logo
Bank of Maldives

Bank of Maldives

ޚަބަރު

ޓިކްޓޮކް ތަރި ސަމާއަށް އަނިޔާކުރުމަށްފަހު ފިރިމީހާ ފިލައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
3 އޯގަސްޓު 2025 - 01:31
ސަމާ، ފޮޓޯ: ސަމާގެ އިންސްޓަގްރާމް
ސަމާ، ފޮޓޯ: ސަމާގެ އިންސްޓަގްރާމް

ރާއްޖޭގައި ޓިކްޓޮކްގައި މަޝްހޫރުކަން ހޯދާފައިވާ މަރިޔަމް ސަމާ ޝަރީފަށް އަނިކުރުމަށްފަހު އޭނާގެ ފިރިމީހާ ފިލައިފިއެވެ.

ސަމާ ވަނީ ރޮމުން ޓިކްޓޮކް ލައިވްއެއްގައި މިވާހަކަ ކިޔައިދީފައެވެ. ސަމާގެ މިވާހަކަތައް މިހާރު ސޯޝަލްމީޑިއާގައި ވައިރަލްވެފައިވާއިރު، ސަމާ ރޮމުން ކިޔައިދޭ ގޮތުގައި އޭނާ އަށް ފިރިމީހާ އަނިޔާކޮށްފައި ވަނީ ދެ ކުދިންގެ ކުރިމަތީގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަނިޔާކުރުމަށްފަހު ފިރިމީހާ ފިލާފައިވާ ކަމަށާއި، ''ހުރިހާ ކޮންޓެކްސްއެއް ހުންނާނީ އޭނާ ހަލާކުކޮށްލި ފޯނުގައި'' ކަމަށް ސަމާ ވަނީ ބުނެފައެވެ.

ސަމާ ބުނިގޮތުގައި އޭނާ ފާޚާނާ އަށް ދާން އުޅުމުން ފިރިމީހާ ހުއްޓުވުމުން އިއަން (ދަރިއަކު) ''ލެޓް ހެރ ގޯ'' އޭ ބުނުމުން ވަނީ ސަމާ އަށް ހުރަސްއަޅައި އަނިޔާކުރަން ފަށާފައެވެ.

އެ ލައިވްގައި ވާހަކަދެއްކި މީހަކު ބުނީ އޭނާ އަށް ''ސަމާ ދަމާ ކޫއްތާފައި ގެންދާ އަޑު'' އިވުނުކަމަށާއި އެވަގުތު ބަޖާ (ސަމާގެ ފިރިމީހާ) ހުރީ ފުދޭވަރަކަށް މަސްތުވެފައިކަމަށް ހީވާ ކަމަށެވެ.

 

 

ސަމާގެ ފިރިމީހާ އަކީ މުހައްމަދު ހަސަން (ބަޖާ) އެވެ. ދާދިފަހުން ސަމާ ވަނީ ދިރިއުޅުން އަވަށްޓެރި ސްރީލަންކާއަށް ބަދަލުކޮށްފައެވެ. ފިރިމީހާ ސަމާ އަށް އަނިޔާކުރީ ލަންކާގައި ދިރިއުޅޭ ގޭގައި ކަމަށްވެއެވެ.

ސަމާ އަކީ ޓިކްޓޮކްގައި ރާއްޖޭގައި ވަރަށް ބޮޑު މަޝްހޫރުކަމެއް ހޯދާފައިވާ މީހެކެވެ. އަދި އޭނާ ވަނީ ބޮޑެތި ބަލިތަކުގެ މީހުންނަށް ބޭސްފަރުވާ ކުރުމަށް ޓިކްޓޮކް ލައިވްތަކުން ފައިސާގެ އެހީތައް ވެސް ހޯދައިދީފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިވެހި ފިލްމު "ލިލީ" ވީޑިއޯކްލަބް މެދުވެރިކޮށްސްޓްރީމްކުރަނީލައިފްސްޓްއިލް | 2 ގަޑިއިރު ކުރިންއައްޑޫއާއި ކުޅުދުއްފުށީގައި ސިނަމާ ކޮމްޕްލެކްސް އެއް ގާއިމުކުރަނީޚަބަރު | 3 މަސް ކުރިން104،000 އަށް ވުރެ ގިނަ ފޮލޯވަރުން ތިބި މަޝްހޫރު ޓިކްޓޮކް އިންފްލުއެންސަރ ކަލްޑެރާ މަރުވެއްޖެދުނިޔެ | 6 މަސް ކުރިންޓިކްޓޮކް ތަރި ސަމާއަށް އަނިޔާކުރުމަށްފަހު ފިރިމީހާ ފިލައިފިޚަބަރު | 8 މަސް ކުރިން