logo
Bank of Maldives

Bank of Maldives

ކުޅިވަރު

މިއަހަރުގެ ބެލަންޑިއޯ ވެސް ރެއާލް މެޑްރިޑުން ބޮއިކޮޓްކުރަނީ؟!

އަބްދުﷲ ޣާނިމް
8 އޯގަސްޓު 2025 - 17:17
މިދިޔަ އަހަރު މިއެވޯޑް ހޯދީ މެންޗެސްޓަރ ސިޓީގެ ރޮޑްރީ
މިދިޔަ އަހަރު މިއެވޯޑް ހޯދީ މެންޗެސްޓަރ ސިޓީގެ ރޮޑްރީ

2025 ވަނަ އަހަރުގެ ބެލޯން ޑީ އޯރ އަށް ރިއަލް މެޑްރިޑްގެ ސީނިއަރ ތިން ކުޅުންތެރިން ނޮމިނޭޓްވެފައިވީ ނަމަވެސް، އެ ކްލަބުން ވަނީ މިކަމާ މެދު އެއްވެސް މިއަދާއި ހަމައަށް އިތުރު ވާހަކައެއް ދައްކާފައި ނުވެއެވެ. ކިލިއަން އެމްބާޕޭ، ވިނިސިއުސް ޖޫނިއަރ އަދި ޖޫޑް ބެލިންގހަމް ނޮމިނޭޓްވުމާ ގުޅިގެން ސޯޝަލް މީޑިއާގައި އެއްވެސް ޕޯސްޓެއް ނުކުރުމާއި، ރަސްމީކޮށް ކުލަބުން މިކުލުންތެރުންނަށް މަރުޙަބާ ކިޔާފައިނުވާތީ ޖެހިޖެހިގެން ދެވަނަ އަހަރުގައި މި އެވޯޑް ޙަފްލާ މެޑްރިޑުން ބޮއިކޮޓް ކޮށްފާނެކަމާމެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދައެވެ.

މެޑްރިޑްގެ ހަނުހުރުމަކީ އެއްވެސް އޮޅުމަކުން ވެފައިވާ ކަމެއް ނޫންކަމަށް ބުނމުގެ ޖާގައެބައޮތެވެ. މިއީ 2024 ވަނަ އަހަރުގެ ބެލޯން ޑީ އޯރ ރަސްމިއްޔާތާ ގުޅިގެން ފެށުނު ޚިލާފަކާ ގުޅިގެން އަންނަ ކަމެކެވެ. ދިގު މުއްދަތަކަށް މިއެވޯޑް ވިނީސިއުސް އަށް ލިބޭނެކަމަށް ގިނަބަޔަކު ބުނަމުންދިޔަނަމަވެސް ފަހުގަޑީގައި މި އެވޯޑް ލިބޭ ފަރާތް ލީކުވުމުގެ އިތުރުން އެވޯޑް އަށް ހޮވުނީ ވިނީސިއުސް އަށް ނުވުމުން އޭރު ފަހުގަޑީގައި ރެއާލް އިން ވަނީ އެހަފްލާ ބޮއިކޮޓްކޮށްފައެވެ. އެހަފްލާގައި މެޑްރިޑް އަށް ގިނަ އެވޯޑްތަކެއް ލިބުނުނަމަވެސް މެޑްރިޑްގެ އެއްވެސް ކުޅުންތެރިއެއް އަދި އޮފިޝަލެއް މި ހަފްލާގައި ބައިވެރިއެއް ނުވެއެވެ. އަ

Ad by Hajj Corporation

Ad by Hajj Corporation

މި އަހަރު ވެސް މި އެވޯޑަށް ރިއަލް މެޑްރިޑްގެ އެމްބާޕޭ، ވިނިސިއުސް އަދި ބެލިންގހަމް ނޮމިނޭޓްވެފައިވެއެވެ. މީގެ އިތުރުން ގޯލްކީޕަރު ތިބޯ ކޯޓުއާ ޔާޝިން ޓްރޮފީއަށާއި، ޑީން ހައުސެން ކޯޕާ ޓްރޮފީއަށް އަދި ލިންޑާ ކައިސެޑޯ އާއި ކެރޮލައިން ވެއަރ އަންހެން ކުޅުންތެރިންގެ ކެޓަގަރީއަށް ނޮމިނޭޓްވެފައިވެއެވެ.

ނަމަވެސް މިހާ ގިނަ ކުޅުންތެރިން ނޮމިނޭޓްވެފައި ވީނަމަވެސް، މެޑްރިޑް ކްލަބުން ދަނީ އެމީހުންގެ ސްޓޭންޑް ދެމެހެއްޓުމުގެ ގޮތުން އެއްވެސް ރަސްމީ ބަހެއް ނުބުނެ ހަނުހުރުން އިޚްތިޔާރުކޮށްފައެވެ. އެހެންކަމުން މިހާރު ގިނަބަޔަކު ތިބީ މެޑްރިޑުން ދެވަނަ ފަހަރަށްވެސް ބެލަންޑިއޯ ބޮއިކޮޓް ކުރުމާމެދު ސުވާލުމާކެއްގެ ތެރޭގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކަރުތާފެނުގައި އޮތް މެޑްރިޑް ފަހުވަގުތު އަނެއްކާވެސް ސަލާމަތްވެއްޖެކުޅިވަރު | 3 ދުވަސް ކުރިންއިންޓަރ ނިދާފައި ތިއްބާ ރެއާލްއިން ފުރުސަތުގެ ބޭނުންހިފައި މޮޅުވެއްޖެކުޅިވަރު | 10 ދުވަސް ކުރިންޕެނަލްޓީ ދީގެންވެސް މޮރީނިއޯގެ ރެއާލް މެޑްރިޑް އަށް ޕޮއިންޓެއް ނުލިބީ ސީޒަނުގެ ފުރަތަމަ ބަލިވެއްޖެކުޅިވަރު | 14 ދުވަސް ކުރިންޑްރަގް ބޮއެގެން ހޭބަލިވެގެން އުޅެނިކޮށް ރެއާލް މެޑްރިޑްގެ އެސެންސިއޯ މަގުމަތިން އަތުލައިގަނެފިކުޅިވަރު | 16 ދުވަސް ކުރިން