logo
MPL

MPL

ޚަބަރު

ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް މިމަހު 7 ކުދިން ފޮނުވަނީ

އައިމިނަތު މޫސާ
4 އޯގަސްޓު 2025 - 07:17
ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް މިމަހު 7 ކުދިން ފޮނުވަނީ

ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ރާއްޖެއިން ބޭރަށް މިމަހު ފުރުމަށް ހަމަޖެހިފައިވާ ކުދިންނާއި ހެލްތު މިނިސްޓަރު އަބުދުﷲ ނާޒިމް އިބްރާހީމް ބައްދަލުކޮށްފިއެވެ.

ތެލަސީމިއާގެ ފަރުވާހޯދާ ފަރާތްތަކަށް ދެވޭ ޚިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމުގެ އިތުރަށް ހިލޭ ބޯންމެރޯ ޓްރާސްޕްލާންޓް ހެދޭނެ މަގުފަހިކޮށްދިނުމަކީ ސަރުކާރުގެ "ހަފުތާ 14"ގައި ހިމެނޭ ވައުދެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ވައުދުގެ ދަށުން ތެލަސީމިއާ ކުދިންގެ ތެރެއިން 10 ކުއްޖަކު ކޮންމެ އަހަރަކު ބޯންމެރޯ ޓްރާންސްޕްލާންޓް ހަދާދިނުމަށް ޒަކާތު ފަންޑުން އެހީތެރިކަން ފޯރުކޮށްދިނުމަށް އިސްލާމިކް މިނިސްޓްރީއާއި ހެލްތު މިނިސްޓްރީއެކު މިދިޔަ އަހަރު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ހެލްތު މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ދަށުން މި އަހަރު ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ނިންމާފައިވާ 10 ކުދިންގެ ތެރެއިން 03 ކުއްޖަކު އޭޕްރީލް މަސްތެރޭގައި ރާއްޖެއިން ބޭރަށް ވަނީ ފޮނުވާފައިވާފައި ކަމަށެވެ. އަދި ބަކީ ތިބި 7 ކުދިން މި މަސްތެރޭގައި ފޮނުވުމަން ވަނީ ނިންމާފަކަމަށް ވެސް މިނިސްޓްރީ ވަނީ ބުނެފައެވެ.

އެގޮތުން 04 އޮގަސްޓްގައި 3 ކުދިން، 05 އޮގަސްޓްގައި 01 ކުއްޖަކު، 08 އޮގަސްޓްގައި 01 ކުއްޖަކު، 09 އޮގަސްޓް ގައި 01 ކުއްޖަކު އަދި 12 އޮގަސްޓްގައި 01 ކުއްޖަކު ފޮނުވުމަށް ވަނީ ހަމަޖެހިފަކަމަށް ހެލްތު މިނިސްޓްރީ މައުލޫމާތު ދެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރޯގާ އިތުރުވަމުންދާތީ ސަމާލުވުމަށް އެދިއްޖެޚަބަރު | ގަޑިއިރެއް ކުރިންރޯދައަށް ބައެއް މިސްކިތްތައް މަރާމާތުކުރުމަށް އުރީދޫގެ އެހީޚަބަރު | މަހެއް ކުރިންރޯދަ މަހަށް ރާއްޖޭގެ އެކި ހިސާބުތަކުން 14 ވަރަކަށް މިސްކިތް ހުޅުވޭނެ: ޝަހީމްޚަބަރު | މަހެއް ކުރިންޙައްޖު ކިއުގައި ގިނަ ދުވަސްވީ 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް 1448 ގެ ޙައްޖުން ފުރުސަތު!ޚަބަރު | މަހެއް ކުރިން