logo
ޚަބަރު

ފެހި ގާނުނު އަސާސީއަށް 17 އަހަރު: ހައްގުތައް ހޯދަން ދިވެހިންކުރި ދަތުރު

އާމިނަތު ޝަފާ
7 އޯގަސްޓު 2025 - 10:42
ފެހި ގާނުނު އަސާސީއަށް 17 އަހަރު: ހައްގުތައް ހޯދަން ދިވެހިންކުރި ދަތުރު

އޮގަސްޓު މަހުގެ 7 ވަނަ ދުވަހަކީ ދިވެހިރާއްޖޭގައި ޤާނޫނު އަސާސީ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. މި ދުވަސް ޤާނޫނު އަސާސީ ދުވަހުގެ ގޮތުގައި ފާހަގަކުރަން ފަށާފައިވަނީ، މިހާރު ޢަމަލުކުރަމުންދާ ފެހި ޤާނޫނު އަސާސީ، އެއިރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ތަޞްދީޤު ކުރެއްވެވި ދުވަހަކީ 7 އޮގަސްޓް 2008 ކަމުގައި ވާތީއެވެ.

މި ގާނޫނު އަސާސީ ތަސްދީގުކުރެއްވި ދުވަހުގެ ހަނދާން އައުކުރައްވައި ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް 2020 ވަނަ އަހަރު ވިދާޅުވެފައިވަނީ "ފެހި ގާނުނުއަސާސީ" ތަސްދީގުކޮށްދެއްވި ވަގުތުކޮޅަކީ އެމަނިކުފާނުގެ 30 އަހަރުވީ ވެރިކަމުގައި ހިނގާދިޔަ އެންމެ ފަހުރުވެރި އެއް ވަގުތުކޮޅުކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ގާނޫނު އަސާސީން ކަށަވަރުކޮށްދޭ ހައްގުތަކާއެކު ދިވެހި ރައްޔިތުން އެ ގާނޫނު އަސާސީގެ ބޭނުންހިފައި މުސަތަގުބަލުގައި ހުރިހާ ދާއިރާއަކުންވެސް ކުރިއަށްދާނެކަމަށް އުއްމީދުކުރައްވާކަމަށް އެމަނިކުފާނުވަނީ ވިދާޅުވެފައެވެ.

ލިޔެވިފައިވާ ޤާނޫނުއަސާސީއެއްގެ ދަށުން، ދިވެހިރާއްޖޭގެ ދުސްތޫރީ ކަންކަން ހިންގަން ފަށާފައިވަނީ، 1932 ވަނަ އަހަރު އެކުލަވާލި ފުރަތަމަ ޤާނޫނުއަސާސީއާ ހަމައިންނެވެ. 92 މާއްދާގެ މައްޗަށް އެކުލެވޭ އެ ޤާނޫނުއަސާސީގައި އަސާސީ ޙައްޤުތަކާއި، ހިންގުމުގެ ނިޒާމާއި، ޤާނޫނު ހަދާ މަޖިލީހާގުޅޭ އުސޫލުތައް ބަޔާންކޮށްފައިވެއެވެ.

އެއަށްފަހު، ދިވެހިރާއްޖޭގައި ދެވަނަ ޤާނޫނުއަސާސީއެއް ފާސްކޮށް ޢަމަލުކުރަން ފެށުނީ، 1934 ވަނަ އަހަރުގައެވެ. ދެވަނަ ޤާނޫނުއަސާސީއަށް 1937 ވަނަ އަހަރު އިޞްލާޙުތަކެއް ގެނައުމަށްފަހު، 17 މާއްދާގެ މައްޗަށް އެކުލެވޭ "ކުޑަ ޤާނޫނުއަސާސީ" އެއް 1942 ވަނަ އަހަރު އިޢުލާންކުރެވުނެވެ. އަދި އެއަށްފަހު، އެ ޤާނޫނުއަސާސީއަށް ބަދަލުތަކެއް ގެނައުމަށްފަހު 70 މާއްދާގެ މައްޗަށް އެކުލެވޭ އައު ޤާނޫނުއަސާސީއެއް 1951 ވަނަ އަހަރު ޝާއިޢުކުރެވުނެވެ.

1952 ވަނަ އަހަރު ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް ބަދަލުވެ، ދިވެހި ޖުމްހޫރިއްޔަތެއް ޤާއިމްކުރި ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފަށާފައިވަނީ 1953 ވަނަ އަހަރުގައެވެ. އެ އަހަރު ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ ނިމުމަކަށް އައިސް، ދިވެހިރާއްޖޭގެ ހިންގުމުގެ ނިޒާމު ރަސްކަމަށް ރުޖޫޢަވުމާއެކު، 1954 ވަނަ އަހަރުގައި އައު ޤާނޫނުއަސާސީއަކަށް ޢަމަލުކުރަން ފެށިއެވެ. އޭގެ ފަހުން 1964 ވަނަ އަހަރު އަދި 1967 ވަނަ އަހަރުވެސް އައު ޤާނޫނުއަސާސީތަކެއް އިޢުލާންކުރެވި އެ މައްޗަށް ޢަމަލުކުރަން ފެށުނުކަން ފެންނަން އެބަ އޮތެވެ.

