ނޫސްވެރިކަމުގެ އިނާމަށް 92 ފަރާތަކުން މި އަހަރު ހުށަހަޅައިފި
15 އޯގަސްޓު 2025 - 05:58
.webp&w=1920&q=75)
ނޫސްވެރިކަމުގެ އިނާމަށް 92 ހުށަހެޅުން މި އަހަރު ލިބިފައިވާ ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ބުނެފިއެވެ.
މީޑިއާ ކައުންސިލުން ބުނީ، ނޫސްވެރިކަމުގެ ދާއިރާއިން އިނާމު ދިނުމުގެ މަގުސަދުތަކުގެ ތެރޭގައި ދިވެހި ނޫސްވެރިންނަށް ހިތްވަރުދިނުމާއި ނޫސްވެރިންގެ މަސައްކަތް ފާހަގަކުރުމާއި ނޫސްވެރިކަމުގެ ފަންނުގައި ނޫސްވެރިކަމުގެ އަހުލާގީ މިންގަނޑު ހިފެހެއްޓުމަށާއި އުފެއްދުންތަކުގެ ފެންވަރު ރަނގަޅުކުރުމަށް ބާރުއެޅުން ހިމެނޭ ކަމަށެވެ.

Ad by Hajj Corporation
ނޫސްވެރިކަންކުރާ ފަރާތްތަކުގެ މަސައްކަތް ބަލައިގަނެ، ހިތްވަރު ދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ދެމުން އަންނަ މި އިނާމަށް، 14 ދާއިރާއަކުން ކުރިމަތުލުމުގެ ފުރުސަތު ހުޅުވާލިއެވެ.
ނޫސްވެރިކަމުގެ އެވޯޑު ދޭން ނިންމާފައިވާ ދާއިރާތައް
- ތަހުގީގީ ނޫސްވެރިކަމުގެ ދާއިރާ
- އިޖުތިމާއީ ދާއިރާ
- ސިޔާސީ ދާއިރާ
- ޝަރުއީ ދާއިރާ އާއި ގާނޫނީ ދާއިރާ
- ވިޔަފާރި އާއި އިގުތިސާދީ ދާއިރާ
- ކުޅިވަރުގެ ދާއިރާ
- ފޮޓޯ ޖަރނަލިޒަމްގެ ދާއިރާ
- ޑޮކިއުމަންޓްރީގެ ދާއިރާ
- ފީޗާ ރިޕޯޓުގެ ދާއިރާ
- ލައިފްސްޓައިލާއި، މުނިފޫހިފިލުވުމާއި ފަންނުވެރިކަމުގެ ދާއިރާ
- ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާ
- އުންމީދީ ނޫސްވެރިޔާގެ އިނާމު
- އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އިނާމު
- ރީޖަނަލް ނޫހުގެ އެންމެ މޮޅު އުފެއްދުމުގެ އިނާމު
ނޫސްވެރިކަމުގެ އެކި ދާއިރާތަކުން ހޮވޭ ފަރާތްތަކަށް ކޮންމެ އަހަރަކުވެސް މީޑިއާ ކައުންސިލުން އިނާމުދެއެވެ. އެގޮތުން ކުރީ އަހަރުތަކެކޭވެސް އެއްގޮތަށް މިއަހަރު އިނާމު ދޭނީ މިދިޔަ އަހަރު ކޮށްފައިވާ މަސައްކަތްތަކަށެވެ.
އެމްއެމްސީން އަންނަނީ 2014 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ނޫސްވެރިކަމުގެ އިނާމު ދެމުންނެވެ.