logo
MPL

MPL

ޚަބަރު

ދުންފަތުގެ އެއްވެސް ވިޔަފާރިއެއް ނުކުރަން، ފެތުރީ ހަގީގަތާ ހިލާފު ވާހަކައެއް: މެމްބަރު ރިފާއު

އާމިނަތު ޝަފާ
3 އޯގަސްޓު 2025 - 05:03
މެމްބަރު ރިފާއު މެންދުރު ޓީވީގެ ޖަވާބުދާރީ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގަންނަވަނީ//
މެމްބަރު ރިފާއު މެންދުރު ޓީވީގެ ޖަވާބުދާރީ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގަންނަވަނީ//

ދުންފަތުގެ އެއްވެސް ވިޔަފާރިއެއް ނުކުރައްވާކަމަށައި މީގެ ކުރިން ހުއްދަ ނުހޯދައި ފެންވަރުދަށް ސިނގިރޭޓު ވިއްކާ ކަމުގެ ތުހުމަތު  އަޅުވައި ފެތުރީ ހަގީގަތާ ހިލާފު ވާހަކައެއްކަމަށް  ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބުދުﷲ ރިފާޢު (ބޮޗޭ) ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ހިންގާ ވިސްލް ބްލޯވާ އެކައުންޓަކުން މީގެ ކުރިން ވަނީ މެންބަރު ރިފާއު ރާއްޖެއަށް ފެންވަރު ދަށް ދުންފަތް އިމްޕޯޓުކޮށްގެން، ވަގަށް ސިނގިރޭޓް އުފައްދާ އަދި ވިއްކަމުން ގެންދަވާ ކަމުގެ ތުހުމަތު ކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެމްބަރުގެ މައްޗަށް ކުރާ މި ތުހުމަތުގައި އެ އެކައުންޓުން ބުނެފައިވަނީ މެމްބަރު ސިނގިރޭޓް އުފެއްދުމުގެ މަސައްކަތް ކުރަމުން ދަނީ އެއްބަނޑު އެއްބަފާ ދެ ކޮއްކޮއާ ހަވާލުކޮށްގެން ހެންވޭރު ގެއެއްގައި ފެކްޓްރީއެއް ހަދައިގެން ކަމަށެވެ. އެތަނުގައި ބޭރު 8 މީހަކު މަސައްކަތް ކުރާ ކަމަށް ވެސް ބުނެފައިވެ އެވެ.ސިނގިރޭޓު ވިއްކަމުންދަނީ ދެ ބުރޭންޑެއްގެ ނަމުގައިކަމަށާއި އެގޮތުން މި ދެ ބްރޭންޑް އުފައްދައި ވިއްކަމުން ދަނީ އެއްވެސް ހުއްދައެއް ނުހޯދާކަމަށް ބުނެ ތުހުމަތު ކޮށްފައިވެއެވެ.

މެންދުރުޓީވީން ގެނެސްދިން ޖަވާބުދާރީ ޕްރޮގްރާމުގައި މިކަމާ ގުޅިގެން ކުރެވުނު ސުވާލަށް ދެއްވި ޖަވާބުގައި މެމްބަރު ރިފާއު ވަނީ މި ތުހުމަތުތަކަށް އިންކާރުކުރައްވައި ފެތުރީ ހަގީގަތާ ހިލާފް ވާހަކަތައްކަމަށް ވިދާޅުވެފައެވެ.

" އަޅުގަނޑެއް ހަމަގައިމުވެސް ރާއްޖެއަށް ދުންފަތެއް ސިނގިރޭޓެއް އަދި ދުންފަތުގެ އިސްތިއުމާލުކުރަން ބޭނުންކުރާ އެއްވެސް އެއްޗެއް އެތެރެކޮށް އޭގެން ވިޔަފާރިއެއް ނުކުރަން. އަދި އެތެރެކުރުމުގެ ވިސްނުމެއްވެސް ނެތް. އަޅުގަނޑަކީ އެއްވެސް ބާވަތެއްގެ ވިޔަފާރިއެއް ކުރާ މިހެއްވެސް ނޫން."