އެގޮތުން، ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބި، ދިވެހިރާއްޖޭގައި ދެވަނަ ފަހަރަށް ޖުމްހޫރިއްޔަތެއް ޤާއިމްވެގެން ދިއުމަށްފަހު، 1968 ވަނަ އަހަރު މުޅިން އައު ޤާނޫނުއަސާސީއަކަށް ޢަމަލުކުރަން ފެށުނެވެ. މި ޤާނޫނުއަސާސީއަކީ ދިވެހިރާއްޖޭގެ ތާރީޚުގައި މިހާތަނަށް އެންމެ ގިނަ ދުވަހު ދެމިއޮތް ޤާނޫނުއަސާސީއެވެ. މި ޤާނޫނުއަސާސީއަށް 3 ފަހަރެއްގެ މަތިން ބަދަލު ގެނެވުނެވެ. މި ދެންނެވުނު ބަދަލުތައް ގެނެވުނީ 1970، 1972، އަދި 1975 ވަނަ އަހަރުއެވެ.

އެއަށްފަހު، 17 އަހަރުދުވަހުގެ މަސައްކަތުން އެކުލަވާލެވުނު ޤާނޫނުއަސާސީ، ޢާންމުކޮށް "ނޫ ޤާނޫނުއަސާސީ" ކަމަށް އިޝާރާތްކުރާ ޤާނޫނުއަސާސީއަށް 1 ޖަނަވަރީ 1998 ގައި ޢަމަލުކުރަން ފެށުނެވެ.

ދިވެހިރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު އިޞްލާޙުކުރުމުގެ މަސައްކަތް ފަށާފައިވަނީ 2004 ވަނަ އަހަރުގައެވެ. އަދި ހަމަ އެ އަހަރު، ޤާނޫނުއަސާސީ އިޞްލާޙުކުރުމަށްޓަކައި ރައްޔިތުންގެ ޚާއްޞަ މަޖިލީހެއް އެކުލަވައިލެވުނެވެ.

އެގޮތުން، ރައްޔިތުންގެ ޚާއްޞަ މަޖިލީހުން އެކުލަވާލައި، މިހާރު ދިވެހިރާއްޖޭގައި ޢަމަލުކުރަމުންދާ "ފެހި ޤާނޫނުއަސާސީ" ތަޞްދީޤު ކުރައްވާފައިވަނީ 7 އޮގަސްޓް 2008 ގައެވެ. މި ޤާނޫނުއަސާސީ ގައި، މަލްޓި-ޕާޓީ ޑިމޮކްރަސީއެއްގެ ހަމަތަކާއެއްގޮތަށް ދައުލަތް ހިންގުމުގެ އުސޫލުތަކާއި، ދައުލަތުގެ އެއްބާރުން އަނެއްބާރަށް ފާރަވެރިވުމުގެ ޗެކް-އެންޑް-ބެލެންސްގެ ހަމަތަކާއި، ދިވެހި ދައުލަތުން ރައްޔިތުންނަށް ކަށަވަރުކޮށްދޭންޖެހޭ އަސާސީ ޙައްޤުތަކާއި މިނިވަންކަން ވަނީ ބަޔާންކޮށްފައެވެ.

މި ޤާނޫނުއަސާސީއަށް ޢަމަލުކުރަމުންދާތާ މިހާރު މިވަނީ 17 އަހަރު ފާއިތުވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މީޑިއާ ރެގިއުލޭޓްކުރާ ބިލަށް ގެންނަން، ބަންޑާރަނައިބަށް ފެނިވަޑައިގަންނަވާ އިސްލާހުތައް ހުށަހަޅުއްވައިފިޚަބަރު | 8 ގަޑިއިރު ކުރިންފެހި ގާނުނު އަސާސީއަށް 17 އަހަރު: ހައްގުތައް ހޯދަން ދިވެހިންކުރި ދަތުރުޚަބަރު | މަހެއް ކުރިންޖޫންމަހުގެ ތެރޭގައި މާލީ ތަނަވަސްކަން ނެތް 22 ފަރާތަކަށް އޭޖީ އޮފީހުން ގާނޫނީ އެހީތެރިކަން ފޯރުކޮށްދިން ޚަބަރު | 2 މަސް ކުރިންބަންޑާރަނައިބުގެ އޮފީސް ސިވިލްސާވިސް އިން ވަކިކުރާ ބިލު ބަލައިގެންފި ޚަބަރު | 9 މަސް ކުރިން