logo
Bank of Maldives

Bank of Maldives

ޚަބަރު

ދެ އިންތިހާބު އެއްދުވަހެއްގައި ބާއްވަން ޕީއެންސީ އިން ތާއީދު: ފަލާހް

މުޙައްމަދު އަފްރާޙް
1 މާރިޗު 2026 - 07:46
ދެ އިންތިހާބު އެއްދުވަހެއްގައި ބާއްވަން ޕީއެންސީ އިން ތާއީދު: ފަލާހް

ދެ އިންތިހާބު އެއްދުވަހެއްގައި ބާއްވަން ޕީއެންސީ އިން ތާއީދު ކަމަށް އެޕާޓީން ބުނެފިއެވެ.

އެ ޕާޓީން މިހެން ބުނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހްއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފަލާހު ވިދާޅުވީ މިއީ ސިޔާސީ ހުރިހާ ޕާޓީތަކާއި ރައްޔިތުންގެ މެދުގައި ވެސް އިއްތިފާގުވެފައިވާ މައްސަލައެއް ކަމަށެވެ. އަދި ގާނޫނު އަސާސީ އަށް މި އިސްލާހު، ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހެޅުއްވީ ވަރަށް މާތް މަގުސަދެއްގައި ކަމަށެވެ.

ރައީސްގެ މަދުސަދަކީ ގައުމު ތަރައްގީކުރުމާ، ލާމަރުކަޒީ ނިޒާމު ތަރައްގީ ކުރުން ކަމަަށް ވެސް ފަލާހު ވިދާޅުވިއެވެ. އަދި މިއީ ރާއްޖޭގައި ހިންގޭ ވަރުގަދަ ކެމްޕޭނެއްގެ ގޮތުގައި ކުރިއަށްދާނެ ކަމަށް ޚުދު ފަލާހު ވެސް ގަބޫލު ނުކުރައްވާ ކަމުގައި ވިދާޅުވިއެވެ.

ފަލާހު ވިދާޅުވީ ލޯކަލް ކައުންސިލުތަކުގެ އިންތިހާބަށް ވުރެ ދެ އިންތިހާބު އެއްކޮަށްލުމުގެ ކެމްޕޭން މާބޮޑަށް ވެސް ވަރުގަދަވެ، ފޯރި ގަދަވެއްޖެ ކަމަށެވެ. އަދި މިއީ ރާއްޖޭގެ ވަަރަށްގިނަ ރައްޔިތުން ތާއީދުކުރާ ކަމެއްކަން ފާހަގަކޮށް ފަލާހު ވިދާޅުވީ ޕީއެންސީގެ ސްޓޭންޑަކީ ރެފްރެންޓަމް އިންތިހާބުގައި 'އާއެކޭ' ކަމަށެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލަދުހަޔާތް ނެތިއްޖެނަމަ ކޮންމެފަދަ ވާހަކައެއްވެސް ދައްކަފާނެ: ފަލާހްގެ ވަރުގަދަ ރައްދެއް ޔާމީނަށްޚަބަރު | ގަޑިއިރެއް ކުރިންޕީއެންސީގެ ހުރިހާ މަޖިލިސް މެމްބަރުން ތިއްބެވީ ރައީސް މުއިއްޒާއެކު ގަދަކޮށް: ފަލާހްޚަބަރު | 5 ދުވަސް ކުރިންއެމްޑީޕީއާ ގުޅިގެން ސަރުކާރު ވައްޓާލަން ޔާމީނު ކުރާ މަސައްކަތުން ހާމަވަނީ އަމަލާއި ބަހާއި ދިމާނުވާކަން: ފަލާހްޚަބަރު | 14 ދުވަސް ކުރިންރައީސުލްޖުމްހޫރިއްޔާ މެދުކެނޑުމެއް ނެތި މަސައްކަތްޕުޅު ކުރައްވަނީ ޑޮލަރުގެ އަގު ދަށްކުރުމަށް، ގާނޫނަށް އަދިވެސް އިސްލާހު ބޭނުންވޭ: ފަލާހްޚަބަރު | 23 ދުވަސް ކުރިން