logo
MPL

MPL

ޚަބަރު

މިހާރު ދައުލަތުން ވައްކަންކޮށްފައި ފިލާތިބެން އެއްވެސް ހުރަހެއް ނެތް: މެމްބަރު ރިފާއު

އާމިނަތު ޝަފާ
7 ނޮވެމްބަރު 2024 - 05:57
މިހާރު ދައުލަތުން ވައްކަންކޮށްފައި ފިލާތިބެން އެއްވެސް ހުރަހެއް ނެތް: މެމްބަރު ރިފާއު

މިހާރު ގާނޫނު އޮތް ގޮތުން ދައުލަތުން ވައްކަން ކުރުމަށްފަހު ފިލާތިބެން އެއްވެސް ހުރަހެއް ނެތްކަމަށް މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ވިދާޅުވެއްޖެއެވެ.

ރިފާއު މިފަދައިން ވިދާޅުވީ ސަރުކާރުގެ ފަރާތުން މާފުށީ ދާއިރާގެ މެމްބަރު ހުސައިން ރިޒާ ހުށަހަޅުއްވާފައިވާ ނުހައްގު މުއްސަނދިކަން ހޯދުމުގެ ބިލާ ގުޅޭގޮތުން މެންދުރު ޓީވީގެ މައުޟޫ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެމްބަރު ވިދާޅުވީ ގާނޫނު ބަދަލު ނުކޮށްފިނަމަ އެއްވެސް ސަރުކާރަކަށް ދައުލަތުން ވައްކަން ކުރުމަށް ހުރަހެއް ނެތްކަމަށާއި މި ބިލުގެ މަގުސަދަކީ ވައްކަމަށް ހުޅުވިފައިވާ ދޮރު ބަންދުކުރުންކަމަށެވެ.

" މިހާރު ނެތް އެއްވެސް ހުރަހެއް ވައްކަން ކުރާކަށް. ފިލާތިބެ ވައްކަން ކޮށްލާފައި ވަޒީފާއިން ކެނޑުމަށް ފަހު ދެން ތިބެންވީ މަންފާގައި. ނެތޭ އެމީހުން ފަހަތުން ދުވެވޭނެ ގޮތެއް."

ރައީސުންނާއި މިނިސްޓާރުންނާއި މަޖިލިސް މެމްބަރުންގެ އިތުރުން ފަނޑިޔާރުން ނުހައްގު މުއްސަނދިކަން ހޯދައިފިނަމަ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅައި 15 އަހަރަށް ޖަލަށްލުމަށް އިސްލާހުގައި ވަނީ ހިމަނާފައެވެ.

ބިލުގައިވާގޮތުން ދައުލަތުގެ މުވައްޒަފަކަށްވެ ހުރެ ލިބެމުންދާ އާމްދަނީއާ ނުބައްދަލު ދިރިއުޅުމުގެ ފެންވަރު ދެމެހެއްޓުމަކީ ކުށެކެވެ. އަދި އާއިލީ ނުވަތަ ވިޔަފާރީގެ ގުޅުމެއް އޮތް މީހެއްގެ ނަމުގައި މުދާ ނުވަތަ ފައިސާ ހޯދައި މިލްކު ކުރުމަކީވެސް ކުށެކެވެ. ނުހައްގު މުއްސަނދިކަން ހުއްޓުވަން ގާނޫނުލް އުގޫބާތަށް އިސްލާހު ގެންނަން ނިންމާފައިވަނީ ދައުލަތުގެ އިދާރާތަކުގެ ތެރޭގައި އަށަގެންފައިވާ ކޮރަޕްޝަނާއި ނުހައްގު މުއްސަދިކަން ހޯދުމުގެ މައްސަލަތައް ތަހުގީގުކޮށް ދައުވާކުރުމަށް ހުރި ގޮންޖެހުންތައް ނައްތާލުމަށް މަސައްކަތްކުރުމުގެ ގޮތުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޓެކްސް ޤާނޫނަށް ގެނެވޭ އިސްލާޙާއެކު އެ ގާނޫނުގައި ހުރި ހުސް ބާގަނޑުތައް ބަންދުވާނެ: ރިފާއުޚަބަރު | 2 ގަޑިއިރު ކުރިންދުންފަތުގެ އެއްވެސް ވިޔަފާރިއެއް ނުކުރަން، ފެތުރީ ހަގީގަތާ ހިލާފު ވާހަކައެއް: މެމްބަރު ރިފާއުޚަބަރު | އަހަރެއް ކުރިންމިހާރު ދައުލަތުން ވައްކަންކޮށްފައި ފިލާތިބެން އެއްވެސް ހުރަހެއް ނެތް: މެމްބަރު ރިފާއުޚަބަރު | 2 އަހަރު ކުރިން