logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޑާވިން ނޫނޭޒްގެ ސޮއި ހޯދުމުގެ މަސައްކަތް އަލް ހިލާލް އިން ފަށައިފި

އަބްދުﷲ ޣާނިމް
4 އޯގަސްޓު 2025 - 03:11
ޑާވިން ނޫނޭޒްގެ ސޮއި ހޯދުމުގެ މަސައްކަތް އަލް ހިލާލް އިން ފަށައިފި

ސައުދީ ޕްރޮފެޝަނަލް ލީގުގެ އަލް ހިލާލުން ލިވަޕޫލްގެ ސްޓްރައިކަރު ޑާވިން ނުނެޒްގެ ސޮއި ހޯދުމުގެ މަސައްކަތް ކުރަން ފަށައިފިއެވެ. ދި އެތްލެޓިކްގެ ޑޭވިޑް އޯންސްޓައިން ހާމަކުރި ގޮތުގައި އަލް ހިލާލުން ވަނީ ޑާވިން ނޫނެޒް އެ ކުލަބުގެ އެޓޭކް ހަރުދަނާ ކުރުމަށް އެންމެ އިސް ޓާގެޓެއްގެ ގޮތުގައި ކަނޑައަޅާފައެވެ.

މީގެ ކުރިންވެސް އަލް ހިލާލުން ވަނީ ނުނެޒް ހޯދުމުގެ ޝަރުތުތައް ބެލުމަށް ލިވަޕޫލާ މުޢާމަލާތް ކޮށްފައެވެ. އަދި މި އަހަރުގެ ޖެނުއަރީ މަހު އަލް ނަސްރުވެސް ވަނީ ނުނެޒްއަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވިކްޓަރ އޮސިމެން، އެލެކްސަންޑަރ އިސާކް އަދި ބެންޖަމިން ސެސްކޯ ސައިން ކުރުމުގެ މަސައްކަތް ކާމިޔާބު ނުވުމާ ގުޅިގެން، އަލް ހިލާލުން މިހާރު އެންމެ އިސްކަމެއް ދެނީ ނުނެޒް ސައިން ކުރުމަށެވެ. ކުލަބުގެ އައު ކޯޗު ސިމޯން އިންޒާގީގެ ކުޅުމުގެ ސްޓައިލަށް ނުނެޒް ރަނގަޅަށް ފެތޭނެ ކަމަށް ބެލެވެއެވެ.

އަދި މި ވަގުތާ ހަމައަށް ރަސްމީ އޮފަރެއް ހުށަހަޅާފައި ނުވިނަމަވެސް، އަލް ހިލާލުން ވަނީ އެ ކުލަބުގެ ޝައުގުވެރިކަން ފާޅުކޮށް، އޮފަރެއް ހުށަހެޅުމުގެ ތައްޔާރީތައް ފަށާފައެވެ.

ނުނެޒް ލިވަޕޫލާ ގުޅުނީ 2022 ވަނަ އަހަރު ބެންފިކާއިން 85 މިލިއަން ޕައުންޑަށް ވުރެ ބޮޑު އަގަކަށެވެ. ފާއިތުވި ސީޒަންގައި އޭނާ ވަނީ 47 މެޗުގައި ބައިވެރިވެ 7 ލަނޑު ޖަހާފައެވެ. ނަމަވެސް ޕްރިމިއަރ ލީގުގައި ފުރަތަމަ 11 އިން އޭނާއަށް ފުރުސަތު ލިބިފައިވަނީ އެންމެ 8 މެޗުގައެވެ.

ލިވަޕޫލުން ޑާވިން ނޫނޭޒް އަގު ކުރަނީ 60 މިލިޔަން ޕައުންޑަށް ކަމަސށް ރިޕޯޓްތައް ލިބެއެވެ. އަދި މިހާރު ކުޅުންތެރިޔާ އާއި އަލް ހިލާލް އާއި ދެމެދު އެއްބަސްވުމަކަށް އައިސްފައިވާކަމަށް ބައެއްްފަރާތްތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލިވަޕޫލުން ކްރިސްޓަލް ޕެލަސް ބަލިކޮށް، ޖެހިޖެހިގެން ތިންވަނަ މޮޅު ހޯދައިފިކުޅިވަރު | 5 ދުވަސް ކުރިން އިތުރު ވަގުތުގައި ވެން ޑައިކް ކާމިޔާބުކޮށްދިން ގޯލާއެކު ލިވަޕޫލަށް ޔޫރަޕުގެ ޖާގައެއް ހޯދުމުގެ ފުރުސަތު ބޮޑުކޮށްފިކުޅިވަރު | 11 ދުވަސް ކުރިންލިވަޕޫލްގެ އަމިއްލަ ދަނޑުގައިވެސް އެޓީމު ބަލިކޮށް ޗެންޕިއަން ޕީއެސްޖީ ސެމީއަށްކުޅިވަރު | 16 ދުވަސް ކުރިންސަލާޙުގެ މޮޅުކުޅުމާއެކު ލިވަޕޫލުން މުހިންމުމޮޅެއް ހޯދައިފިކުޅިވަރު | 19 ދުވަސް ކުރިން