logo
Bank of Maldives

Bank of Maldives

ޚަބަރު

ޑިސެމްބަރު މަހު ކުޑަކުދިންނަށް ކުރާ އަނިޔާގެ 85 މައްސަލައެއް ރިޕޯޓްކުރި

އައިޝަތު ނަޝާ
2 ފެބްރުއަރީ 2026 - 08:16
little boy unhappy sad and tress alone
little boy unhappy sad and tress alone

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 84 މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޑިސެމްބަރު މަހު ހުށަހަޅާފައި މައްސަލަތަކުގެ ތެރެއިން ކުޑަކުދިންނަށް އަނިޔާކުރުމުގެ 84 މައްސަލައެއް ވަނީ ހުށަހަޅައިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކުގައި ޑިސެމްބަރު މަހު އެންމެ ގިނައީ އިހުމާލުވުމުގެ މައްސަލައެވެ. އެގޮތުން އެ ބާވަތުގެ 25 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 10 ފިރިހެން ކުދިންގެ މައްސަލައަކާއި 14 އަންހެން ކުދިންގެ މައްސަލައެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ދެވަނައަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވާ މައްސަލައަކީ ޖިންސީ ހާނިއްކައިގެ މައްސަލައެވެ. އެގޮތުން އެ ބާވަތުވެ 15 މައްސަލައެއް އެ މަހު ރިޕޯޓްކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ފިރިހެން ކުދިންނާއި ގުޅޭ 13 މައްސަލައަކާއި އަންހެން ކުދިންނާއި ގުޅޭ ތިން މައްސަލައެވެ.

ޖިސްމާނީ ހާނިއްކައިގެ 14 މައްސަލަ، ނަފްސާނީ ހާނިއްކައިގެ ހަ މައްސަލަ، އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ ތިން މައްސަލަ، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 11 މައްސަލަ، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަން ބްލެކްމެއިލް ކުރުމުގެ ދެ މައްސަލަ، އިންޓާނެޓް މެދުވެރިކޮށް ކުޑަކުދިންނަށް ޖިންސީ "ގްރޫމިންގް" ކުރުމުގެ ދެ މައްސަލަ އަދި އެކި ކަހަލަ ކުށްތަކަށް އަރައިގަންނަ ޖަމާއަތުގައި ކުޑަކުދިން ނަހަމަ ގޮތުގައި ބޭނުންކުރުމުގެ އެއް މައްސަލައެއް ވަނީ ރިޕޯޓުކޮށްފައި ކަމަށް ވެސް ތަފާސްހިސާބުތަކުން ދައްކައެވެ.

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ މައްސަލަތަކާއި ގުޅިގެން ޑިސެމްބަރު މަހު އެ ވުޒާރާއަށް ރިޕޯޓުކޮށްފައިވަނީ އަންހެން ކުދިންގެ 40 މައްސަލައަކާއި ފިރިހެން ކުދިންގެ 44 މައްސަލައެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޑިސެމްބަރު މަހު ކުޑަކުދިންނަށް ކުރާ އަނިޔާގެ 85 މައްސަލައެއް ރިޕޯޓްކުރިޚަބަރު | ގަޑިއިރެއް ކުރިންމިދިޔަ މަހު އެކަނި ވެސް ކުޑަދިންނަށް ކުރާ އަނަިޔާގެ 84 މައްސަލަޚަބަރު | 4 މަސް ކުރިންރާއްޖޭގައި ފުރަތަމަ ފަހަރަށް ސައިންލޭންގުއޭޖްގެ ސެޓްފިކެޓް ލެވެލް ކޯހެއް ފަށަނީ!ޚަބަރު | 5 މަސް ކުރިން"އެމްޕަވަރމަންޓް ހަބް"ގެ މަސައްކަތް ކުރިއަށްއޮތް ތިން މަސް ކުރިން ނިންމާލެވޭނެ: އިޖުތިމާއީ ވުޒާރާޚަބަރު | 6 މަސް ކުރިން