logo
Bank of Maldives

Bank of Maldives

ޚަބަރު

ނޫސްވެރިކަމުގެ އިނާމް: ފަނޑިޔާރުންގެ ގޮތުގައި މަސައްކަތް ކުރާނެ މީހުން ހޯދަނީ

އަޙްމަދު ޒަލީފް
5 އޯގަސްޓު 2025 - 06:10
ނޫސްވެރިކަމުގެ އިނާމް: ފަނޑިޔާރުންގެ ގޮތުގައި މަސައްކަތް ކުރާނެ މީހުން ހޯދަނީ

ބާރަ ވަނަ ނޫސްވެރިކަމުގެ އިނާމުގެ ފަނޑިޔާރުންގެ ޕޫލަށް ނަން ހުށަހެޅުމުގެ ފުރުޞަތު މޯލްޑިވްސް މީޑިއާ ކައުންސިލުން ހުޅުވާލައިފިއެވެ.

މި ޕޫލަކީ މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމުގެ ހުށަހެޅުންތައް ވަޒަންކުރުމުގެ މަސައްކަތްތައް ކުރާ ފަނޑިޔާރުންގެ ޕޫލެވެ.

މި ޕޫލަށް ނަން ހުށަހެޅުމަށް ޝަރުތު ހަމަވާ ފަރާތްތަކަކީ، މީޑިއާ، ނުވަތަ ޖާނަލިޒަމް، ނުވަތަ ސޯޝަލް ސައިންސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވާ ފަރާތްތަކެވެ. މީގެއިތުރުން، ސަރުކާރުގައި، ނުވަތަ ޕަބްލިކް ނުވަތަ ޕްރައިވެޓް ސެކްޓާގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަގުވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަދުވެގެން 3 އަހަރުދުވަހު މަސައްކަތްކޮށްފައިވާންޖެހޭނެ ކަމަށް އެމް.އެމް.ސީން ވިދާޅުވެއެވެ. އަދި، ފަނޑިޔާރުކަމުގެ މަގާމަށް ކަނޑައަޅާފައިވާ މަގާމުގެ މަސައްކަތާގުޅޭ ތަޖުރިބާ ލިބިފައިވުމަކީ ވެސް މުހިންމު ޝަރުތެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިކަމަށް އެދި ހުށައެޅުމުގެ އެންމެ ފަހު ތާރީހަކީ މި މަހުގެ 12 ވަނަ ދުވަހުގެ 13:00 ގެ ކުރިންނެވެ. ޝަރުތު ހަމަވާ ފަރާތްތަކުން އެމް.އެމް.ސީގެ ރަސްމީ ވެބްސައިޓުން ފޯމު ޑައުންލޯޑުކޮށް، ހުށައެޅުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.

މި އިނާމު ދިނުމުގެ މައިގަނޑު މަގުސަދުގެ ތެރޭގައި ދިވެހި ނޫސްވެރިންނަށް ހިތްވަރުދިނުމާއި، ދިވެހި ނޫސްވެރިންގެ މަސައްކަތް ފާހަގަކުރުމާއި، ނޫސްވެރިކަމުގެ ފަންނުގައި ނޫސްވެރިކަމުގެ އަހުލާގީ މިންގަނޑު ހިފަހައްޓައި، ފެންވަރު ރަނގަޅު އުފެއްދުންތައް އުފެއްދުމަށް ބާރު އެޅުން ހިމެނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނޫސްވެރިކަމުގެ އިނާމަށް 92 ފަރާތަކުން މި އަހަރު ހުށަހަޅައިފިޚަބަރު | މަހެއް ކުރިންނޫސްވެރިކަމުގެ އިނާމް: ފަނޑިޔާރުންގެ ގޮތުގައި މަސައްކަތް ކުރާނެ މީހުން ހޯދަނީ ޚަބަރު | މަހެއް ކުރިންމީޑިޔާ ކައުންސިލްގެ ފަނޑިޔާރުންގެ ޕޫލަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި ޚަބަރު | 2 މަސް ކުރިން