logo
Bank of Maldives

Bank of Maldives

ކުޅިވަރު

17 އަހަރަށްފަހު ޓޮޓްނަމް އަށް ތަށްޓެއް ހޯދައިދިން ކެޕްޓަން ކުލަބު ދޫކޮށްލަން ނިންމައިފި

އަބްދުﷲ ޣާނިމް
2 އޯގަސްޓު 2025 - 05:43
ޓޮޓްނަމްގެ ކެޕްޓަން ސަން
ޓޮޓްނަމްގެ ކެޕްޓަން ސަން

ޓޮޓެންހަމް ހޮޓްސްޕަރގެ ކެޕްޓަން ސަން ހޫންގް-މިން ކުލަބު ދޫކޮށްލާނެ ކަމަށް އިއުލާނުކޮށްފިއެވެ. 2015 ވަނަ އަހަރު ބަޔަރ ލެވަކޫސަންއިން ޓޮޓެންހަމާ ގުޅުނު ސަން ވަނީ ކުލަބަށް 454 މެޗު ކުޅެ 173 ލަނޑު ޖަހާފައެވެ.

މިދިޔަ މޭ މަހު ޔޫރަޕާ ލީގު ފައިނަލްގައި މެންޗެސްޓަރ ޔުނައިޓެޑް ބަލިކޮށް 17 އަހަރުގެ ފަހުން ޓޮޓެންހަމަށް ފުރަތަމަ މަގާމު ހޯދައިދިނުމުގައި ސަން ވަނީ ކެޕްޓަންގެ ހައިސިއްޔަތުން އިސް ދައުރެއް އަދާކޮށްފައެވެ. 2026 ވަނަ އަހަރާ ހަމައަށް ކޮންޓްރެކްޓް އޮތް، 33 އަހަރުގެ ސަން އެމެރިކާގެ މޭޖަރ ލީގް ސޮކަރގެ ލޮސް އެންޖެލެސް އެފްސީއާ ގުޅޭނެ ކަމަށް ބެލެވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

"މިއީ އަހަރެންގެ ކެރިއަރގައި އެންމެ އުނދަގޫ ނިންމުން،" އައު މެނޭޖަރ ތޯމަސް ފްރޭންކާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަން ބުންޏެވެ. "އިނގިރޭސި ބަހުން ވާހަކަ ވެސް ނުދެއްކޭ ކުޑަކުއްޖެއްގެ ގޮތުގައި އުތުރު ލަންޑަނަށް އައި އަހަރެން، މިހާރު މި ދަނީ ބޮޑު މީހެއްގެ ގޮތުގައި. މިއީ ވަރަށް ފަޚުރުވެރި ވަގުތެއް."

ޕްރީ ސީޒަން ތައްޔާރީތަކުގެ ތެރެއިން ޓޮޓެންހަމް މިހާރު ވަނީ ސޯލްގައެވެ. އާދިއްތަ ދުވަހު ނިއުކާސްލްއާ ކުޅޭ މެޗުގައި ސަން ކެޕްޓަންކަން ކުރާނެއެވެ. އޭނާގެ އަމިއްލަ ގައުމުގައި އެންމެ ފަހު މެޗު ކުޅުމުގެ ފުރުސަތު ލިބިދާނެއެވެ.

ޖޫން މަހު އޭންޖް ޕޮސްޓެކޯގްލޫގެ ބަދަލުގައި ޓޮޓެންހަމްގެ ހެޑް ކޯޗްގެ މަގާމާ ހަވާލުވި ތޯމަސް ފްރޭންކް ވަނީ ސަންއަކީ "ޓޮޓެންހަމްގެ ތާރީޚުގައި ފާހަގަކޮށްލެވޭ ކުޅުންތެރިއެއް" އަދި "ޕްރިމިއަރ ލީގުގައި ކުޅުނު އެންމެ މޮޅު ކުޅުންތެރިންގެ ތެރެއިން އެކެއް" ކަމަށް ބުނެފައެވެ. "ސޮނީގެ އެންމެ ފަހު މެޗު މިތާ އޭނާގެ ގައުމުގެ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅެން ލިބުނީ ވަރަށް ރީތި ނިމުމެއް ލިބޭނެ" ކަމަށް ފްރޭންކް ބުންޏެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އާސެނަލް އަދި ޓޮޓްނަމް ޕްރީމިއަރ ލީގުގެ ތާވަލުގެ އެންމެ ކުރިޔަށްކުޅިވަރު | 3 ދުވަސް ކުރިންޔުނައިޓެޑްގެ ކީޕަރ އޮނާނާ ތުރުކިޔޭއަށް، ސަޕޯޓަރުން އުފާ ފާޅުކުރަނީކުޅިވަރު | 9 ދުވަސް ކުރިންބޮޑާހޭކުން ކާމިޔާބު، ޖެކްސަން ބަޔާން އަށް ސޮއިކޮށްފިކުޅިވަރު | 15 ދުވަސް ކުރިންގާޑިއޯލާގެ އަނދަވަޅުން ސަލާމަތްވުމަށް ދެ ކީޕަރުން، މިފަހަރު ޑޮނަރުމާކުޅިވަރު | 16 ދުވަސް ކުރިން