logo
ޚަބަރު

ޖޫންމަހުގެ ތެރޭގައި މާލީ ތަނަވަސްކަން ނެތް 22 ފަރާތަކަށް އޭޖީ އޮފީހުން ގާނޫނީ އެހީތެރިކަން ފޯރުކޮށްދިން

އާމިނަތު ޝަފާ
6 ޖުލައި 2025 - 15:52
ޖޫންމަހުގެ ތެރޭގައި މާލީ ތަނަވަސްކަން ނެތް 22 ފަރާތަކަށް އޭޖީ އޮފީހުން ގާނޫނީ އެހީތެރިކަން ފޯރުކޮށްދިން

ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންގެ ތެރެއިން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދޭ ފަދަ މާލީ ތަނަވަސްކަމެއް ނެތް 22 ފަރާތަކަށް، ބަންޑާރަނައިބުގެ އޮފީހުގެ ފަރާތުން ނިމިދިޔަ ޖޫން މަހުގެ ތެރޭގައި، ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް އެ އޮފީހުން ބުނެފިއެވެ.

ބަންޑާރަނައިބުގެ އޮފީހުން ކުރަމުން ގެންދާ މަސައްކަތްތައް ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނާ ޙިއްޞާކުރުމުގެ ގޮތުން، ކޮންމެ ހަފްތާއަކުވެސް ބަންޑާރަނައިބުގެ އޮފީހުގެ މަސައްކަތްތަކުގެ އަދާހަމަ ޢަދަދުތައް، މިދިޔަ އެޕްރީލް މަހުން ފެށިގެން ބަންޑާރަނައިބުގެ އޮފީހުގެ މީސްމީޑިއާ އެކައުންޓުތައް މެދުވެރިކޮށް ދަނީ ހާމަކުރަމުންނެވެ

Ad by Hajj Corporation

Ad by Hajj Corporation

މިގޮތުން އެ އޮފީހުން އާއްމުކުރި ބަންޑާރަނައިބުގެ އޮފީހުގެ ލީގަލް އެއިޑްގެ މަސައްކަތްތަކަށް ބަލާއިރު ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންގެ ތެރެއިން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދޭ ފަދަ މާލީ ތަނަވަސްކަމެއް ނެތް 22 ފަރާތަކަށް، މި އޮފީހުގެ ފަރާތުން ނިމިދިޔަ ޖޫން މަހުގެ ތެރޭގައި، ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދީފައިވާކަން ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން ނިމިދިޔަ ޖޫން މަހުގެ ތެރޭގައި ބަންޑާރަނައިބު އޮފީހުގެ ފަރާތުން ވަނީ 7 މައްސަލައެއް ކޯޓަށް ހުށަހަޅުއްވައި، 147 ކޯޓު އަޑުއެހުމެއްގައި ބައިވެރިވެފައެވެ.

އަދި ބަންޑާރަނައިބުގެ އޮފީހުން ނިމިދިޔަ ޖޫން މަހުގެ ތެރޭގައި ޤާނޫނީ ލަފާ ފޯރުކޮށްދެވުނު ޢަދަދަށް ބަލާއިރު، 82 މައްސަލައަކަށް ޤާނޫނީ ލަފާ ފޯރުކޮށްދެވިފައިވާ ކަމަށް އެ އޮފީހުގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ސަރުކާރާއި ދައުލަތަށް ޤާނޫނީ ކަންކަމުގައި ބޭނުންވާ ޤާނޫނީ ލަފާ ދިނުމާއި، ސަރުކާރުގެ އޮފީސްތަކުން އެކުލަވާލާ ގަވާއިދުތަކުގެ ދެލިކޮޕީތައް ބަލައި އެ ގަވާއިދުތަކަށް ޢަމަލުކުރަންފެށުމާއިބެހޭ ގޮތުން ޤާނޫނީ ލަފާދިނުމާއި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާ ބިލުތައް ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމުގެ ކުރިން ޤާނޫނީ ލަފާ ދިނުމުގެ އެންމެހައި މަސައްކަތްތަކަކީ ބަންޑާރަނައިބުގެ އޮފީހުގެ ލީގަލް އެފެއާޒް ޑިވިޜަންއިން ކުރަމުން ގެންދާ މަސައްކަތެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މީޑިއާ ރެގިއުލޭޓްކުރާ ބިލަށް ގެންނަން، ބަންޑާރަނައިބަށް ފެނިވަޑައިގަންނަވާ އިސްލާހުތައް ހުށަހަޅުއްވައިފިޚަބަރު | 8 ގަޑިއިރު ކުރިންފެހި ގާނުނު އަސާސީއަށް 17 އަހަރު: ހައްގުތައް ހޯދަން ދިވެހިންކުރި ދަތުރުޚަބަރު | މަހެއް ކުރިންޖޫންމަހުގެ ތެރޭގައި މާލީ ތަނަވަސްކަން ނެތް 22 ފަރާތަކަށް އޭޖީ އޮފީހުން ގާނޫނީ އެހީތެރިކަން ފޯރުކޮށްދިން ޚަބަރު | 2 މަސް ކުރިންބަންޑާރަނައިބުގެ އޮފީސް ސިވިލްސާވިސް އިން ވަކިކުރާ ބިލު ބަލައިގެންފި ޚަބަރު | 9 މަސް ކުރިން