logo
ޚަބަރު

ބަންޑާރަނައިބުގެ އޮފީހުގެ އައު ވެބްސައިޓް އޭއައި ޓެކްނޮލޮޖީއާއެކު ތައާރަފުކޮށްފި

ނުހާ އަޙްމަދު
13 ސެޕްޓެމްބަރު 2025 - 17:27
ބަންޑާރަނައިބުގެ އޮފީހުގެ އައު ވެބްސައިޓް އޭއައި ޓެކްނޮލޮޖީއާއެކު ތައާރަފުކޮށްފި

ބަންޑާރަނައިބުގެ އޮފީހުން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީ ބޭނުންކޮށްގެން ގާނޫނީ މައުލޫމާތު ފޯރުކޮށްދޭ އައު ވެބްސައިޓެއް ތައާރަފުކޮށްފިއެވެ.

އެ އޮފީހަށް 75 އަހަރު ފުރުން ފާހަގަކުރުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި އެ ވެބަސައިޓް ތައާރަފްކޮށްދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުއިއްޒުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބަންޑާރަނައިބުގެ އޮފީހުން ބުނެފައިވާ ގޮތުގައި، މި އައު ވެބްސައިޓުގެ އެންމެ ހާއްސާ ސިފައަކީ ގާނޫނީ މައުލޫމާތު ފޯރުކޮށްދިނުމަށް ތަޢާރަފުކޮށްފައިވާ އާޓިފިޝަލް އިންޓެލިޖެންސް ފީޗަރއެވެ. މި ފީޗަރގެ އެހީގައި ދިވެހިރާއްޖޭގައި އަމަލުކުރެވޭ ގާނޫނުތަކުގައިވާ މުހިންމު މައުލޫމާތުތައް ވަގުތުން ހޯދުމުގެ ފުރުސަތު ރައްޔިތުންނަށް ލިބިގެންދާނެކަމަށް އެ އޮފީހުން ބުންޏެވެ.

އެ އޮފީހުން ފާހަގަކުރާ ގޮތުގައި، މި ވެބްސައިޓުގައި ހިމެނޭ އޭއައި ޗެޓް ފީޗަރއަކީ އަދިވެސް ތަރައްގީވަމުންދާ އަދި ކަންކަން ދަސްކުރަމުންދާ ފީޗަރއެކެވެ. އެހެންކަމުން، މުސްތަގުބަލުގައި އިތުރު މައުލޫމާތާއެކު ގާނޫނީ ސުވާލުތަކަށް ތަފްސީލީ އަދި ފުރިހަމަ ޖަވާބު ލިބޭނެ ކަމަށް އެ އޮފީހުން އުންމީދުކުރާކަމަށް އެ އޮފީހުން ބުންޏެވެ.

ބަންޑާރަނައިބުގެ އޮފީހުގެ އައު ވެބްސައިޓަކީ ހުރިހާ ގޮތަކުންވެސް ލުއިފަސޭހަ، އަވަސް އަދި ފަސޭހައިން މައުލޫމާތާއި ހިދުމަތްތައް ފޯރުކޮށްދެވޭނެ ވެބްސައިޓަކަށް ހެދުމަކީ އެ އޮފީހުގެ އަމާޒެއް ކަމުގައި ވެސް ފާހަގަކޮށްފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބަންޑާރަނައިބުގެ އޮފީހުގެ އައު ވެބްސައިޓް އޭއައި ޓެކްނޮލޮޖީއާއެކު ތައާރަފުކޮށްފިޚަބަރު | 7 ގަޑިއިރު ކުރިންމީޑިއާ ރެގިއުލޭޓްކުރާ ބިލަށް ގެންނަން، ބަންޑާރަނައިބަށް ފެނިވަޑައިގަންނަވާ އިސްލާހުތައް ހުށަހަޅުއްވައިފިޚަބަރު | 3 ދުވަސް ކުރިންފެހި ގާނުނު އަސާސީއަށް 17 އަހަރު: ހައްގުތައް ހޯދަން ދިވެހިންކުރި ދަތުރުޚަބަރު | މަހެއް ކުރިންޖޫންމަހުގެ ތެރޭގައި މާލީ ތަނަވަސްކަން ނެތް 22 ފަރާތަކަށް އޭޖީ އޮފީހުން ގާނޫނީ އެހީތެރިކަން ފޯރުކޮށްދިން ޚަބަރު | 2 މަސް ކުރިން