logo
Bank of Maldives

Bank of Maldives

ޚަބަރު

"އުފާވެރި ރާސްތާ" ޕްރޮގްރާމްގެ ބައްދަލުވުމެއް ފޮނަދޫގައި ބާއްވައިފި

އަޙްމަދު ޒަލީފް
3 އޯގަސްޓު 2025 - 03:09
"އުފާވެރި ރާސްތާ" ޕްރޮގްރާމްގެ ބައްދަލުވުމެއް ފޮނަދޫގައި ބާއްވައިފި

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ލ.ފޮނަދޫގެ އިސްރަށްވެހިންނަށް އަމާޒުކޮށްގެން "އުފާވެރި ރާސްތާ" ޕްރޮގްރާމްގެ ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ޕްރޮގްރާމުގެ މައިގަނޑު މަޤުޞަދަކީ އިޖުތިމާޢީ އަދި ސިއްހީ ގޮތުން ދުޅަހެޔޮ ބައެއްގެ ގޮތުގައި ތިބުމަށް އިސްރަށްވެހިން ސަމާލުކަންދޭންވީ މުހިންމުކަމާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރުމެވެ. އަދި އުފާވެރި މާހައުލަކުން އިސްރަށްވެހިން އެކަކު އަނެކަކާއި ބައްދަލުވެ ހިޔާލު ބަދަލު ކުރުމުގެ ފުރުސަތު ފަހި ކޮށްދިނުމެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހަމައެހެންމެ، އުމުރުން ދުވަސްވާއިރު ޞިއްޙީގޮތުން ދުޅަހެޔޮކޮށް ހުރުމަށް އެޅިދާނެ މުހިންމު ފިޔަވަޅުތަކަށް އަލިއަޅުވާލައި ކުރިއަށް ގެންދެވޭ މި ޕްރޮގްރާމަކީ، އިސްރަށްވެހިންގެ ދިރިއުޅުމުގެ ތަޖުރިބާތައް މި ޖީލާ ހިއްސާކޮށްލުމަށް ފުރުޞަތު ލިބިގެންދާ އުފާވެރި ޕްރޮގްރާމެކެވެ.

މީގެ އިތުރުން، މި ފަދަ ޕްރޮގްރާމް ތަކުގެ ޒަރީޢާއިން އުމުރުން ދުވަސްވީ މީހުން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް އެހީތެރިވެދެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިދިޔަ މަހު އެކަނި ވެސް ކުޑަދިންނަށް ކުރާ އަނަިޔާގެ 84 މައްސަލަޚަބަރު | މަހެއް ކުރިންރާއްޖޭގައި ފުރަތަމަ ފަހަރަށް ސައިންލޭންގުއޭޖްގެ ސެޓްފިކެޓް ލެވެލް ކޯހެއް ފަށަނީ!ޚަބަރު | 2 މަސް ކުރިން"އެމްޕަވަރމަންޓް ހަބް"ގެ މަސައްކަތް ކުރިއަށްއޮތް ތިން މަސް ކުރިން ނިންމާލެވޭނެ: އިޖުތިމާއީ ވުޒާރާޚަބަރު | 3 މަސް ކުރިން"އުފާވެރި ރާސްތާ" ޕްރޮގްރާމްގެ ބައްދަލުވުމެއް ފޮނަދޫގައި ބާއްވައިފި ޚަބަރު | 3 މަސް ކުރިން