logo
Bank of Maldives

Bank of Maldives

ޚަބަރު

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި މީހުންނަށް މިފްކޯއިން ވަޒީފާ ހަމަޖައްސައިދެނީ

އާމިނަތު ޝަފާ
5 އޯގަސްޓު 2025 - 05:31
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި މީހުންނަށް މިފްކޯއިން ވަޒީފާ ހަމަޖައްސައިދެނީ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ދައުލަތުގެ ބެލުމުގެ ދަށުގައި ބަލަހައްޓަމުންދާ ފަރާތްތަކަށް އާމްދަނީ ލިބޭނެ މަގު ފަހިކުރުމުގެ ގޮތުން ވަޒީފާގެ ފުރުޞަތުތައް ހަމަޖެއްސުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ ލިމިޓެޑް، މިފްކޯއާ ދެމެދެ ފަހުމުނާމާއެއްގައި ސޮއި ކޮށްފިއެވެ.

މި ފަހުމުނާމާގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ދައުލަތުގެ ބެލުމުގެ ދަށުގައި ބަލަހައްޓަމުންދާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް އެދޭ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް ހޯދައިދިނުމުގެ މަސައްކަތްތައް ކުރެވިގެންދާނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ފަހުމުނާމާގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ވަޒީފާއަށް އައްޔަނުކޮށް މަސައްކަތް ހަވާލުކުރެވޭއިރު، މަސައްކަތްކުރަން ކަނޑައަޅާ ތަނަކީ މި ފަރާތްތައް މަސައްކަތްކުރުން އެކަށީގެންވާ ތަންތަންކަން ޔަޤީން ކުރެވިގެންދާނެއެވެ. މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އެހެން މީހުންނަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ފުދުންތެރިކަން އިތުރުކުރެވި، އަބުރުވެރިކަމާއެކު ދިރިއުޅެވޭނެ މަގު ފަހިކޮށްދެވޭނެއެވެ.

އުފާވެރި، ފުދުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގުޅިގެން ކުރެވޭ މިފަދަ މަސައްކަތުގެ ތެރެއިން މިފަރާތްތަކުގެ ފުދުންތެރިކަން އިތުރުކުރެވި، އަމިއްލަ މަސައްކަތުން ދިރިއުޅުން އާރާސްތުކުރުމުގެ މަގު ފަހިވެގެންދާނެއެވެ. އަދި މިއީ ވިލުންވެރި މުޖުތަމަޢެއް ބިނާކުރުމަށް ކުރެވޭ މަސައްކަތްތަކަށް ވެސް ވަރަށް ބޮޑަށް ބާރުލިބިގެންދާނެ ކަމެކެވެ.

ހަމައެހެންމެ، ކެއަރ ސޮސައިޓީއާއި މި ވުޒާރާއާއި ގުޅިގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ވަޒީފާގެ މާޙައުލަށް ނުކުތުމަށް ބޭނުންވާ ހުނަރު ދަސްކޮށްދިނުމަށް ކުރިއަށްގެންދާ 'ޖޮބް ރެޑިނަސް' ޕްރޮގްރާމްއަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް ބާރުވެރިކުރުމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ މުހިންމު ޕްރޮގްރާމެކެވެ. މިޕްރޮގްރާމްގެ ފުރަތަމަ ބުރު 2024 ވަނަ އަހަރު ކުރިއަށްގެންގޮސްފައިވާއިރު، މި ޕްރޮގްރާމްގެ ދެވަނަ ބުރު މިއަހަރުގެ ތެރޭގައި ވަނީ ފަށާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަސްވެރިންނަށް 1.6 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފިޚަބަރު | 8 ދުވަސް ކުރިންމިފްކޯގެ މަހުގެ އުފެއްދުންތައް ސްރީލަންކާގައި ރަސްމީކޮށް ތައާރަފުކޮށްފިވިޔަފާރި | 12 ދުވަސް ކުރިންމިދިޔަ މަހު މިފްކޯއިން މަސްވެރިންނަށް 78 މިލިއަން ރުފިޔާ ދޫކުރި!ޚަބަރު | 13 ދުވަސް ކުރިންމިފްކޯގެ ސީއީއޯގެ މަޤާމަށް އަނަސް އައްޔަންކުރައްވައިފިޚަބަރު | 17 ދުވަސް ކުރިން