logo
Bank of Maldives

Bank of Maldives

ކުޅިވަރު

އިސާކް އަށް 140 މިލިޔަން ޕައުންޑް ހުށަހެޅުމަށް ލިވަޕޫލުން ތައްޔާރު

އަބްދުﷲ ޣާނިމް
1 އޯގަސްޓު 2025 - 04:21
އިސާކް އަށް 140 މިލިޔަން ޕައުންޑް ހުށަހެޅުމަށް ލިވަޕޫލުން ތައްޔާރު

ނިއުކާސްލް ޔުނައިޓެޑްގެ ސްޓްރައިކަރު އަލެކްސަންޑަރ އިސާކް ސޮއިކުރުމަށް 140 މިލިއަން ޕައުންޑް ހުށަހަޅަން ލިވަޕޫލް ތައްޔާރަށް ހުރިކަމަށް ރިޕޯޓުތަކުން ހާމަވެއްޖެއެވެ.

ނިއުކާސްލްއިން މި ޑީލްއަށް ރުހޭނަމަ، ފުރަތަމަ ޕޭމަންޓެއްގެ ގޮތުގައި 60 މިލިއަން ޕައުންޑް ދައްކާގޮތަށް ހަމަޖެހިފައިވާއިރު، ކުޅުންތެރިޔާ އާއި ޓީމުގެ ކާމިޔާބީތަކަށް ބިނާކޮށް އިތުރު ފައިސާވެސް ދައްކާގޮތަށް އެޑް-އޮންސްތަކެއް ހުށަހަޅާފައިވެއެވެ. މި ޑީލްގެ ޖުމްލަ އަގު 140 މިލިއަން ޕައުންޑަށް އަރާނެކަމަށް ލަފާކުރެވެއެވެ. މީގެ ތެރެއިން 120 މިލިއަން ޕައުންޑަކީ ގެރެންޓީ ކުރެވިފައިވާ އަދަދެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިސާކް ނިއުކާސްލްގެ ހުއްދައަކާ ނުލައި ސްޕެއިންގައި އަމިއްލައަށް ތަމްރީނު ކުރަމުންދާތީ، އޭނާ ގަތުމަށް ކުރެވޭ މަޝްވަރާތަކުގައި ލިވަޕޫލްގެ ހާލަތު ވަރުގަދަވެގެން ދާނެއެވެ. މީގެ އިތުރުން ލުއިސް ޑިއާޒް ބެޔަން މިއުނިކަށް 65 މިލިއަން ޕައުންޑަށް ވިއްކާލުމަށްފަހު ލިވަޕޫލްގެ މާލީ ހާލަތުވެސް ވަރަށް ރަނގަޅެވެ.

Isaac ge soi hoadhumah Liverpool in fiyavalhakahfahu fiyavalheh kuriyah | Mendhuru TvTikTokYouTubeInstagramXFacebook

Isaac ge soi hoadhumah Liverpool in fiyavalhakahfahu fiyavalheh kuriyah | Mendhuru TvTikTokYouTubeInstagramXFacebook

 

ސްވީޑިޝް ސްޓްރައިކަރު އިސާކްއަކީ މި ސީޒަންގައި ޕްރިމިއަރ ލީގުގައި އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ތެރެއިން އެކެކެވެ. ފާއިތުވި ސީޒަންގައި އޭނާ ވަނީ 23 ގޯލު ޕްރިމިއަރ ލީގުގައި ޖަހާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކަރީމް އަޑެޔެމީ ހޯދުމަށް ބާސެލޯނާއިން ރަސްމީ ބިޑެއް ހުށަހަޅައިފިކުޅިވަރު | 8 ދުވަސް ކުރިންޗެލްސީގެ އަންދްރޭ ސަންޓޯސް މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވުމަށް އެއްބަސްވުމަކަށް އަތުވެއްޖެކުޅިވަރު | 8 ދުވަސް ކުރިންބްރޫނޯ ގިމަރޭސް އާސެނަލްއަށް ބަދަލުވާން ބޭނުންވާކަން ނިއުކާސަލްއަށް އަންގައިފިކުޅިވަރު | 8 ދުވަސް ކުރިންލިވަޕޫލަށް ދޯކާދިނުމަށްފަހު ޔާން ދިއޮމާންޑޭ ޕީއެސްޖީއަށް ގުޅެން ނިންމައިފިކުޅިވަރު | 19 ދުވަސް ކުރިން