އެހެންނަމަވެސް މިދިޔަ 5 އަހަރު ކޮވިޑާހެދި އާއްމުދަނީ ލިބޭނެ މަގު ބަންދުވުމުން ރާއްޖެތެރޭގެ ރަށްރަށުގައި ޒުވާނުން އުފައްދަމުންދިޔަ ބައެއް ކަހަލަ ސާމާނުތައް މާލެ ގެނެސް ވިއްކުމުގެ މަސައްކަތް ކުރިކަމަށް މެމްބަރު ވިދާޅުވިއެވެ. އެހެންނަމަވެސް ދުންފަތާ ގުޅުންހުރި އެއްވެސް ވިޔަފާރިއެއްގައި ދުވަހަކުވެސް ނޫޅުއްވާކަމަށް ތަކުރާރުކޮށް މެމްބަރު ވަނީ ވިދާޅުވެފައެވެ.

މެމްބަރު ރިފާއު ވިދާޅުވީ ޤައުމުގައި ހުރި ބޮޑެތި މައްސަލަތަކަށް ޙަޤީޤީ ޙައްލު ހޯއްދެވުމަށް އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ ތެރެއިން ދުންފަތުގެ ޖެނެރޭޝަނަލް ބޭން ރާއްޖޭގައި ތަންފީޒުކުރަން ފެއްޓެވުމަކީ ތާއީދުކުރައްވާކަމެއްކަމަށެވެ.

ދިވެހި މުޖުތަމަޢަކީ ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވެފައިވާ ދުޅަހެޔޮ މުޖުތަމަޢަކަށް ހެދުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ ތެރެއިން ދުންފަތުގެ ބާވަތްތަކަށް ވާޞިލުވެވޭނެ މަގުތައް ހަނިކުރުމުގެ ގޮތުން ސަރުކާރުން އެތައް މަސައްކަތްތަކެއް ގެންދަވަނީ ކުރައްވަމުންނެވެ. އެގޮތުން، ދުންފަތުގެ އިސްތިއުމާލު ނުކުރެވޭ ސަރަހައްދުތައް އިތުރުކުރުމާއި، އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕާއި އެފަދަ ތަކެތި އުފެއްދުމަށް ބޭނުންކުރާ ހުރިހާ މެޝިނަރީ އާއި އާލާތްތަކެއް ރާއްޖެ އެތެރެކުރުމާއި ގެންގުޅުން މަނާކުރުން ހިމެނެއެވެ. އަދި ދުންފަތުގެ ބާވަތްތައް ގަނެވިއްކުމުގެ ޤާނޫނީ އުމުރުފުރާ، 21 އަހަރަށް އިތުރުކުރެއްވުމާއި، ދުންފަތުގެ ބާވަތްތައް އިޝްތިހާރުކުރުމާއި ސްޕޮންސަރކުރުން، މަނާކުރުމާއި ދުންފަތުގެ ބާވަތްތަކުން ނަގާ ޓެކްސް ބޮޑުކުރުމަކީވެސް މި މަޤްޞަދުގައި ޤާނޫނީ ބާރު ލިބިދީގެން އަޅުއްވާފައިވާ މުހިންމު ފިޔަވަޅުތަކެވެ.

މީގެ އިތުރުން ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓާލާ ރަށްރަށަށް ފައިސާގެ އިނާމެއް ނުވަތަ އިނާޔަތެއް ދިނުމާ ގުޅޭ ގޮތުންވެސް ދިރާސާކުރަން ވަނީ ނިންމާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޓެކްސް ޤާނޫނަށް ގެނެވޭ އިސްލާޙާއެކު އެ ގާނޫނުގައި ހުރި ހުސް ބާގަނޑުތައް ބަންދުވާނެ: ރިފާއުޚަބަރު | 2 ގަޑިއިރު ކުރިންދުންފަތުގެ އެއްވެސް ވިޔަފާރިއެއް ނުކުރަން، ފެތުރީ ހަގީގަތާ ހިލާފު ވާހަކައެއް: މެމްބަރު ރިފާއުޚަބަރު | އަހަރެއް ކުރިންމިހާރު ދައުލަތުން ވައްކަންކޮށްފައި ފިލާތިބެން އެއްވެސް ހުރަހެއް ނެތް: މެމްބަރު ރިފާއުޚަބަރު | 2 އަހަރު ކުރިން