logo
MPL

MPL

ކުޅިވަރު

ޔުވެންޓަސް އާއި ޑޯޓްމަންޑް މެޗު ހަމަހަމަވެ، ޓޮޓްނަމް ފުރަތަމަ މޮޅުވުން ހޯދައިފި

އަބްދުﷲ ޣާނިމް
17 ސެޕްޓެމްބަރު 2025 - 05:54
ޔުވެންޓަސް އާއި ޑޯޓްމަންޑް މެޗު ހަމަހަމަވެ، ޓޮޓްނަމް ފުރަތަމަ މޮޅުވުން ހޯދައިފި

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުގައި ޔުވެންޓަސް އާއި ބޮރޫޝިޔާ ޑޯޓްމަންޑް ވަނީ 4-4 އިން އެއްވަރުވެފައެވެ. އަދި ޓޮޓްނަމް ހޮޓްސްޕަރ ވަނީ ވިޔަރެއާލް އާ ދެކޮޅަށް ކުޅުނު މެޗުން 1-0 އިން މޮޅުވެފައެވެ.

ޔުވެންޓަސް އާއި ޑޯޓްމަންޑް މެޗުގައި 8 ލަނޑު

Ad by Hajj Corporation

Ad by Hajj Corporation

ޔުވެންޓަސްގެ އެލިއަންޒް ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމުނީ ލަނޑެއް ނުޖެހި ކަމުގައި ވީނަމަވެސް، ދެވަނަ ހާފުގައި ދެ ޓީމުން ޖުމްލަ 8 ލަނޑު ވަނީ ޖަހާފައެވެ. މެޗުގެ ފުރަތަމަ ލަނޑު ޑޯޓްމަންޑްގެ ކަރީމް އަޑެޔޭމީ ޖެހި އިރު، ޔުވެންޓަސްގެ ފަރާތުން ކެނާން ޔިލްޑިޒް، ޑުސާން ލަހޮވިޗް އަދި ލޮއިޑް ކެލީ ވަނީ ލަނޑު ޖަހާފައެވެ.

މި މެޗުގެ ދެވަނަ ހާފުގައި ޖެހުނު 8 ލަނޑަކީ ޗެމްޕިއަންސް ލީގުގެ ތާރީޚުގައި ދެވަނަ ހާފެއްގައި އެންމެ ގިނަ ލަނޑު ޖެހުނު ދެވަނަ މެޗެވެ. މީގެ ކުރިން މިފަދަ ރެކޯޑެއް ހެދިފައިވަނީ މިދިޔަ ސީޒަނުގައި ބަޔަން މިއުނިކް އާއި ޑައިނަމޯ ޒަގްރެބް އާ ދެމެދު ކުޅުނު މެޗުގައެވެ.

ޓޮޓްނަމްގެ އައު ކޯޗަށް ފުރަތަމަ މޮޅުވުން

ޓޮޓްނަމް ހޮޓްސްޕަރގެ އައު ކޯޗު ތޯމަސް ފްރެންކްގެ އިރުޝާދުގެ ދަށުން ޗެމްޕިއަންސް ލީގުގައި ކުޅުނު ފުރަތަމަ މެޗުން އެ ޓީމަށް ވަނީ މޮޅުވުން ހޯދިފައެވެ. މެޗުގެ ހަތަރުވަނަ މިނެޓުގައި ވިޔަރެއާލްގެ ގޯލްކީޕަރު ލުއިޒް ޖޫނިއަރގެ އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑަކުން ޓޮޓްނަމް މޮޅުވީ 1-0 އިންނެވެ.

Screenshot 2025-09-17 105846.png

 

ދެވަނަ ހާފުގައި ވިޔަރެއާލްގެ ފަރާތުން ގިނަ ހަމަލާތަކެއް ދިން ނަމަވެސް، ޓޮޓްނަމްގެ ދިފާއީ ބުރަކެތީގެ ސަބަބުން އެ ހަމަލާތައް ވަނީ ކާމިޔާބު ނުވެފައެވެ. މި މޮޅުވުމާއެކު ޓޮޓްނަމް ވަނީ މި ސީޒަނުގެ ޗެމްޕިއަންސް ލީގު ފަށާފައިވަނީ ފޮނި ނަތީޖާއަކާ އެކުގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މެންޗެސްޓަރ ސީޓީގެ ސަވީނިއޯ އާއި މަރުމޫޝް ޓޮޓްަނަމް އަށްކުޅިވަރު | 6 ގަޑިއިރު ކުރިން300 މިލިޔަން ޑޮލަރު ހޭދަކޮށްވެސް ޗޮކުން، ޓޮޓްނަމް ފުރަތަމަ މެޗުވެސް ބްރެންޓްފޯޑް އަތުން ބޮޑު ބައްޔެއްކުޅިވަރު | 2 ދުވަސް ކުރިންކަރީމް އަޑެޔެމީ ހޯދުމަށް ބާސެލޯނާއިން ރަސްމީ ބިޑެއް ހުށަހަޅައިފިކުޅިވަރު | 2 މަސް ކުރިންވެސްޓްހޭމަ ބަލިވެ ޓޮޓްނަމްއަށް ރެލިގޭޝަން ސަލާމަތްވުމާއި ގާތަށްކުޅިވަރު | 3 މަސް ކުރިން