ވާދަވެރި ސިޔާސީ ޕާޓީތަކުގެ ހަރަކާތް ހިންގުމަށް ރައީސް މުއިއްޒު ފުރުސަތުތައް ފަހިކޮށް ދެއްވާ: ޝުޖާއު
1 އޯގަސްޓު 2025 - 15:18

ވާދަވެރި ސިޔާސީ ޕާޓީތަކުގެ ހަރަކާތް ހިންގުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ގެންދަވަނީ ތައްމިނަށް ފުރުސަތުތައް ފަހިކޮށް ދެއްވަމުން ކަމަށް ރައްޔިތުން މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ރައީސް ޑރ. މުއިއްޒު ގެންދަވަނީ ވާދަވެރި ސިޔާސީ ޕާޓީގެ ހަރަކާތް ހިންގުމަށް ތައްމިނަށް ފުރުސަތު ފަހިކޮށްދެއްވަމުން ކަމަށާއި ބުނި ތާކުން، ބުނި ވަގުތަކު އެ ފުރުސަތު ފަހިކޮށްދީފައިވާނެ ކަމަށް ވެސް ޝުޖާއު ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation
އެމްޑީޕީގެ މިއަދުގެ ހިނގާލުމަށް ރައްޔިތުންގެ ތަރުހީބު ނެތުމަކީ މި ސަރުކާރުގެ މައްސަލައެއް ނޫންކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި މިހާެުރު އެމްޑީޕީއަށް ރައްޔިތުންގެ ތާއީދު އޮތީ ދެބައިކުޅަ އެއްބަޔަކަމަށް މެމްބަރު ޝުޖާއު ވިދާޅުވިއެވެ.
ރައްޔިތުންގެ ތާއީދު އެމްޑީޕީއަށް ނެތެމުންދަނީ ވެރިކަން ލިބޭ ކޮންމެ ފަހަރަކު ގައުމަށް ގައްދާރުވެ ރައްޔިތުންގެ ބައިތުލްމާލުގައި އެއްކޮށްފައިވާ ފައިސާކޮޅަށް އަތްބާނާ، އެފައިސާކޮޅު ގާތް މީހުންނަށް ބަހާހުސްކުރާތީ ކަމަށް ޝުޖާއު ވިދާޅުވިއެވެ. އެމްޑީޕީގެ ވެރިކަން ނިންމޭ ކޮންމެ ފަހަރަކު ގައުމު ހަމަޔަކަށް އަޅުވަން ބުރަ މަސައްކަތް ކުރަން ޖެހޭކަން ވެސް ޝުޖާއު ވަނީ ފާހަގަ ކުރައްވާފައެވެ.
އެމްޑީޕީއިން މިއަދު ވަނީ އެ ޕާޓީއަށް 20 އަހަރު ފާހަގަކުރުމަށް ހުޅުމާލެ ސެންޓަރަލް ޕާކްގައި ދުވުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ.