން ސޮއިކުރުމަށް ޕަލީނިޔާ ވަނީ އެއްބަސްވެފައެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގު 2025/26 ސީޒަނަށް ތައްޔާރުވަމުންދާ ޓޮޓްނަމް އިން މި އެއްބަސްވުމުގައި އެއް އަހަރުދުވަހުގެ ލޯނު ނިމުމާއެކު 30 މިލިއަން ޔޫރޯގެ ގަތުމުގެ އޮޕްޝަނެއް ހިމަނާފައިވެއެވެ. ނަމަވެސް މިއީ މަޖުބޫރު އޮޕްޝަނެއް ނޫނެވެ. އަދި ކުރިއަށް އޮތް ސީޒަނުގައި ޕަލީނިޔާގެ ޕަފޯމަންސްއަށް ބެލުމަށްފަހު މި އޮޕްޝަން ބޭނުންކުރުމުގެ ފުރުސަތު ޓޮޓްނަމްއަށް ލިބިގެންދާނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

30 އަހަރުގެ ޕަލީނިޔާ އަކީ ޕޯޗުގަލްގެ ޤައުމީ ޓީމުގައި މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ. ނަމަވެސް މިދިޔަ އަހަރު ބަޔާން އަށް ބަދަލުވުމަށްފަހު އަނިޔާގެ މައްސަލަތަކާހުރެ، ޕަލީނިޔާ އަށް ވަނީ އެންމެ އެދެވޭ ޕާފޯމޭންސް އެއް ނުދެއްކިފައެވެ. ނަތީޖާއެއެއްގެ ގޮތުން މިދިޔަ ޖޫންމަހުގައި ޕޯޗުގަލް ނޭޝަންސް ލީގު ކާމިޔާބުކުރި ސްކޮޑުންވެސް ޕަލީނިޔާއަށް ޖާގަ ލިބޭގޮތެއްނުވިއެވެ.

އެހެންކަމުން ކުރިޔަށް އޮތް ސީޒަނުގައި ޕަލީނިޔާގެ އެންމެ ބޮޑު އަމާޒަކަށް ވެގެންދާނީ 2026 ވަނަ އަހަރުގެ ޕްޯޗުގަލް ސްކޮޑުން ޖާގަ ހޯދުމާއެކު ޓޮޓްނަމްގައި އޭނާގެ ކުރީގެ ފޯމަށް އާދެވޭތޯ މަސައްކަތްކުރުމެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބާ ދަގަނޑަށް ކިރާލުމަށްފަހު ޔުނައިޓެޑުން 7 ކުޅުންތެރިޔަކު ދޫކޮށްލައިފިކުޅިވަރު | ދުވަހެއް ކުރިންސަޕްރައިޒް ކުޅުންތެރިޔަކީ އަލްވަރޭޒް، 150 މިލިޔަން ޔޫރޯ ރެއާލް މެޑްރިޑުން ބިޑުކޮށްފިކުޅިވަރު | 3 ދުވަސް ކުރިންއޮލީސޭ ނުވިއްކާނެކަމަށް ބުނެ ބަޔާންގެ ރައީސް ރެއާލް އަށް ވަރުގަދަ ރަށްދެއްކުޅިވަރު | 5 ދުވަސް ކުރިންމެސީ ލައިޓް މޮނާކޯއަށް ދާއިމީކޮށް ފޮނުވާލައިފިކުޅިވަރު | 6 ދުވަސް ކުރިން